ޙަސަދަވެރިން ނުތިބޭނެ ގޮތެއް ނުހެދޭނެ! ޙަސަދަވެރިންނަށް ބިރުގަތުމުގެ ބަދަލުގަ މިފަދަ ދުޢާތައް ކުރުމުން ކުރާނެ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޙަސަދަވެރިން ނުތިބޭނެ ގޮތެއް ނުހެދޭނެ! ޙަސަދަވެރިންނަށް ބިރުގަތުމުގެ ބަދަލުގަ މިފަދަ ދުޢާތައް ކުރުމުން ކުރާނެ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

އިންސާނުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޙަސަދަވެރިންނެވެ. ޢާއިލާގެތެރޭގައިވެސް އަދި އެންމެ ގާތް މީހުންގެ ތެރޭގައިވެސް އަދި އެނޫން މީހުންގެ ތެރޭގައިވެސް ޙަސަދަވެރިން ތިބޭ ކަމެވެ. އެމީހުން ވަކިކުރަން ނުއެނގޭ ކަމެވެ.  

ކޮންމެ މީހެއްގެ ވެސް ޢަދާވާތްތެރިން ތިބޭނެއެވެ. އަނިޔާއާއި ގެއްލުންދޭން މަސައްކަތްކުރާ މީހުން ތިބޭނެއެވެ. އެފަދަ މީހުންގެ ކިބައިން ސަލާމަތާއި ރައްކައުތެރިކަމަށް އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ. ދުޢާ ނުކޮށް ތިބެ ރައްކައުތެރިކަމަށް އެދުމެއް ނެތެވެ.  

މުހިންމީ ޢަދާވާތްތެރިން ހޯދަން ނުވަތަ އެއީ ކޮންބައެއްކަން އެނގެން މަސައްކަތްކުރުމެއް ނޫނެވެ. ސަލާމަތާއި ރައްކައުތެރިކަމަށް އެދި ދުޢާކުރުމެވެ.  

މިއީވެސް އެގޮތުން ކުރެވިދާނެ ދުޢާއެކެވެ.  

ޔާ ﷲ! މިއަޅާއަށް ގެއްލުންދީ އަނިޔާވެރިވާ މީހުންގެ ކިބައިން މިއަޅާއަށް ރައްކައުތެރިކަން ދެއްވަވާނދޭވެ! އެމީހުން ކުރާ ނުބައި ތުހުމަތުތަކާއި އަޅުވަން މަސައްކަތްކުރާ ދޮގު އިލްޒާމްތަކުން މިއަޅާ ބަރީޢަކުރައްވަވާނދޭވެ! މިއަޅާގެ މައްޗަށް ގަދަވެގަންނަން މަސައްކަތްކުރާ އެންމެންގެ ކިބައިން މިއަޅާއަށް ސަލާމަތާއި ރައްކައުތެރިކަން ދެއްވަވާނދޭވެ!  

އަދި މިއަޅާގެ ހިތް ޠޯހިރުކުރައްވަވާނދޭވެ! އިނބަ ﷲ ރުހިވޮޑިގަންނަވާ މަގުގައި ސާބިތުވުމުގެ ތައުފީޤް ދެއްވަވާނދޭވެ! އަދި އިނބަ ﷲ ރުހިވޮޑިގަންނަވާނޭ މަގު ދައްކައިދޭނެ މީހުންނާއިއެކު މިއަޅާ ލައްވަވާނދޭވެ!  އާމީން

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން