ކިތަންމެ ބިރުވެރި ހުވަފެނެއް ފެނުނަސް އެކަމުން އެއްވެސް ކަމެއް ނުވާނެ! އިން ޝާ ﷲ. އޮތީ މިމަގުން ޢަމަލުކޮށް އެކަންކުރި ޝައިޠޯނާ ފައްސާލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ކިތަންމެ ބިރުވެރި ހުވަފެނެއް ފެނުނަސް އެކަމުން އެއްވެސް ކަމެއް ނުވާނެ! އިން ޝާ ﷲ. އޮތީ މިމަގުން ޢަމަލުކޮށް އެކަންކުރި ޝައިޠޯނާ ފައްސާލުން!

ނިދީގައި ބިރުވެރި ހުވަފެން ފެންނާތީ ގިނަ ބައަކު ކަންބޮޑުވެއެވެ. ބޮޑު ކަމެއް ލައިގަންނަން އުޅެނީ ކަމަށް ޤަބޫލުކުރެވެއެވެ. އެހެންވެ މިގަނެސްދެނީ އެކަމުގެ ސަބަބާއި އެޙާލަތުގައި ޢަމަލުކުރަންވީ ގޮތް އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ

ހުވަފެން ފެނުމުން ޚާއްބަކޮށް ބިރުވެރި ހުވަފެން ފެނުމުން ގިނަ ބައަކު ކަންބޮޑުވެއެވެ. އެކަމާއި ބިރުން ނުނުދިގެންވެސް އުޅެއެވެ. ނަމަވެސް އެއީ ބިރުގަންނަން ޖެހެންވީ ކަމެއް ނޫނެވެ.

ޢާންމުގޮތެއްގައި ފެންނާނީ 3 ބާވަތެއްގެ ހުވަފެނެވެ. ފުރަތަމަ ބާވަތަކީ އެމީހަކު ވިސްނާ ކަމަކާއި ގުޅިގެން ފެންނަ ހުވަފެނެވެ. އެގޮތުން ފެންނަ ހާސަރުތައް ހަމަކުޑަ އިރުކޮޅެއްގެ ތެރޭގައި ހަނދާނުން ފުހެވިގެންވެސްދާނެއެވެ.

ދެވަނަ ބާވަތަކީ ބިރުވެރި ހުވަފެނެވެ. ބިރުވެރި ހުވަފެން ފެންނަނީ ޝައިޠޯނާގ ކިބައިންނެވެ. އެފަދަ ހުވަފެނެއް ފެނިގެން ބިރުން އުޅޭނަމަ ނުވަތަ މީހުންގެ ގާތު އެބާވަތުގެ ވާހަކަތައް ދައްކާނަމަ ޝައިޠޯނާ އެމީހަކަށް މަލާމާތްކޮށްފައި ހޭނެއެވެ. އެހެންވެ ރަސޫލް ﷺ ޙަދީޘްފުޅު ކުރައްވަވާފައިވަނީ ބިރުވެރި ހުވަފެނެއްގެ ފެނިއްޖެ ނަމަ އެކަމުގެ ވާހަކަ އެއްވެސް މީހަކުގެ ގާތުގައި ނުދެއްކުމަށެވެ.

ޝައިޠޯނާ ދައްކާ މިބާވަތުގެ އެއްވެސް ހުވަފެނެއް ނުވަތަ އެބާވަތުގެ ހުވަފެނުގައި ފެންނަ އެއްވެސް ކަމެއް ޙަޤީޤަތަކަށް ނުވާނެއެވެ.

ހުވަފެނެއް ފެނުމުން އެއީ ބިރުވެރި ހުވަފެނެއްކަން އެނގޭނެ ގޮތަކާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ. ޖަވާބަކީ ބިރުވެރިކަންމަތީގައި ހޭލެވިއަދި ހޭލެވުމުން ބިރުގަންނަނަމަ، ހާސްވެ ކަންބޮޑުވާނަމަ އެއީ ބިރުވެރި ހުވަފެނެކެވެ.

އަދި މިފަދަ ހުވަފެނެއް ފެނިއްޖެ ނަމަ ޙަދީޘްފުޅުގައި އޮތީ އަޢޫޛް ކިޔައި ވައަތްފަރާތަށް ކުޅުޖެހުމެވެ. މީގެ މާނައަކީ ކޮންމެހެން ބޮޑެތި ކުޅުގަނޑި ޖެހުމެއް ނޫނެވެ. އަޑުލައްވައިލި ނަމަވެސް ފުދޭނެއެވެ.

އަދި ހޭލެވުނު އޮތް ފަރާތް ނޫން އަނެއް ފަރާތަށް އެނބުރޭށެވެ. ކުރިން މިބުނި ގޮތަށް ކަންތައް ކުރުމަށްފަހު އޮތް ފަރާތް ބަދަލުކުރުމުން ޝައިޠޯނާއަށް ތިބާ ދޫކޮށްލައި ދުރަށްދާން މަޖުބޫރުވާނެއެވެ.

އަދި ފާހިޝް އަމަލުކުރަނިކޮށް ފެންނަ ހުވަފެން ފެންނަނީވެސް ޝައިޠޯނާގެ ކިބައިންނެވެ. އެކަމަކުން ތިބާއަށް އެއްވެސް ފާފައެއް ނެތެވެ. އެއީ ތިބާ ޤަޞްދުގައި ކުރާ ކަމަކަށް ނުވާތީއެވެ. ނަމަވެސް ހުވަފެނުގައި މަނިބޭރުވެއްޖެނަމަ ހިނައިގަންނަން ޖެހޭނެއެވެ.

--ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން