ސިޙުރު ނައްތަވާލައްވަން ރަސޫލް ޞޢޥ ޢަމަލުފުޅުކުރެއްވެވި ގޮތް- އެކަންކުރަން އޮތް އެންމެ ރަނގަޅު ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ސިޙުރު ނައްތަވާލައްވަން ރަސޫލް ޞޢޥ ޢަމަލުފުޅުކުރެއްވެވި ގޮތް- އެކަންކުރަން އޮތް އެންމެ ރަނގަޅު ގޮތް!

ސިޙުރު ހެދުމަކީ ކިތަންމެ ބޮޑު ޙަރާމްކަމެއް ނަމަވެސް އެކަންކުރާ ބައަކު އަބަދުވެސް އުޅެއެވެ. އެކަމުގެ އުނދަގޫތައް ގިނަބައަކަށް ފޯރައެވެ.  

ހަދާފައިވާ ސިހުރެއް ފެނިއްޖެނަމަ އެއިގައި އަތްލަން ބައެއް މީހުން ބިރުގަނެއެވެ. އަދި ނައްތައިލަން ޢަމަލުކުރާނެ ގޮތަކާއިމެދުގައިވެސް ބިރުގަނެއެވެ. އެއީ އެއިން ނުވަތަ އެކަމުން ތިމާއަށް އިތުރު ގެއްލުންތަކެއް ލިބިދާނެތީއެވެ.  

މިއީ ބިރުގަންނަން ޖެހޭ ކަމެއް ނޫނެވެ. އެފަދަ އެއްޗެއް ފެނިއްޖެނަމަ ޢަމަލުކުރަން އޮތް ގޮތް ސުންނަތުން އޮތީ ފެންނާށެވެ. އެއީ "އަލްފަލަޤް" އަދި އައްނާސް" ސޫރަތް ކިޔަވަމުން އެއްޗެއްގައި އަތްލައި އެއްޗެއް ނައްތައިލުމެވެ.  

ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަ އަށް ސިހުރު ހަދައި ޖަހާފައިވާ 11 ގޮށް މޮއްސަވައިލެއްވެވިއިރު ކޮންމެ ގޮށެއް މޮއްސަވައިލައްވަވަމުން ވިދާޅުވީ އެދެ ސޫރަތުގައިވާ އާޔަތެކެވެ. ވީމާ މިއޮތީ އެފަދަ ތަކެއްޗާއިމެދު ޢަމަލުކުރަންވީ ގޮތް ވަރަށް ރަނގަޅަށް ފެންނާށެވެ!  

މީސްތަކުންނޭވެ! ކޮންމެ ދުވަހަކުވެސް ހެނދުނާއި ހަވީރު މި 11 އާޔަތް ކިޔަވާށެވެ! ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބިގަނެގެން ހުންނާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން މެނުވީ އެއްވެސް މީހަކަށް ރައްކައުތެރިކަމެއް ނުލިބޭނެއެވެ. އަދި އެކަލާނގެ ރައްކައުތެރިކަން ދެއްވަވައިފި އަޅަކަށް އެއްވެސް ގެއްލުމެއްވެސް ނުދެވޭނެއެވެ. މާނައަކީ އެކަމަކުން އެމީހަކު ސަލާމަތްކުރައްވަވާނެތެވެ! އިން ޝާ ﷲ

- މުފްތީ މެންކުގެ ދަރުސަކުން  

މުފްތީ މެންކް ބަޔާންކުރައްވަވާފައި އެވަނީ އެބާވަތުގެ ކަމެއްގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތެވެ. ބައެއް ބާވަތުގެ ސިޙުރުގައި އަތް ނުލައި ބާޠިލުކުރަން މަސައްކަތްކުރަން ޢިލްމްވެރިން ބަޔާންކުރައްވައެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އެފަދަ އެއްޗެއް ފެނުމުން ސިޙުރު ބާޠިލްކުރުމުގެ ކަންކަން އެނގިލައްވާ ޢިލްމުވެރިއެއްގެ ލަފާހޯދައިގެން ޢަމަލުކުރުމެވެ. 

މިއަދު އޮންލައިން