ސިޙުރުހަދަން ބިރުވެތިވާ ފަދައިން އެސްފީނާލާން ބިރުވެތިވާންޖްހޭ!- "އެސްފިންނާ ޖެއްސުމުގެ ޙުކުމަކީ ސިޙުރު ހެދުން ފަދައިން ޙަރާމް ކަމެއް!"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 8ސ
ސިޙުރުހަދަން ބިރުވެތިވާ ފަދައިން އެސްފީނާލާން ބިރުވެތިވާންޖްހޭ!- "އެސްފިންނާ ޖެއްސުމުގެ ޙުކުމަކީ ސިޙުރު ހެދުން ފަދައިން ޙަރާމް ކަމެއް!"

ކޮންމެ މީހަކުވެސް ބުނާނީ ތިމާ އެއްވެސް މީހަކަށް އެއްވެސް މީހަކަށް އެސްފީނާ ނުލާ ކަމަށެވެ. ޙަސަދަވެރިވެސް ނުވާ ކަމަށެވެ. ނަމަވެސް އެހެން މީހުންނަށް ޙަސަދަވެރިނުވެވި ހުރެވެނީ ކިތައް މީހުންނަށްބާވައެވެ! 

އެހެން މީހަކަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢުމަތެއް ތިމާގެ ހިތަށް އަރައިފިނަމަ އޮތީ އެމީހަކަށްޓަކައި ހެޔޮދުޢާކުރުމެވެ. "މާޝާ ﷲ" ބުނުމެވެ. ނަމަވެސް އެކަން ކުރެވެނީ މަދުމީހަކަށެވެ.  

އެކުވެރިންގެ ތެރެއިން މިވެނި މީހަކު އުޅެނީ ހާދަ ތަނަވަހުގައެވެ. ހާދަ އުފަލުންނެވެ. މިފަދަ ކަމެއް ތިމާގެ ހިތަށް އެރިނަމަވެސް މާޝާ ﷲ ކިޔާށެވެ.  

އެސްފީނާ ޖެއްސުމުގެ ޙުކުމް:  

އެސްފީނާލީ ނަމަވެސް އަދި ކިތަންމެ ނުބައިކަންބޮޑު ކަމެއް ކުރިނަމަވެސް އަމިއްލައަށް އެއްވެސް މީހަކާއިމެދު ޙުކުމް ނުނެރޭށެވެ. ލޮލަށް ފެންނާނީ ހިތާއި ސިކުނޑިން ބާރުލިބިގެންނެވެ. ދެން މީހެއްގެ ލޮލާ ހިތާ ސިކުނޑި ނެގީމާ ވާނީ ކިހިނެއް ހެއްޔެވެ؟  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! ޢަމަލުކުރައްވަން އޮތް ގޮތް ވަރަށް ރަނގަޅަށް އެނގިލައްވާނެއެވެ. އިން ޝާ ﷲ  

1 ސަޢޫދީ ޢަރަބިއްޔާގެ ފަތްވާ ކޮމިޓީގެ ބޭފުޅުން ވިދާޅުވެފައި ވެއެވެ (1/547) އެސްފިންނާ އަކީ ޙަގީގަތެކެވެ. ޙަދީޘް ބަސްފުޅުގައިވެސް އައިސްފައި ވެއެވެ. (اَلْعَيْنُ حَقٌّ وَلَوْ كَانَ شَيْءٌ سَابِقٌ الْقَدْرِ لَسَبَقَتْهُ الْعَيْنِ) މާނައަކީ: "އެސްފިންނާ އަކީ ޙަގީގަތެކެވެ. ގަދަރަށްވުރެ ކުރިޔަށް އެއްވެސް އެއްޗަކަށް އެރޭނެނަމަ އެސްފިންނާ ކުރިޔަށް އެރީހެވެ.  عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : (كَانَ يُؤْمَرُ الْعَائِنُ فَيَتَوَضَّأُ ثُمَّ يَغْسِلُ مِنْهُ الْمَعِيْن) މާތް ﷲ ރުއްސުންލެއްވި އުއްމުލް މުއިމިނީނަ ޢާއިޝާގެ ކިބައިން ރިވާވެގެންވެއެވެ. އެސްފިންނާ ޖައްސާ މީހުން ވުޟޫކޮށްފައި އެފެނުން އެސްފިންނާ ޖެހުނު މީހާ ފެންވެރުވުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމުރު ކުރެއްވިއެވެ". 

