ހެޔޮޢަމަލެއް ކުރެވުމަކީ ތިމާގެ ހުރިހާ ބޭނުންތައް ފުއްދަވައިދެއްވަވާނެ ސަބަބެއް ނޫން! ބޭނުންތައް ފުދޭނީ އެކަން ޤަބޫލުކޮށް ހެޔޮ ޢަމަލުތައް ކުރުމުގަ ޘާބިތުވީމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ހެޔޮޢަމަލެއް ކުރެވުމަކީ ތިމާގެ ހުރިހާ ބޭނުންތައް ފުއްދަވައިދެއްވަވާނެ ސަބަބެއް ނޫން! ބޭނުންތައް ފުދޭނީ އެކަން ޤަބޫލުކޮށް ހެޔޮ ޢަމަލުތައް ކުރުމުގަ ޘާބިތުވީމާ!

އަޅުކަން ކުރުމަކީ އެމީހަކު އެދޭ ކޮންމެ ކަމެއް ﷲ ތައާލާ ހަމަ ވަގުތުން ފުއްދަވައި ދެއްވެވުން ލާޒިމުކުރާ ކަމެއް ނޫނެވެ. އަޅުކަން ކުރުމަކީ އެއަށްވުރެ މާ މަތިވެރިކަމެކެވެ. އަޅުކަން ކުރުމުގެ ބޭނުމަކީ ﷲ ތަޢާލާ ޢާއި ތިމާ އާއި ދެމެދުގައި ގުޅުން އުފެއްދުމާއި އެގުޅުން އިތުރަށް ބަދަހިކުރުމެވެ. ވީމާ ތިބާ ޙާޞިލުކުރަން ބޭނުންވާ ކަންކަމާއި ތިބާ ކުރާ އަޅުކަމާއި ނުގުޅުވާށެވެ. 

ﷲ ތަޢާލާ އާއި ތިބާ އާއި އޮންނަ ގުޅުން ހާމަވެގެންދާނީ ތިބާ ކޮންމެ ދުވަހަކު ﷲ ތަޢާލާ އާއި ކުރާ މުޢާމަލާތުތަކުންނެވެ. އެ މުޢާމަލާތުތައް ފުރިހަމަ ނަމަ އަދި ގިނައިން މުޢާމަލާތުކުރެވޭނަމަ ތިބާގެ ބޭނުންތައް ދާނީ ފުދެމުންކަން ޔަޤީނެވެ.  

ވިސްނައިލަން ޖެހޭ އިތުރު ކަމެއް ވެސް އެބަ އޮތެވެ. އެއީ ތިބާ ﷲ ތަޢާލާއަށް އަޅުކަން ކުރަންވީ ހަމައެކަނި ތިބާ އެދޭ ކަމެއް ޙާޞިލުކުރަން ބޭނުންވުމަކުން ނޫނެވެ. ކޮންމެ ދުވަހަކުވެސް އަޅުކަން ކުރަން ޖެހޭނެއެވެ. އެންމެ ކުޑަމިނުން ފަރުޟު އަދާކުރަން ޖެހޭނެއެވެ. ތިމާ ބޭނުންވާ ކަންކަމަށް އެދެން އޮތީ އަޅުކަންކުރުނަމަތީގައި ދެމިހުރެގެންނެވެ.  

ނަމަވެސް ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ މިއުޅެނީ ޑޮލަރު ހިފައިގެން ނުވަތަ ކޭޝްކާޑު ހިފައިގެން ފިހާރައަކަށްވަދެ ވިޔަފާރި ކުރަން ކަމަށެވެ. ފައިސާ ދިނުމުން މުދައު ވަގުތުން ދޭންޖެހޭ އުޞޫލުން އަޅުކަން ހަމަ ކުރާއިރަށް ބޭނުންވެގެން އެދޭހައި ކަމެއް ފުދެން ޖެހޭނެ ކަމަށެވެ. 

މި ނުބައި ވިސްނުން އަވަހަށް ދޫކޮށްލާށެވެ! ކުރާ ކޮންމެ ދުޢާއެއް އިޖާބަ ކުރައްވަވާ ޙާލަތަށްވެސް ދެވޭނެއެވެ. ނަމަވެސް އެހިސާބަށް ކުރިއަށް ދެވޭނީ ލައްކަ ގިނަ މަސައްކަތްކޮށްގެންނެވެ. ހާދައި ބޮޑަކަށް އިޚްލާޞްތެރިވެގެންނެވެ. ހިތުގެ ތަޤްވާވެރިކަން ހާދަހައި ވަރުގަދަ ކުރެވިގެންނެވެ! ވީމާ އެކަންކަމަށް ގަދައަޅައި މަސައްކަތްކުރުންމަތީގައި ދެމިހުންނަ މީހާގެ ބޭނުންތައް އަބަދުވެސް ދާނީ ފުދެމުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން