ރިޒުޤްގެ ތެރޭގައި ހިމެނޭ، އެކަމަކު ގިނަ ބައަކަށް ނުވިސްނޭ މުހިންމު ބައެއް ކަންކަން-: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ރިޒުޤްގެ ތެރޭގައި ހިމެނޭ، އެކަމަކު ގިނަ ބައަކަށް ނުވިސްނޭ މުހިންމު ބައެއް ކަންކަން-: ބިލާލް އައްސަދު

ރިޒުޤް ތަނަވަސްވުމުގެ ދެކެވޭއިރަށް ގިނަ ބައަކަށް ވިސްނައިލެވެނީ އެމީހުންގެ ޖީބަށް ފައިސާ  އިތުރުވުމަށެވެ. ނުވަތަ ބޭންކް އެކައުންޓްގައި ގިނަ ޢަދަދެއްގެ ފައިސާ ހުރުމަށެވެ. ނަމަވެސް އެގޮތަށް އެވިސްނެނީ ވަރަށް ހަނިގޮތަކަށް ވިސްނާތީއެވެ.  

ތިރީގައި މިބަޔާންކުރާ ކަންކަން ނުވަތަ އެއިން ބައެއް ނަމަވެސް ތިބާއަށް ލިބިފައިވާނަމަ ތިބާއަށް އެހުރެވެނީ ރިޒުޤްގެ ތަނަވަސްކަން ލިބިފައިވާ މީހުންގެ ތެރޭގައެވެ.  

ތިބާ ދެކެ ލޯބިވާ މައިންބަފައިން

--ހެޔޮލަފާ ތަޤްވާވެރިން ލިބިފައި ތިބުން

--ތިބާ ދެކެ ލޯބިވާ ބައިވެރިއަކު ލިބިފައިވުން

--ﷲ ތަޢާޅާއަށްޓަކާ ތިބާދެކެ ލޯބިވާ އެކުވެރިއެއް

--ހަރުދަނާ އީމާންކަމެއްގެ މަތީގައި ހުރެވުން

--ކަންކަމަށް ވިސްނައި ފިކުރުކުރުމުގެ ކުޅަދާނަކަން ލިބިގެންވުން  

--ތިބާގެ ފުރާނަ ނުވަތަ ރޫޙަކީ ޠޯހިރު އެއްޗެއްކަމުގައިވުން

--ސާފު ހިތެއް ލިބިފައިވުން

--ނުބައި ކަންކަމަށް ވިސްނުމުން ސަލާމަތްވެފައިވާ ބުއްދިއެއް ލިބިފައިވުން

--ދުޅަހެޔޮ ޞިއްޙަތެއް ލިބިފައިވުން

--ތިބާއަކީ މުޖުތަމަޢުގެ މީސްތަކުން ބަލައިގެންފައިވާ މީހަކު ކަމުގައިވުން 

ކުރިން ބުނިފަދައިން މިކަންކަން ނުވަތަ މި ކަންކަމުން ބައެއް ލިބިފައިވީނަމަވެސް އޮތީ އުފާކުރުމެވެ. ޝުކުރުވެރިވުމެވެ. މިކަންކަމުން އެއްވެސް ވަރެއް މަދުވާނަމަ އެ ނިޢުމަތެއް ދެއްވެވުން އެދިގެން ދުޢާކުރަމުން ގެންދާށެވެ.  

އަބަދުވެސް ހަނދާނުގައި ބަހައްޓަން އޮތް ކަމަކީ ރިޒުޤްކަމުގައި ހިމެނޭ މިފަދަ ހުރިހާ ނިޢުމަތްތަކެއް އެއްފަހަރާ ނުލިބިދާނެކަމެވެ. ވީމާ ދެއްވަވާފައިވާ މިންވަރަށް ޝުކުރުވެރިވާން މަސައްކަތްކުރަންވާނެއެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން