ތިމާއަކީ ތަޤްވާވެރިއެއްކަމަށް ދައްކަން މަސައްކަތްކުރުމަކީ ދެއްކުންތެރިކަމުގެ އިތުރުން ޝިރުކުގެ ތެރެއަށް ވެއްޓިދާނެ ބޮޑު ފާފައެއް!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ތިމާއަކީ ތަޤްވާވެރިއެއްކަމަށް ދައްކަން މަސައްކަތްކުރުމަކީ ދެއްކުންތެރިކަމުގެ އިތުރުން ޝިރުކުގެ ތެރެއަށް ވެއްޓިދާނެ ބޮޑު ފާފައެއް!: ބިލާލް އައްސަދު

ބައެއް މީހުން އެމީހުންނަކީ އަޅުކަންކުރާ ތަޤްވާވެރިއަކުކަން މީސްތަކުންނަށް ދައްކަން ކަންކަން ކުރެއެވެ. މިސްކިތަށް ނަމާދުގެ ޖަމާޢަތަށްވެސް ގޮސްހަދައެވެ. މީހަކާއިމެދު އެފަދަ ކަމަކަށް ޝައްކުނުކުރާށެވެ. އެކަންވަނީ އޭނާ އާއި ﷲ ތަޢާލާ އާއިދެމެދުގައެވެ. ﷲ ތަޢާލާ އެކަން މޮޅަށް ދެނެވޮޑިގެންވެއެވެ. 

ވިސްނާށެވެ! 3 ބާވަތެއްގެ މީހުންވެއެވެ. 

ފުރަތަމަ ބާވަތަކީ ޘަވާބަށް ނުއެދި ދުނިޔެއިން ކަމެއް ޙާޞިލުކުރަން މަސައްކަތްކުރާ މީހުންނެވެ. އެކަމުން އެމީހުންނަކަށް އެއްވެސް ފާފައެއް ނެތެވެ. އަދި ޘަވާބެއްވެސް ނެތެވެ.

ދެވަނައީ ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބަށް އެދިގެން ކަންކަންކުރާ މީހުންނެވެ. އެމީހުން ކުރާ ޢަމަލުތަކަސް ޘަވާބު ދެއްވަވާނެތެވެ.   

ތިންވަނައީ ތިމާއަކީ ތަްްވާވެރިއަކުކަން މީސްތަކުންނަށް ދައްކަން ކަންކުރާ މީހުންނެވެ. އެމީހުން ފާފަވެރިވާނެއެވެ. ވަރަށް ބޮޑަށެވެ. ދެއްކުންތެރިއަކަށްވުމުގެ ފާފައިގެ އިތުރުން އެއީ ޝިރުކުރުމުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ބޮޑު ފާފައެކެވެ. 

މީސްތަކުންނޭވެ! މިސްކިތަށްދާއިރު މީހުންނަށް ތިމާގެ ތަނަވަސްކަން ދެއްކުމުގެ ނިޔަތުގައި އަގުބޮޑުފޭރާންލައި އަގުބޮޑު ސެންޓުޖަހައި ނުހަދާށެވެ. ނަމަވެސް ތަނަވަސްކަން ހުރީތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމުގެ ނިޔަތުގައި އެކަންކަން ކުރުމަކުން މައްސަލައެއް ނެތެވެ. ކުރާ ޢަމަލުތައް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވަނީ އެމީހާގެ ނިޔަތުގެ މައްޗަށެވެ. އެެހން ކަމުން ހެޔޮ ނިޔަތުގައި ކަންކަންކުރާށެވެ! އެގޮތަށް ކަންކަން ކުރާއިރު މީހަކު ބުނެފާނެ ބަހަކަށް ވިސްނާކަށްވެސް ނުޖެހޭނެއެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

 

މިއަދު އޮންލައިން