ތިމާއަކީ އެއްވެސް އަގެއް ނެތް މީހަކު ކަމަށް ވިސްނައި އެންމެންނާ އެކަހެރިވުމަކީ ނިކަމެތި ކުރައްވަވައި އެގޮތް މިންވަރު ކުރައްވަވައިފާނެ ކަމެއް!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތިމާއަކީ އެއްވެސް އަގެއް ނެތް މީހަކު ކަމަށް ވިސްނައި އެންމެންނާ އެކަހެރިވުމަކީ ނިކަމެތި ކުރައްވަވައި އެގޮތް މިންވަރު ކުރައްވަވައިފާނެ ކަމެއް!: ބިލާލް އައްސަދު

ފުރަތަމަ ކަމަކީ ތިބާއަކީ އެއްވެސް ަގެއް ނެތް މީހަކު ކަމަށް ކިތަންމެ ގިނަ ބައަކު ބުނިނަމަވެސް، އެފަދަ ބަސްތައް ބުނެ ފުރައްސާރަކުރިނަމަވެސް ތިބާގެ އަގުގެ ބުރަދަނުން އެއްވެސް މިންވަރެއް ލުއިނުވާނެ ކަމެވެ. ނަމަވެސް ތިމާއަކީ އެއްވެސް އަގެއް ނެތް މީހަކު ކަމަށް އަމިއްލައަށް ޤަބޫލުކޮށްފިނަމަ އެއޮތީ އެކަން މައްސަލައަކަށްވެފައި ކަމެވެ. 

ﷲ ތަޢާލާ އަހުރެމެންނަށް އަންގަވާފައިވަނީ މީސްތަކުންނާއި އެކުވެރިވެ މީސްތަކުންނާއި ގުޅިގެން އުޅުމަށެވެ. ދުރުހެލިވުން ހުއްދަވެގެންވަނީ އެމީހެއްގެ ސަބަބުން ދީނުގައި ޘާބިތުވެ ހުރުމަށް ހުރަސްތައް ކުރިމަތިވާނަމައެވެ. އެމީހެއްގެ ސަބަބުން ދިރިއުޅުމަށް ގެއްލުން ލިބިދާނެ ކަމަށް ވިސްނޭނަމައެވެ. 

މީހާގެ އަގު އަރައިގެންދަނީ، އަގުގެ ބުރަދަން ބޮޑުވަނީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި ގުޅުން އޮންނަ މިންވަރަކުންނެވެ. އެއީ އެހެން މީހުން ބުނާ ބަހަކާއި އެއްވެސް ވަރަކަށް ގުޅުންހުންނަ ކަމެއް ނޫނެވެ. މީހާގެ ބުރަދަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. 

ތަނަވަސްކަމާއި ލިބިފައިވާ މަޤާމުގެ ސަބަބުން ބުރަދަން ބޮޑުވެ އަގުއަރައިގެންދަނީ މީސްތަކުންގެ ކުރިމަތީގައެވެ. އެއްވެސް ޙާލެއްގައި އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން އޮތް ގޮތެއް ނޫނެވެ. 

ވީމާ ދިރިއުޅުމުގައި ކިތަންމެ ދަތި އުނދަގޫ ކަންތައްތަކެއް ކުރިމަތިވިނަމަވެސް ތިމާއަކީ އެއްވެސް އަގެއް ނެތް މީހަކު ކަމަށް ނުވެސް ވިސްނާށެވެ! އެފަދަ ޙާލަތެއްގެ ސަބަބުން މީސްތަކުންނާއި ދުރުވެ އަމިއްލައަށް ނިކަމެތިވެނުގަންނާށެވެ! ތިމާއަކީ ދެރަ ނިކަމެތި މީހަކު ކަމުގައި ހީކޮށް އަމިއްލައަށް ނިކަމެތިވެނުގަންނާށެވެ! ތިމާއާއިއެކު ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުކޮށް ކުރިއަށްދާން މަސައްކަތްކުރާ މީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެކަން އެއީ ޔަޤީން ކަމެކެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން