ކިތަންމެ ފައިދާހުރި އެއްޗެއްވެސް ކާންޖެހޭވަރަށްވުރެ އިތުރަށް ކާނަމަ ލިބޭނީ ގެއްލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ކިތަންމެ ފައިދާހުރި އެއްޗެއްވެސް ކާންޖެހޭވަރަށްވުރެ އިތުރަށް ކާނަމަ ލިބޭނީ ގެއްލުން!

ކޮންމެ ބައްޔެއް ޖެހެނީ ކައިބޮއި ހެދޭގޮތުން ނޫންނަމަވެސް ކައިބޮއި ހެދޭ ގޮތުން ޖެހޭ ބަލިތައްވެސް ވަރަށް ގިނައެވެ. ހަށިގަނޑަށް ބޮޑެތި އުނދަގޫތައްވެސް ލިބެއެވެ. ކެއުމުގައިވެސް ވަކި އިންތަކެއް ބަހައްޓަން ދީނުގައި އޮތީ އެފަދަ ސަބަބުތަކަށްޓަކައެވެ. 

ޙަލާލްތަކެތީގެ ތެރޭގައިވެސް ސަރުބީ އާއި އެހެންވެސް ބައެއް މާއްދާތައް ގިނަ ބައެއް ބާވަތްތައްވެސް ހިމެނެއެވެ. އެތަކެއްޗަކީ ޙަލާލްތަކެތި ނަމަވެސް އެތަކެތި ކައިބޮއިހަދަންވާނީ ޞިއްޙަތަށް ގެއްލުން ނުވާނެވަރު ބަލައިގެންނެވެ. 

މިސާލަކަށް ހަކުރަށް ބަލާށެވެ! ހަކުރު ޙަލާލެވެ. ނަމަވެސް ގިނައިން ބޭނުންކުރާނަމަ ތަފާތު ބަލިތައް ޖެހެއެވެ. ވީމާ ބޭނުންކުރަންވާނީ ހަށިގަނޑަށް ގެއްލުން ނުލިބޭނެވަރު ބަލައިގެންނެވެ. ހަމައެއާއިއެކު ޤުރްބާންކޮށްފައި ހުންނަ (ހުއްދަ) ޖަނަވާރުގެ މަސް ޙަލާލެވެ. ނަމަވެސް ގިނައިން ކެއުމުން ސަރުބީ ގިނަވެ ލޭގެ ހޫނުކަން ގަދަވުން ފަދަ މައްސަލަތައް ކުރިމަތިވާ (ރެޑް މީޓް) ގެ ބާވަތްތައް ގިނައިން ކައިގެންނުވާނެއެވެ. 

މިކަމުގެ ދަލީލަކީ މީހާގެ ނަފްސަށް (ހަށިގަނޑަށް) ގެއްލުން ލިބޭ ތަކެތި ކައިބޮއި ހެދުން ހުއްދަ ނުވުމެވެ. އެކަން ކީރިތި ޤުރްއާނުން އެނގެން އޮތުމެވެ. ޢުމަރުގެފާނުގެ މިބަސްފުޅަށްވެސް ބަލާށެވެ! 

Yahya ibn Sa’id reported: Umar ibn al-Khattab, may Allah be pleased with him, said,

“Beware of meat, for meat can be as addictive as wine.”

Source: al-Muwaṭṭa’ 1742  

މުސްލިމުން ނޫން މީހުންގެ ތެރޭގައި ޙަލާލްތަކެއްޗަކީ ކޮބައިކަން ނުއެނގޭ މީހުން ވަރަށް ގިނައެވެ. ޙަލާލް ތަކެތި މުސްލިމުން ކިޔަނީ ޞިއްޙަތަށް އެންމެ ފައިދާހުރި ތަކެއްޗަށް އެނގުމުން މުސްލިމުން ނޫން މީހުންގެ ތެރެއިންވެސް ގިނަ ބައަކު ޙަލާލުތަކެތި ބޭނުންކުރަންފަށައެވެ. އެނޫން އެއްޗެއް ކާން ބޭނުމެއްވެސް ނުވެއެވެ. 

ނަމަވެސް ޙަލާލް ތަކެއްޗަކީ ކޮބައިކަން ނުއެނގޭ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ޙަލާލްތަކެއްޗަކީ ޖާދޫއެއް ފަދަ އެއްޗެއްކަމަށެވެ. ޙަލާލް ތަކެތި ކައިފިނަމަ އިސްލާމް ދީނަށް ވަންނަން ހިތްޖެހޭނެ ކަމަށެވެ. އެއީ އިސްލާމް ދީނަށް ވަނުމަށް ހިތް ޖެހުމުގެ ބާރު ހުންނަ ތަކެތި ކަމަށެވެ. 

އުފާވެރި ޚަބަރަކީ ޙަލާލް ތަކެއްޗަކީ ކޮބައިކަމާއި ޙަލާލްތަކެތި ކައިބޮއިހަދަން އިސްލާމް ދީނުގެ ބަޔާންވެގެންވާ ސަބަބު އެނގުމުން އިންސާނުންގެ ޞިއްޙަތަށް ދީނުގައި މިހައިބޮޑު ސަމާލުކަމެއް ދީފައިވާތީ އެކަން އެނގުމުން އިސްލާމް ދީނުގެ ފުރިހަމަކަން އެނގި އިސްލާމް ދީނަށް އެތައް ބައަކު ވަންނަމުންދާކަމެވެ. 

އިސްލާމް ދީނުގައި ޙަލާލުތަކެއް ކަމަށް ކަނޑއަޅުއްވަވާފައިވަނީ ޞިއްހަތަށް އެންމެ ފައިދާހުރި ކާބޯތަކެއްޗެވެ. ޙަރާމް ތަކެތި ކަމަށް ކަނޑައަޅުއްވަވާފައިވަނީ އެތަކެތި ކެއުމުން ނުވަތަ ބުއިމުން އިންސާނުންގެ ޞިއްޙަތަށް ގެއްލުން ލިބޭނެ ތަކެއްޗެވެ. މިކަންކަމަކީ ސައިންސްވެރިންވެސް މިހާރު އެއްބަސްވާ ކަންކަމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން