ސުވަރުގެ އެދޭމީހާ ހެޔޮކޮށް ހިތުމުގަ ހަމައެކަކުވެސް އިސްތިސްނާ ނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ސުވަރުގެ އެދޭމީހާ ހެޔޮކޮށް ހިތުމުގަ ހަމައެކަކުވެސް އިސްތިސްނާ ނުކުރާށެވެ!

މިއަދު ބައެއް މީހުންނަށް މިވަނީ އެންމެ ބޮޑަށް ހެޔޮކޮށް ހިތަންވީ މީހުންނާއި އަދި އެއްވެސް މީހަކު އިސްތިސްނާ ނުކޮށް އެންމެންނަށްވެސް ހެޔޮކޮށް ހިތަންޖެހޭނެކަންވެސް އޮޅިފައެވެ. އެހެންކަމުން މިކަންކަމަށް ވިސްނައިލަމާ ހިނގާށެވެ!

ފުރަތަމަ ކަމަކަށް އެންމެ ބޮޑަށް ހެޔޮކޮށް ހިތަންވީ ތިމާއާއި ޢާއިލީ ގުޅުން ހުރި މީހުންނަށެވެ. އަދި އެއިގެ ތެރެއިންވެސް ތިމާގެ މައްޗަށް އެބައަކު ބެލެހެއްޓުން ވާޖިބުވާ މީހުންނަށެވެ. ނަމަވެސް އެއިގެ މާނައަކީ އެހެން މީހުންނަށް ހެޔޮކޮށް ހިތަން ނުޖެހުމެއް ނޫނެވެ. 

ހަނދާންކޮށްލައިދޭން ބޭނުންވަނީ ފެންބޮވައިގެންފައިވާ ކުއްތާއަކަށް ފެންފޮދެއް ދިނުމުން ވެސް ސުވަރުގެ ވެއްދެވިކަން އެއީ ޙަދީޘްފުޅުން ފެންނަން އޮތް ވަރަށް މުހިންމު ކަމެއްކަމެވެ. 

އެއީ ފާފަކުރާ މީހެކެވެ. އެއްވެސް ހެޔޮކަމެއްކުރާ މީހެއް ނޫނެވެ. ނަމަވެސް އޭނާއަށް ވިސްނުނީ އެއީ ކުއްތާއެއް ނަމަވެސް އެވެސް އުފެއްދެވީ ﷲ ތަޢާލާ ކަމާއި އެއަށް އެވަނީ ވަރަށް ބޮޑަށް ފެން ބޭނުންވެފައި ކަމަށެވެ. އެހެންވެ އޭނާ ފެންދިނީއެވެ. އަދި އޭނާގެ އެ ޢަމަލު 7 އުޑުމަތިން ބައްލަވައިވޮޑިގެންވާ ﷲ ތަޢާލާ އޭނާގެ ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ ވެއްދެވީއެވެ. ކުއްތާއަކީ މީސްތަކުން ބީހުން ޙަރާމް އެއްޗެއްކަމުގައިވާއިރުވެސް މެއެވެ. 

މިއަދު މުސްލިމުންގެ ގިނަ ބައަކަށްވެސް ހަނދާންނެތިގެން މިއުޅެނީ އެކަމެވެ. އަހަރެމެން ފަދަ އިންސާނުން ނުހަނު ނިކަމެތި ޙާލުގައި ދިރިއުޅެމުން އަންނައިރުވެސް އެހީތެރިވާންޖެހޭނެ ކަމެވެ. އެހީތެރިނުވާ ޙާލުގައި ޚިޔާލުތަފާތުވުން ފަދަ ކުދިކުދި ކަންކަމުގައި އެގެންދަނީ ފުނިފުންޏަށް މީޙުން މަރަމުންނެވެ. 

ފެންބޮވައިގެންފައިވާ ކުއްތާއަކަށް ފެންފޮދެއް ދިން މީހަކު ހަމައެކަނި އެކަމަށްޓަކައި ސުވަރުގެ ވެއްދެވިއިރު އަހަރެމެންފަދަ އިންސާނަކަށް އެހީތެރިވެދިން މީހަކަށް ދެއްވަވާނެ މަތިވެރި ދަރަޖައާއިމެދު ނިކަން ވިސްނައިލަބަލާށެވެ.   

ނަމަވެސް މިއަދު އަހަރެމެންނަށް މިވަނީ މިކަންކަން ވަރަށް ބޮޑަށް އޮޅިފައެވެ. މީހުންނަށް އެހީވަނީވެސް އެމީހެއްގެ ކިބައިން ލިބޭނެ ފައިދާއަށް ބަލައިގެންނެވެ. އެއިރުން އެދޫކޮށްލެވެނީ ސުވަރުގެ ލިބުމަށް އޮތް ފުރުޞަތު ނޫން ހެއްޔެވެ؟

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން