ބިރުވެތިވެބަލަ!: ޝަރުޢީ ޢުޛްރެއް ނެތި ނަމާދުއަޅަން ހުއްދަލިބޭ ހަމައެކަކުވެސް ނުހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ބިރުވެތިވެބަލަ!: ޝަރުޢީ ޢުޛްރެއް ނެތި ނަމާދުއަޅަން ހުއްދަލިބޭ ހަމައެކަކުވެސް ނުހުންނާނެ!

އެންމެ މީހަކުވެސް މަސައްކަތްކުރަނީ ކާމިޔާބު މީހަކަސްވުމަށެވެ! އެކަމަކު ކާމިޔާބު ހޯދަން އަވަސްވެގަންނަން ދުވާލަކު 5 ފަހަރު ﷲ ތަޢާލާ ދެއްވަވާ ދަޢުވަތުގެ އަޑު ނުއިވި (އަމަލުނުކޮށް) ޙަޤީޤީ ކާމިޔާބު ހޯދޭނީ ކިހިނަކުން ހެއްޔެވެ؟ މިދައްކަނީ ބަންގީގައި ގޮވާލެވޭ ޙައްޔަޢަލައްޞަލާތި، ޙައްޔަޢަލްފަލާޙް" ގެ ވާހަކައެވެ.


އަހުރެން ބުނާނީ ކާމިޔާބު އެދޭ މީހާ ފުރަތަމަ ކަމަކަށްވެސް ކާމިޔާބު ލިބިގަންނަން އެމީހާއަށް ﷲ ތަޢާލާ ދެއްވަވާ ދަޢުވަތު ޤަބޫލުކުރުމަށެވެ. އެހެން ހުރިހާ ކަމެއްވެސް އެއިގެ ފަހަތުން ގެނައުމަށެވެ.


ނަމާދަށް ދެވޭ ސަމާލުކަން ކުޑަވަމުން އައިސް ބައެއް މީހުން ނަމާދުކުރަނީ އެމީހަކަށް ކުރަން ފަސޭހަ ވަޤުތަކުއެވެ. މަސައްކަތްކުރަން އުޅެނިކޮށް ނަމާދުގެ ވަޤުތު ފާއިތުވެއްޖެނަމަ ޤަޟާކުރުންވެސް އާދައަކަށް ހަދައިގެން އުޅޭ މީހުންވެސް ދަނީ ގިނަވަމުންނެވެ. މިއީ ކިހައިވަރެއްގެ ބިރުހުރި ކަމެއްކަން ވިސްނޭނަމަ އެކަން އެގޮތަކަށް ނުކުރާނެއެވެ.


ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރާ ޑޮކްޓަރުންނަށް އެމީހުންގެ މަސައްކަތު ގަޑީގައިވެސް ނަމާދު އެޅުން ހުއްދައެއް ނޫނެވެ. ޖަމްޢު ކުރެވޭ ނަމާދު ޖަމްޢްކުރާށެވެ. ނޫންނަމަ ޖެހޭނީ ވަގުތުގައި ނަމާދުކުރާށެވެ! އޮޕަރޭޝަންކުރަން ހުއްޓާ ނުހިފެހެއްޓޭވަރަށް ބޮޑުކަމުދާންޖެހިއްޖެ ނަމަ ހަދާނީ ކިހިނެއްހެއްޔެވެ؟ (މާނައަކީ އޮޕަރޭޝަންކުރުމާ ދުރަށްދާން މަޖުބޫރުވާ ޙާލަތެއް ކުރިމަތިވެއްޖެނަމަ ޖެހޭނީ އެކަމެއް ކުރަން އޮޕަރޭޝަންކުރުން ހުއްޓައިލާށެވެ. ނަމާދު ނުއެޅޭނެއެވެ.) އޮޕަރޭޝަން ދިގުލައިދާނެކަން އެނގޭނަމަ ކުރިއާލައި އިސްކޮށް ޖަމްޢުކޮށްގެން މަސައްކަތްފަށާށެވެ.



-- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

ދިރިއުޅެން މަސައްކަތްކުރުމުގެ ނަމުގައި ނަމާދުއަޅާ މީހުން ބިރުވެތިވާށެވެ! އިންސާނުންގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރާ ޑޮކްޓަރުންނަށް އޮތް ޙުކުމަށް ވިސްނައިލުމުން ނަމާދު އަލާފައި މަސައްކަތްކުރަން ހުރެވޭނެ އެއްވެސް ގޮތެއްނެތްކަން އެނގިގެންދެއެވެ.

 

މިއަދު އޮންލައިން