ކޮންމެ މީހަކީވެސް އެންމެ ނިކަމެތި މީހާގެ ކިބައިންވެސް އެހީތެރިކަމަށް އެދެންޖެޙިދާނެ ޙާލަތަށް ތައްޔާރުވެގެން ހުންނަން ޖެހޭނެ މީހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކޮންމެ މީހަކީވެސް އެންމެ ނިކަމެތި މީހާގެ ކިބައިންވެސް އެހީތެރިކަމަށް އެދެންޖެޙިދާނެ ޙާލަތަށް ތައްޔާރުވެގެން ހުންނަން ޖެހޭނެ މީހެއް!

ﷲ ތަޢާލާ އަހުރެމެންނަށް ކުރަން އަންގަވާފައިވީނަމަވެސް ވަރަށް ބޮޑަށް އިހްމާލްވެވޭ ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ އެކަކު އަނެކަކަށް ތަޢާރަފްވެ އުޅުމެވެ. މިކަމުގައި މީސްތަކުން އިހްމާލްވެފައިވާ ވަރު ބޮޑުކަމުން ޖެހިޖެހިގެން ތިބެ ނަމާދުކޮށްފައި އަދި ހުކުރުން ނިމި ފައިބައިގެންދާއިރުވެސް އެންމެ ކުޑަމިނުން އެކަކު އަނެކަކަށް ސަލާމްވެސް ކޮށް ނުލަމުއެވެ.  

މިގޮތަށް އެކަންތައް ވިޔަނުދޭށެވެ! އެންމެންނާއި ބައްދަލުކޮށް ސަލާމް ނުކުރެވުނަސް ކޮންމެވެސް ބައަކާއި ބައްދަލުކޮށް ސަލާމްކުރާށެވެ! ކުރިން ބައްދަލުވެފައިނުވާ މީހުންނާއި ބައްދަލުވުމުން ތަޢާޜަފްވާށެވެ.  

އެއްވެސް މީހެއްގެ ކިބައިން އެހީތެރިކަމަކަށް އެދެން ނުޖެހޭނެކަމަށް ބަލައިގެން ތިބޭ މީހުންނަށްވެސް ނިކަމެތި ޙާލުގައި އުޅެންޖެހެއެވެ. އަދި ކުއްލި ޙާލަތުވެސް ކުރިމަތިވެއެވެ. އެފަދަ ކޮންމެ ވަޤުތެއްގައިވެސް ދަންނަ މީހުންނާއި ނުދަންނަ މީހުން އެއްގޮތެއް ނުވާނެއެވެ. އަދި ސަމާލުކަންދޭނީވެސް އެއްވަރަކަށް ނޫނެވެ.  

ވިސްނާށެވެ! އެކަމަކުން އަހުރެމެންނަށް ފައިދާއެއް ނުކުރާނެ އެއްވެސް ކުރުމަކަށް ﷲ ތަޢާލާ އަހުރެމެންނަކަށް ނުއަންގަވާނެތެވެ. ވީމާ އެކަކު އަނެކަކަށް ތަޢާރަފްވެ އުޅެން އަންގަވާފައި އެވަނީ އެކަމުން އަހުރެމެންނަށް ފައިދާތަކެއް ކުރާނެތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން