ކިތަންމެ ކުޑަކުޑަ ހިނދުކޮޅަކަށްވިޔަސް ނަރަކައަށް ވަންނަން ނުޖެހޭނެ މީހަކަށްވެވޭތޯ މަސައްކަތްކުރަން ފުރުޞަތު އޮތީ މިއަދު!

މިއަދު
ކިޔުމަށް ހޭދަވާނީ 11މ 10ސ
ކިތަންމެ ކުޑަކުޑަ ހިނދުކޮޅަކަށްވިޔަސް ނަރަކައަށް ވަންނަން ނުޖެހޭނެ މީހަކަށްވެވޭތޯ މަސައްކަތްކުރަން ފުރުޞަތު އޮތީ މިއަދު!

"އަހުރެން މިހުރީ އީމާންވެގެންނެވެ. ﷲ ތަޢާލާ އަހުރެންނަށް ހެޔޮ ރަޙްމަތް ލައްވަވާނެއެވެ!" މިއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް އެކަން އެގޮތަށް ހިތަށް އަރުވާ މީހާ އެކަމަށް އެދިގެން މަސައްކަތްކުރަންވެސް ޖެހެއެވެ. ނަރަކައިގެ ޢަޛާބަށް ބިރުވެތިވެ ކިތަންމެ ކުޑަކުޑަ ހިނދުކޮޅަކަށް ނަމަވެސް ނަރަކައަށް ނުވައްދަވާނެ އަޅަކަށް ވުމަށް ގަދައަޅައި މަސައްކަތްކުރަންޖެހެއެވެ.  

އަޅުގަނޑުމެން އެންމެ ކުޑައިރުއްސުރެ އަހަމުން މިއަންނަނީ لاإلَهَ إلاَّ الله މިކަލިމަފުޅު ކިޔައިގެންނޭ އަހަރެމެން މިތިބީ. އެހެންވީމާ އަހަރެމެން ކޮންމެވެސް ދުވަހަކުން ސުވަރުގެ ވަންނާނޭ. ދެން މިބުނުމަށް އަޅުގަނޑުމެން ހިނގާބަލަ (އެކަން އޮތްގޮތާމެދު) ބަލާލަން:  

ކޮންމެވެސް ދުވަހަކުން ސުވަރުގެ ވަންނާނޭ لاإلَهَ إلاَّ الله ކިޔައިގެން ހުރެއްޖިއްޔާ، އެއީ ޙަޤީޤަތުގައި ވަރަށް ނުބައި އެއްޗެއް އެބުނެވެނީ. އޭނަ ޙަޤީޤަތުގައި އެބުނަނީ ނަރަކައިގެ އަލިފާނުގައި ދުވަސްކޮޅަކު ތިމަންނަ ކެތްކޮށްފާނަމޭ ﷲ ސުވަރުގެ ވައްދަވަންދެން، ވަރަށް ނުބައި އެއްޗެއް އެއީ، ނަރަކައިގައި އެންމެ ހިނދުކޮޅަކުވެސް ކެތްކުރެވޭނެތޯ އަޅުގަނޑުމެނަށް؟  

އެފަދަ ބަސްތައް ބުނާމީހުންނަށް ﷲ އެބައޮތް ބަޔާންކުރައްވާފައި ވަޙީ ބަސްފުޅެއް. ﷲ ވަޙީ ކުރައްވަނީ " فما أصْبَرهم على النار "، ނަރަކައިގެ މައްޗަށް އެމީހުން އެހެރަ ކެތްކޮށްލާވަރެއް ބަލާލަބަލާށެވެ. އެއީ ނަރަކައިގެ މައްޗަށް ކެތްކުރާނެ ވާހަކަ އޭނާ އެބުނަނީ. ދުވަސްކޮޅަކު ތިމަންނަ ނަރަކައިގައި އޮވެދާނަމޭ، ދެން އަޅުގަނޑުމެން ބަލާލަންވީ އެގޮތަށް ހަމައެކަނި ދުލުން ކިޔާލީމާ ކޮންމެވެސް ދުވަހަކުން ސުވަރުގެ ވަންނާނެތޯ؟ ކަލިމަ ހަމައެކަނި ދުލުން އަދި ކިޔާލިޔަކަސް ސުވަރުގެއަކަށް ނުވަންނާނެ. رسول الله ﷺ ،އެކަލިމަ ފުޅު މީސްތަކުންނަށް ހުށަހެޅުއްވުމުގައި 13 އަހަރު ހޭދަކުރެއްވީ މައްކާގައި. 13 އަހަރު! މީސްތަކުންނަށް ގޮވާ އެލައްވަނީ އެކަލޭގެފާނު قُولُو لاَإلَهَ إلاَّ الله تُفْلِحُوا  ތިޔަބައިމީހުން لاَإلَهَ إلاَّ الله ކިޔާށެވެ. ކާމިޔާބުވާނެއެވެ. ހަމައެކަނި لاَإلَهَ إلاَّ الله ދުލުންކިޔާލުމުން ކާމިޔާބުވާނެނަމަ މައްކާގެ މުޝްރިކުން ކީއްވެތޯ ނުކީ އެކަލިމަ. رسول الله ﷺ އެންމެ ބޮޑަށް ލޯބިވެވަޑައިގެންނެވީ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅުދެކެ، އަބޫޠާލިބް، އެކަލޭގެފާނު ތުއްޕުޅު އިރުއްސުރެ އެކަލޭގެފާނު ބަލާބޮޑުކުރެއްވީ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު. އަދި އެކަލޭގެފާނު ރަސޫލުކަން ލިބިވަޑައިގެން ﷲގެ މަގުގަ މަސައްކަތް ކުރެއްވިއިރުގައި އައްޑަނައެއްގެ ގޮތުގައި މައްކާގެ މުޝްރިކުން ކުރާ ދުއްތުރާތަކުން އެކަލޭގެފާނު ސަލާމަތް ކުރެއްވުމަށްޓަކައި އަބޫޠާލިބު ހުންނެވި.  

އެކަލޭގެފާނު ވަރަށް މަސައްކަތްޕުޅު ކުރެއްވި ބޮޑުބެބޭފުޅު އިސްލާމްވޭތޯ. އެންމެ ފަހުވަޤުތު ބޮޑުބޭބޭފުޅު މަރަށް ޙާޟިރުވެ އޮންނެވި ވަޤުތު ގައި އެކަލޭގެފާނު ބޮޑުބޭބެފުޅުގެ އަރިހަށް ވަޑައިގެން ބޮޑުބޭބޭފުޅަށް އެކަލިމަފުޅު ހުށަހެޅުއްވި. އެކަލޭގެފާނު ވިދާޅުވީ ބޮޑުބެބޭފުޅާއެވެ! ކަލިމަފުޅު ވިދާޅުވާށެވެ. އެހިނދު އެކަލޭގެފާނުގެ އަރިހުގައި، ބޮޑުބޭބޭފުޅުގެ އަރިހުގައި ތިބީ އަބޫޖަހުލު، އުތުބާ ޝައިބާ، އެއީ މައްކާގެ އޭރުގެ ބޮޑެތިން. އެމީހުން ބުނަމުންދިޔައީ އޭ އަބޫޠާލިބޭ އެންމެ ފަހުވަޤުތު ހަމަ ކަލޭގެފާނު ކާބަފައިންގެ ދީން ދޫކޮށްލާނީހޭ؟ އެކަލޭގެފާނަށް ހަމައެކަނި ކަލިމަފުޅު ކިޔާލައިގެން ސަލާމަތް ވެވޭނެކަން އެކަލޭގެފާނަށް އެނގުނުނަމަ އެކަލޭގެފާނު އެވަޤުތު ކީއްވެތޯ ވިދާޅުނުވަންވީ، ކަލިމަފުޅެއް ވިދާޅެއް ނުތްވޭ އެކަލޭގެފާނު! އެންމެ ފަހުވަޤުތުވެސް އެކަލޭގެފާނު ވިދާޅުވީ عَلاَ ملَّتِ عَبْدِ الْمُطَّلبْ ތިމަންނަ މަރުވެގެން މިދަނީ ޢަބްދުލްމުއްޠަލިބުގެ މިއްލަތުގެ މަތީގައެވެ. ބުދުދީނުގެ މަތީގައެވެ.  

އެންމެ ފަހުވަޤުތުވެސް ވިދާޅެއްނުވި. އެހެންވެގެން ޢިލްމުވެރިން ވިދާޅުވަނީ لاَإلَهَ إلاَّ الله ގެމާނަ އަބޫޖަހުލަށް އެނގުނުވަރަށް ނޭނގިއްޖެ މުސްލިމަކަށް ހިތާމަ ހުއްޓެވެ. އަބޫޖަހުލަށްވެސް އެކަލިމައިގެ މާނަ އެނގުނީތީ އޭނަ ނުކިޔަން އެހުރީ! އެކަލިމަ ކިޔައިފިއްޔާ ކުރަންޖެހޭނެ ކަންތައްތައް އޭނާއަށް އެބައެނގޭ، ބަހައްޓަންޖެހޭ ޢަޤީދާ އޭނައަށް އެބައެނގޭ. އެހެންވެގެން އޭނާނުކީ އެކަލިމައެއް. ދެން މިއަދު އަޅުގަނޑުމެން ހަމައެކަނި ދުލުން ކިޔާލައިގެން ދެން ކިހިނެއްތޯ ފުދޭނީ. ﷲ އެބާއްވާލެއްވި ދީން އެބާއްވާލެއްވީ މިކަލިމަފުޅުގެ މައްޗަށް. އެހެންވީމާ ކިހިނެއްތޯ ދުލުން ހަމައެކަނި ކިޔާލައިގެން ފުދޭނީ. އެއީ ވަރަށްބޮޑު މަޅިއެއް ޝައިޠާނާގެ، އަޅުގަނޑުމެން ހަމައެކަނި ދުލުން ޝަހާދަތުގެ ދެކަލިމަ ކިޔާލައިގެންނޭ މިތިބީ ސަލާމާތްވާނޭ، ސާލާމަތެއް ނުވާނޭ އިނގޭތޯ! އެއްގޮތަކަށްވެސް ސަލާމަތެއް ނުވާނެ. الله سُبْحَانَهُ وَتَعَالَى   ނަރަކައިގެ އެންމެ އަޑިއަށް ލައްވާފަވެސް ތިބީ ކަލިމަކިޔައިގެން ތިބިބައެއް. އެހެންވީމާ ކަލިމަ ހަމައެކަނި ދުލުންކިޔާލުމަކުން ނުފުދޭނެ، ނިކަން ބައްލަވާ މިކަލިމައިގައި ހުރި ބަރުދަނާއި މިކަލިމަފުޅުގަ ހުރި މާތްކަން رسول الله ﷺ ޙަދީޘް ކުރައްވަނީ ޤިޔާމަތް ދުވަހުގައި މީހެއްގެ ޢަމަލުތައް ކިރައިލެވޭނެއެވެ. އޭނަގެ ނުބައި ޢަމަލުގެ ތިލަފަތް ބަރުވެގެންދާނެއެވެ.  

ފަރުބަދަތައްވަރުގެ ނުބައި ކަންތައްތައް އޭނަގެ ނުބައިކަމުގެ ތިލަފަތަށް އެޅި ބަރުވެގެންދާނެއެވެ. އިރުކޮޅަކުން ނެރެލެވޭނެ ކަރުދާސްކޮޅެއް، بِطَاقَة އެއް. އެހިނދު އޭނަ އިސްދަށަށް ޖަހާފަ އޭނަ ދަންނަވާނެ ތިމަންނަ ކޮށްފަ އެހެރަ ނުބައި ކަންތަކާ އަޅާބަލާއިރު އޭގަ ހުންނާނީ ކޮން ބުރަދަނެއްހޭ؟ الله وَحِى  ކުރައްވާނެ لاظُلْمَ اليَومَ اليَدْ  މިއަދު އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭނޭ. ޢަދުލު އިންޞާފުގެ ދުވަހޭ، އެއްކަލަ ކަރުދާސް ކޮޅު ތިލަފަތަށް ވައްޓާލެވޭނެ ހަމަ ވައްޓާލުމާ އެކުގައި އެއްކަލަ ނުބައި ކަންތައްތައް މައްޗަށް އަރައިގެން ގޮސް ހެޔޮކަމުގެ ތިލަފަތަށް ބަރުވެގެން އެދިޔައީ، އެނަވެސް ސިއްސައިގެންދާނެ! އޭނަވެސް ސިއްސައިގެން ގޮސް ﷲ އަށް ދަންނަވާނެ އަޅެ އެއީ ކޯޗެއްބާއޭ؟ ތިމަންނަ އެހާވަރުގެ ހެޔޮކަމެއް ކޮށްފައެއް ނެތޭ. ބަލައިލެވޭ އިރުގައި އެއީ لاَإلَهَ إلاَّ الله އެކަލިމަފުޅު، އެކަލިމަފުޅު ރަނގަޅު ގޮތުގަ ކިޔައިގެން ހުރި މީހެއް މީހާއަކީ. އެކަލިމަފުޅުގެ ބުރަދަން ބައްލަވާ ނިކަން! އެވަރުގެ ބުރަދަންހުރި ކަލިމަފުޅެއް އެއީ ހަމައެކަނި އަޅުގަނޑުމެން ދުލުން ކިޔާލައިގެން ކިހިނެއްތޯ ކަމުދާނީ. އެހެންވީމާ ވަރަށް ބޮޑަށް އަޅުގަނޑުމެން ވިސްނަންޖެހޭ އެބަ މިކަމަށް. لاَإلَهَ إلاَّ الله މިއީ އަޅުގަނޑުމެން އިސްލާމް ވުމަށްޓަކައި ދުލުން ކިޔާ ކަލިމައެއް. މިކަލިމަ ދުލުންކިއުން އެއީ އަޅުގަނޑުމެން އިސްލާމް ކަމުގެ ފުރަތަމަ ރުކުން. އެކަމަކު މިކަލިމަފުޅަށް ޢަމަލުކޮށް މިކަލިމަފުޅާމެދުގައި އަޅުގަނޑުމެންގެ ޢަޤީދާ ރަނގަޅުކޮށް، މިކަލިމަފުޅަށް އީމާންވުން އެއީ އީމާންކަމުގެ ތެރެއިން ހިމެނޭ ކަމެއް. އެއީ އީމާން ކަމުގެ ދެރުކުނުގެ މައްޗަށް ބިނާ ވެގެންދާ ކަމެއް، ﷲ އަށް އީމާން ވުމާއި، އަދި ރަސޫލާ އަށް އީމާންވުން. ކަލިމަފުޅު ދުލުންކިއުން އެއީ އިސްލާމް ކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެއް. ކަލިމަފުޅުގައި އެބަ އާދޭ ތިން ވާޖިބެއް. ކަލިމަފުޅު މިވާޖިބުކުރާ ތިންކަންތައް އަޅުގަނޑުމެން ދެނެގަންނަން އެބަޖެހޭ. 

ޢިލްމުވެރިން ވިދާޅުވަނީ އެއީ قَولٌ بِاْلِّسَان، وَبَسْدِيْقٌ بِلْجِنَانِ، وَعَمَلٌ بِلْ أَرْكَانِ. އެއީ ދުލުން ކިއުން، ހިތުން ތަޞްދީޤު ކުރުން، އަދި ގުނަވަންތަކުން ޢަމަލު ކުރުން، އެހެންވީމާ ދުލުން ކިޔާފަ އަދި އެވަރަކުން ނުފުދޭނެ. ހިތުން ތަޞްދީޤު ކުރަން ޖެހޭނެ. ހިތުން އަދި ތަޞްދީޤު ކުރުމަކުންވެސް ނުފުދޭ އޭގެމައްޗަށް ޢަމަލުތައް ބިނާކުރަން ޖެހޭ. އެހެން ކަމުން އަޅުގަނޑުމެން ޢަޤީދާ ރަނގަޅު ކުރުމަށް ފަހުގައި އޭގެ މައްޗަށް ޢަމަލު ބިނާނުކުރާހާ ހިނދަކު އަޅުގަނޑުމެންނަކަށް ސަލާމަތް ކަމެއް ނޯންނާނެ. ކީރިތި ޤުރްއާނުގައި އީމާންކަމުގެ ލަފްޡް އައިސްފި ކޮންމެ ތަނެއްގައި އެބައާދޭ ޞާލިޙް ޢަމަލުތަކުގެ ވާހަކަ الَّذِيْنَ آمَنُو وَعَمِلُوا الصَّالِحَات، إيمان  ވެ ޞާލިޙް ޢަމަލު ކުރި މީހުން އެހެންވީމާ އީމާން ވުމަށްފަހުގައި އެބައާދެ ޞާލިޙް ޢަމަލު، ޞާލިޙް ޢަމަލާ ނުލާ އަޅުގަނޑުމެންގެ އީމާންކަމެއް ރަނގަޅެއް ނުވާނެ، އެހެންކަމުން ﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވަނީ إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنتُمْ تُوعَدُونَ.  ހަމަކަށަވަރުން ތިމަންނަމެންގެ ރައްބަކީ ﷲ އޭބުނެ، އެބަހީ لاَإلَهَ إلاَّ الله ކިޔާފައި ދެން  އެކަމުގެ މަތީ ސާބިތުވެ ޤާއިމް ވެއްޖެ މީހުން ދަންނާށެވެ. ހަމަމި މިއާޔަތުގައި ﷲ މިއަންގަވަނީ ހަމައެކަނި ދުލުން ކިޔާލުމަކުން ނުފުދޭނެ. އިސްތިޤާމަތު އިންނަން އެބަ ޖެހޭ، އޭގެމަތީގައި ސާބިތުވުން ޤާއިމުވުން އޭގެ މާނައަކީ އޭގެ މައްޗަށް ޢަމަލުކުރުން، އެފަދަމީހާ އޭނާ މަރުވާ ވަޤުތުގައި އޭނާއަށް އުފާވެރި ކަމުގެ ޚަބަރުތައް ލިބިގެންދާނެ، "تَتَنَزَّلُ عَلَيْهِمُ المَلا ئكَة ،رحْمَةُ ގެ މަލާއިކަތް ބޭކަލުން الله سُبْحانَهُ وتَعَالَى އޭނަގެ ގާތަށް ފޮނުއްވަވާނެ، އޭނަ މަރަށް ޙާޟިރުވާ ވަޤުތުގައި، އޭނައަށް އުފާވެރި ކަމުގެ ޚަބަރު ދެއްވުމަށްޓަކައި، أَلَّا تَخَافُوا، ތިބާއަކަށް މިއަށްފަހުގައި ދެން ނެތޭ އެއްވެސް ބިރެއް، وَلَا تَحْزَنُوا ހިތާމައެއްވެސް ނެތޭ   وَأَبْشِرُوا بِالْجَنَّةِ الَّتِي كُنتُمْ تُوعَدُونَ ، އަދި ތިބާއަށް ﷲ ވަޢުދު ކުރެއްވި ސުވަރުގެއަށް ތިބާ އުފާކުރާށޭވެ. ކުރިމަތީގައި ވަނީ ސުވަރުގެއެވެ. މިއީ  لاَإلَهَ إلاَّ الله ކިޔާ ތިމާގެ ޢަޤީދާ ސީދާކޮށް އޭގެ މައްޗަށް ޢަމަލުތައް ބިނާކޮށްފި މީހާ އަށް ކަންތައް ހުރިގޮތް. އެހެންވީމާ ހަމައެކަނި ދުލުން މިކަލިމަ ކިޔައިލުމަކުން ނުފުދޭނެ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވޭ މި ކަލިމަފުޅު ވާޖިބުކުރާ ކަންތައްތަތަކާ، އަދި މިކަލިމަފުޅުގެ ޝަރުޠުތައް ދެނެގަތުން. އެ ޝަރުޠުތައް ދެނެގަނެގެން އެއާ އެއްގޮތަށް އުޅެފިކަމުގަވެއްޖެޔާ ޝައްކެތްވެސް ނެތް އޭނާ ސުވަރުގެ ވަންނާނެ.

 

- މަސްދަރު: ނަޞޭޙަތް 

މިއަދު އޮންލައިން