2 އެސްފިންނާ ޖެއްސުމުގެ ޙުކުމަކީ ސިޙުރު ހެދުން ފަދައިން ޙަރާމް ކަމެކެވެ. އެހެންކަމުން އެސްފިންނާ ޖެއްސުމުން ފަރުވާ ކުރުމަށް ޓަކައި ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެނަމަ ޙަދީޘް ގައި އައިސްފައިވާ ފަދައިން ﷲ ޛިކްރު ކުރާށެވެ. އަދި ބަރަކާތް ލެއްވުން އެދި ދުޢާ ކުރާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. (هَلَّا إِذَا رَأَيْتَ مَا يُعْجِبُكَ بَرِّكْتَ  ) މާނައަކީ: "ތިބާ ޢަޖައިބު ކުރުވަނިވި ކަމެއް ފެނުމުން ބަރަކާތް ލެއްވުން އެދި ދުޢާ ކުރިނަމައެވެ."  އެހެންކަމުން މިފަދަ ކަމެއް ފެނުމުން އެމީހަކު ކިޔާށެވެ. ( مَا شَاءَ اللهُ لَا قُوَّةَ إِلَّا بِاللهِ) އަދި އެމީހަކަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރާށެވެ. ( ފަތާވާ އައްލަޖްނަތުއްދާއިމާ 1/109). والله أعلم . 

3 "ތިޔަބައިމީހުންގެ އަމިއްލަ ނަފްސުގައި ވިޔަސް ނުވަތަ އަޚާގެ ކިބައިގާ ވިޔަސް ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެނަމަ، ބަރަކާތް ލެއްވުން އެދި ދުޢާ ކުރާށެވެ. ހަމަކަށަވަރުން އެސްފިންނާ އަކީ ޙަގީގަތެކެވެ." (ޙަދީޘް) 

4 "ޢާމިރު ބިން ރަބީޢާ ސަހްލު ބިން ޙުނައިފް ފެންވަރަން ހުއްޓާ ހުރަސްކުރިއެވެ. އަދި ބުންޏެވެ. "މިއަދު މިފެނުނު ފަދަ މީހަކު ދުވަހަކުވެސް ނުދެކެމެވެ. އަދި މިފަދަ ދޮން ޖާރިޔާ އަކުވެސް ނުދެކެމެވެ. މާގިނައިރު ތަކެއް ނުވެ ސަހްލު ބިން ޙުނައިފަށް އެސްފިންނާ ޖެހި ބިން މައްޗަށް ވެއްޓިއްޖެއެވެ.  

ދެން އޭނާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ގެންދެވުނެވެ. އަދި ދެންނެވުނެވެ.  

"ސަހްލު އަށް އެސްފިންނާ އެއް ޖެހިއްޖެއެވެ."  

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ތުހުމަތު ކުރަނީ ކާކަށް ހެއްޔެވެ؟" 

އެބައިމީހުން ބުންޏެވެ. "ޢާމިރު ބިން ރަބީޢާ އަށެވެ."  

ހަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ އަޚާ ގަތުލު ކުރަނީ ކޮންކަމަކާ ގުޅިގެން ހެއްޔެވެ؟ ތިޔަބައިމީހުންގެ އަޚާގެ ކިބައިގާ ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެނަމަ އޭނާ އަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރާށެވެ."  

އެއަށް ފަހު ފެން އެއްޗެއް ގެނައުމަށް އަމުރު ކުރެއްވިއެވެ. އަދި އެފެން އެތިން ވުޟޫ ކުރުމަށް ޢާމިރު އަށް ދެންނެވިއެވެ. އެހިނދު ޢާމިރު އޭނާގެ މޫނާއި ދެއަތް އުޅަނބޮއްޓާއި ހަމައަށް އަދި ދެކަކުލާއި މުންޑުގެ އެތެރެއިން ލައިގެން ހުރި ހެދުން ދޮވުނެވެ. އަދި އެފެން ސަހްލު ބިން ޙުނައިފްގެ ގަޔަށް އެޅުމަށް އަމުރު ކުރެއްވިއެވެ.  

- އެނގިގެން މިދިއައީ:  

1 އެސްފީނާލީ މީހާ އެނގޭނަމަ އޭނާ ލައްވައި ވުޟޫކުރުވައި އެ ފެން އެސްފިނާ ޖެހިފައިވާ މީހާގެ ގައަށް އެޅުމުން އެސްފިނާއިން ސަލާމަތްވާނެކަމެވެ. 

2 އެސްފިންނާ ޖެއްސުމުގެ ޙުކުމަކީ ސިޙުރު ހެދުން ފަދައިން ޙަރާމް ކަމެކެވެ.  

ދުޢާއަކީ އެހެން މީހުންނަށް ދެއްވަވާފައިވާ ނިޢުމަތްތަކަށް ޙަސަދަވެރިވުމުން ސަލާމަތްވެފައިވާ މީހެއްގެ ގޮތުގައ އުޅުމުގެ ޔައުފީޤް ދެއްވެވުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

 

މިއަދު އޮންލައިން