ކިތަންމެ ގާތް އެކުވެރިކަމެއް އޮތަސް ތިބާއަށް ރަނގަޅު ބައިވެރިއަކު ލިބެން އެދޭނެކަމަށް ޤަބޫލުކޮށް އިތުބާރުކޮށްފިނަމަ ލިބޭނެ ދެރަ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ކިތަންމެ ގާތް އެކުވެރިކަމެއް އޮތަސް ތިބާއަށް ރަނގަޅު ބައިވެރިއަކު ލިބެން އެދޭނެކަމަށް ޤަބޫލުކޮށް އިތުބާރުކޮށްފިނަމަ ލިބޭނެ ދެރަ މާބޮޑުވާނެ!

ކައިވެނިކުރުމުގެ ކަންކަން ފުރިހަމަކުރެވެންދެން ތިމާ ކައިވެނިކުރަން އުޅޭ މީހާގެ ވާހަކަ އެންމެ ގާތް އެކުވެރިންގެ ގާތުގައިވެސް ނުދައްކާށެވެ! އެކަމުން ގިނަ ފަހަރު ލިބޭނީ ދެރައެވެ. މެދުވެރިވާނީ ދެރަގޮތްތަކެވެ.  

އަހުރެމެންނަށް އޮތީ އަމެކާއަށް ރަނގަޅު ބައިވެރިއަކު ލިބެން އުޅޭނަމަ އެކަމަށް އުފާކޮށް ހެޔޮދުޢާ ކުރުމެވެ. ނަމަވެސް ކަންކަން ހިނގަނީ އެގޮތަކަށް ނޫނެވެ. އެކުވެރިޔާ ހުރީ މިހާރުވެސް ކައިވެނިކޮށްގެން ނަމަވެސް ޙާލަކުން މީހަކު ނޫނީ އޭނާގެ ފިރިމީހާއަށްވުރެ ރަނގަޅު ބައިވެރިއަކު އަނެކާއަށް ލިބުމަކަށް ނުއެދެވެ. ވަނީ ޙަސަދަވެރިއެވެ. ލަނީ އެސްފީނާއެވެ.  

އެނޫން މީހަކު މިއަދު ވަރަށް މަދުވާނެއެވެ. އެހެންކަމަށްވާއިރު ކައިވެނި ނުކުރެވިތިބޭ އެކުވެރިންގެ ކަންކަން ހުންނާނީ ކިހިނަކުން ހެއްޔެވެ؟ މިއީ ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ.  

އަހުރެން މިހެން މިބުނަނީ ކައިވެނިކުރަން އުޅުނު މީހާ އާއި ކައިވެނިނުކުރެވިގެން ލިބޭ މާޔޫސްކަމަށް ފަރުވާ ހޯދަން އަންނަ ގިނަ މީހުންގެ ވާހަކަތައް އަޑުއިވުމުން މިކަން މިގޮތަށް މެދުވެރިވާކަން އެނގޭތީއެވެ. ވީމާ ނަޞީޙަތުގެ ގޮތުން މިވާހަކަކޮޅު ބުނެލަން ބޭނުންވީއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން 

މިއަދު އޮންލައިން