ނަމާދު ނިމުމަކުން ޝައިޠޯނާ ދުރަކަށް ނުދާނެ! ގިނަބައަކަށް ޛިކްރްތަސްބީޙް ނުކިޔެނީވެސް ހަމަ ޝައިޠޯނާގެ ސަބަބުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ނަމާދު ނިމުމަކުން ޝައިޠޯނާ ދުރަކަށް ނުދާނެ! ގިނަބައަކަށް ޛިކްރްތަސްބީޙް ނުކިޔެނީވެސް ހަމަ ޝައިޠޯނާގެ ސަބަބުން!

ނަމާދިނިމި ސަލާމްދެވުމާއިއެކު ގިނަ ބައަކު މިސްކިތުން ފައިބާނެއެވެ. އެއިގެ ތެރެއިން ގިނަ މީހުންނަކީ އެމީހުންގެ މައްޗަށް ޝައްޠޯނާ ގަދަވެގެންފައިވާ ނުވަތަ ގަދަވެގަންނަމުންދާ މީހުންނެވެ. އިތުރު 2،3 މިނިޓް މިސްކިތުގައި މަޑުކޮށްލިއަ ނުދެނީއެވެ! ވީމާ ފުރަތަމަ ކަމަކީ ޛިކުރްތަސްބީޙް ކިޔަން މިސްކިތުގައި މަޑުކޮށްލުމެވެ. ނުކިޔައި ފައިބަންވާނީ ދެން އެހެން ގޮތެއް ނެތް ޙާލަތުގައެވެ.

ނަމާދަށްފަހު ޛިކުރްތަޞްބީހް ކިޔަން މަޑުކޮށްލުމުން ޝައިޠޯނާގެ ވަރުގަދަ ޙަމަލާތައް އަންނާނެއެވެ! ތިބާ ކުރަން ޝައުޤުވެރިވާ ކަންކަމުގެ ތެރެއިން ތިބާއަށް ނުކުރެވިހުރި ކަންކަން ނަމާދަށް ހުއްޓައި ހަނދުމަކޮށްދިން ފަދައިން ނަމާދަށްފަހު ވެސް ހަނދުމަކޮށްދޭނެއެވެ. ބޭނުމަކީ ޛިކުރުކުރާ ވަގުތުގައި ވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމާއި ވިސްނުން ދުރުކުރުވުމެވެ. ހިތަށް މަޑުމޮޅިކަަން ވަނަ ނުދިނުމެވެ.

ވީމާ ތިބާ ނަމާދަށް ހުރިއިރު ޝައިޠޯނާ ދިން ޙަމަލާތައް ދިފާޢުކުރަން މަސައްކަތްކުރި ފަދައިން ޛިކުރުތަޞްބީޙްކިޔަން އިންނަ ވަގުތުގައިވެސް އެކަމަށް މަސައްކަތްކުރަންވާނެއެވެ. އެހެނީހިތްމައްޗަށް ﷲ ތަޢާލާ ނުގެނެސް މަޑުމޮޅިނުވެ އިނދެ ދުލުން ކިޔުމަކުން އެކަމުން ކުރަންވާ ޙަޤީޤީ ފައިދާ ނުކުރާނެތީއެވެ.

“When you are in a prayer, Satan comes and says, ‘Remember such and such work; remember such and such work’ until you finish the prayer. He may prevent you from saying tasbihat by doing so.” (Tirmidhi, Daawat: 25)

މި ޙަދީޘްފުޅުން އެނގިގެންދަނީ ހަމަ މިބުނި ބަހެވެ. ތަޞްބީޙް ކިޔާއިއރުވެސް ޝައިޠޯނާ އައިސް ބާރު ހިންގަން މަސައްކަތްކުރާނެ ކަމެވެ.

ނަމާދުން އަވަދިވުމާއިއެކު ތަޞްބީޙް ކިޔައިލާނެ ވަގުތު ނެތްކަމަށް ވިސްނިގެން އަވަހަށް މިސްކިތުން ފައިބަން ހިނގައިގަނެވެނީވެސް ހަމަ ޝައިޠޯނާގެ ބާރުގައެވެ. ބޭނުމަކަށްވެގެންދަނީ އޭނާގެ ފާފަތައް ފުހެވުމަށް ޝައިޠޯނާ ނުރުހޭކަމެވެ. އެކަމަށް ހުރަސްއަޅަން މަސައްކަތްކުރާ ކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން