ދީނުގަ ނަހީކުރައްވަވާފައިވާ ކަންކަމާއިމެދު މިޙަޤީޤަތްތައް އެނގި ޢަމަލުކޮށްފި މީހަކަށް ސުވަރުގެ ލިބުން ވަރަށް ފަސޭހަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ދީނުގަ ނަހީކުރައްވަވާފައިވާ ކަންކަމާއިމެދު މިޙަޤީޤަތްތައް އެނގި ޢަމަލުކޮށްފި މީހަކަށް ސުވަރުގެ ލިބުން ވަރަށް ފަސޭހަވާނެ! އިން ޝާ ﷲ

އިސްލާމް ދީނުގައި މަނާވެގެންވާ ކަންކަން އެހައިގިނައީ ކީއްވެގެންތޯ ސުވާލުކުރާ މީހުންނަށް ބުނެލަން އޮތީ ތިއަގޮތަށް ތިއަ ވިސްނެނީ ނުބައި ކައްޓާއަކުން ކިރާތީ ކަމަށެވެ. ނިކަން ތިރީގައިވާ ލިޔުން ވިދާޅުވެބައްލަވާށެވެ! ވިދާޅުވެފަ ނިކަން ތިއަ ސުވާލުކުރައްވަބައްލަވާށެވެ!  

އަހުރެން އިސްލާމްވާން އުޅުނު ދުވަސްވަރުވެސް ގިނަ ބައަކު އެންމެ ގިނައިން ބުނި އެއްވާހަކައަކީ އިސްލާމްދީނަކީ މަނާ ކަންކަން ވަރަށް ދީނެއް ކަމުގެ ވާހަކައެވެ. މަނާކަންކަން ގިނަކަމުން ދީނަށް ޢަމަލުކުރަން ވަރަށް އުނދަގޫވާނެކަމުގެ ވާހަކައެވެ. 

އެވާހަކަތަކަށް ނުބަލައި އަހުރެން އިސްލާމްވީއެވެ. އިސްލާމްވުމަކުންވެސް އެވާހަކަތަކެއް ނުހުއްޓެއެވެ. ދެއްކުންވީ އިތުރެވެ. އެހެންވެ ދީން ދޫކޮށްލަންވެސް ވިސްނުނެވެ. ނަމަވެސް އަހުރެން ބޭނުންވީ ޤުރްއާން ދިރާސާކޮށްލާފައި ނޫނީ ގޮތެއް ނުނިންމުމަށެވެ.  

އަހުރެން ކުރި ދިރާސާއިން އެނގުނީ އެދައްކަނީ އެއްވެސް އަޞްލެއް ނެތް ދޮގު ވާހަކަތަކެއް ކަމެވެ. ސަބަބަކީ މުޅި ޤުރްއާނަށް ބަލައިފިނަމަ ނަހީކުރެއްވެވި ކަންކަމުގެ ވާހަކަ އޮތީ އެންމެ 3 އިންސައްތަ އާޔަތްތަކުގައެވެ. 97 އިންސައްތަ އާޔަތްތަކުގައި ވަނީ ދިރިއުޅުމާއި ރިވެތި އަޚްލާޤާއި ކުރަންހުރި ހެޔޮ ޢަމަލުތަކާއި އެޢަމަލުތައް ކުރުމުން ދެއްވަވާނެ ޘަވާބާއި ކުރީގެ އުންމަތްތަކުގެ ޢިބްރަތްތެރި ވާހަކަތައް ފަދަ ވާހަކަތަކެވެ.

ދެން ބަލައިލީ ޙަރާމްކުރެއްވެވި ކަންކަމުގެ ލިސްޓަށެވެ. އެއިގެ ތެރޭގައި ހުރީ އަހުރެން އަމިއްލައަށް ކުރިންވެސް ޙަރާމްކޮށްގެން ހުރި ކަންކަމެވެ. އެކަންކަމާއި ދުރުހެލިވެގެންހުރި ކަންކަމެވެ. ވަރަށް އާދައިގެ ދެކަމެއް ފިޔަވައެވެ. އެ ދެކަންތައް ކުރުން ހުއްޓާލުމަކީ އަހުރެންނަށް އެއްވެސް އުނދަގޫ ކަމަކަށް ނުވިއެވެ.  

އަދި ޤުރްއާނުގައި މަނާކުރައްވަވާފައިވާ ކޮންމެ ކަމަކީވެސް އެކަންކަން ކުރުމުން އެމީހަކަށް ގެއްލުން ލިބޭނެ ކަންކަމެވެ. މާލީނ ގޮތުންނާއި ޞިއްޙީގޮތުންނެވެ. ޢާއިލީ ދިރިއުޅުމަށެވެ. ވީމާ އިސްލާމް ދީނަކީ މަނާ ކަންކަން މާގިނަ ދީނެއްކަމަށް ދައްކާ ވާހަކަތައް އަހުރެން ވަރަށް ބޮޑަށް ކުށްވެރިކުރަމެވެ. ދޮގުވެސް ކުރަމެވެ.  

މިއީ އަލަށް އިސްލާމްވި މީހަކު ބުނެފައިވާ ބަސްތަކެކެވެ. މިކަންކަން މުސްލިމުންނަށް ވިސްނި ޢަމަލުކުރާނެނަމަ ކުރާނެ ފައިދާ ހާދަބޮޑުވާނެއެވެ. ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވަދެވޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން