މިއީވެސް ތިބާ ބޭނުންވާ ކަންކަން ބަޔާން ނުކުރިޔަސް ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެ މަގެއް! އިން ޝާ ﷲ: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
މިއީވެސް ތިބާ ބޭނުންވާ ކަންކަން ބަޔާން ނުކުރިޔަސް ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެ މަގެއް! އިން ޝާ ﷲ: ބިލާލް އައްސަދު

މިވެނި ކަމަކަށް ބޭނުންވުމުން ކުރާނެ ދުޢާއަކަށް ގިނަ ބައަކު ސުވާލުކުރެއެވެ. އެހެންވެ އަނެއްކާވެސް މިހަނދާންކޮށްދެނީ ތިބާއަށް ބޭނުންވާ ކަންތައް ތިބާ ބަޔާން ނުކުރިޔަސް އެކަން ﷲ ތަޢާލާ ތިބާއަށް ހިންމަވައި ދެއްވަވާނެކަން ޞަޙީޙް ޙދީޘްފުޅުން އެނގެން އޮތް ޢަމަލެކެވެ. 

އެއީ ކުރަން އެހައި ބޮޑުވެސް ކަމެއް ނޫނެވެ. އެކަމަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރުމެވެ. ވީމާ ކޮންމެ ދުވަހަކުވެސް ވީހާ ގިނައިން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔަވަން މަސައްކަތްކުރާށެވެ!

މިއީ ހަަމަ ހުސްވަޤުތުތަކުގައި ޛިކުރުކުރާ ފަދައިންވެސް ކުރެވެން އޮތް ޢަމަލެކެވެ. ވަޤުތެއް ލިބުމުން ކިޔަން ފަސޭހަވަރަކަށް ކިޔައިލަންވީއެވެ. ކިޔޭ ޢަދަދު ގުނަން މަސައްކަތްކުރުންވެސް މުހިންމެއް ނޫނެވެ. އަބަދުވެސް ބުނާފަދައިން އެކަން ތިބާއާއިއެކުގައިވާ މަލާއިކަތުން ބަލަހައްޓަވާނެތެވެ. އަހުރެމެންނަށް އޮތީ ފަރުވާތެރިވެ ޢަމަލުކުރުމެވެ. 

ހުކުރު ދުވަހަކީ ޚާއްޞަ ދުވަހެވެ. ވީމާ ހުކުރު ދުވަހު ކިޔެވުން ގިނަކުރަންވާނެއެވެ.

 

 -ބިލާލް އައްސަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން