ދަރިއަކު ދެއްވެވުމަށްފަހު ގެންދެވުމުން ދެރަވިނަމަވެސް މާޔޫސްނުވެ ކެތްތެރިވާ މީހުންނަށް ދެއްވަވާ ބަދަލު މާފުރިހަމަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ދަރިއަކު ދެއްވެވުމަށްފަހު ގެންދެވުމުން ދެރަވިނަމަވެސް މާޔޫސްނުވެ ކެތްތެރިވާ މީހުންނަށް ދެއްވަވާ ބަދަލު މާފުރިހަމަވާނެ! އިން ޝާ ﷲ

އަޅުގަނޑުމެން ދެމަފިރިންނަށް ދަރިއަކު ލިބުނޫ 7 އަހަރު ފަހުންނެވެ. އަހަރުވެސް ނުވަނީސް އަހުރެމެންނާއި ވަކިވެއްޖެއެވެ. އެކަމުން ލިބުނު ހިތާމައިން މިއުޅެނީ އަދިވެސް އަރައިނުގަނެވިގެންނެވެ. އެއިގެ ދެ ދަރިން ލިބުނީމަވެސް އެދަރިފުޅުގެ މަތިން ހަމަ ހަނދާންކުރެވެނީއެވެ. މިކަމަށް ލަފައެއް ދެއްވަފާނަންތޯ؟ 

ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމަށެވެ. ހިތްވަރު ލިބިލައްވާނެއެވެ. އިން ޝާ ﷲ 

އަހުރެން ޢާއިލާއަކަށް ޒިޔާރަތްކުރީމެވެ. އެއިރު އެޢާއިލާއިން ތިބީ ވަރަށް ބޮޑު ހިތާމައެއްގައެވެ. އެއީ ގިނަ ދުވަސްތަކަކަށްފަހު އެމީހުންނަށް ލިބުނު ދަރިފުޅަށް މަހެއްވެސްނުވެ ކުއްލި ގޮތަކަށް ނޭވާ ނުލެވި ނިޔާވުމުންނެވެ. 

އަހުރެން އެމީހުންގެ ގާތުގައި ބުނީމެވެ. ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށް ކުރިމަތިކުރައްވަވާ އިމްތިޙާންތައް ބޮޑެތިވެފައި ވަރުގަދަވާނެއެވެ. ތިއައިމްތިޙާނަކީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމައަށްވެސް ކުރިމަތިކުރެއްވެވިފަދަ އިމްތިޙާނެކެވެ. 

ތިއަފަދަ ކަމެއް ކުރިމަތިވުމުން ތިބާމެންނަށް ކުރިމަތިނުވެ އެމީހުންނަށް ކުރިމަތިވެވުމަށް އެދޭނެ ބައަކުވެސް ތިބޭނެއެވެ. އެއީ ތިއަކަމަށް ކެތްތެރިވުމުން ލައްވަވާނެ ރަޙްމަތުގެ ބޮޑުކަމުންނެވެ. އެރަޙްމަތް އެމީހުންނަށް ލެއްވެވުމަށް އެދޭވަރު ބޮޑުކަމުންނެވެ. 

ދަރިން ދެއްވަވަނީވެސް ނުދެއްވަވަނީވެސް ﷲ ތަޢާލާއެވެ. ދެއްވެވުމަށްފަހު ދުނިޔޭގައި ބައިތިއްބަވަނީވެސް އަދި އަނބުރައި ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދަވަނީވެސް ﷲ ތަޢާލާއެވެ. އެއިން އެއްވެސް ކަމަކަށް އަހުރެމެން އެއްވެސް މީހަކަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އަދި ކުރަން އޮތް ހަމައެކަނި ކަމަކީވެސް ކެތްތެރިވުމާއި ލެއްވެވި ރަޙްމަތަށް ޝުކުރުވެރިވުމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން