އަނބިން ބޭނުންވާ "މަގޭ ވަޤުތުކޮޅު" އެމީހުންނަށް ހުސްކޮށްދެވޭނަމަ ފިރިމީހާއަށް ކުރާ ފައިދާ ބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
އަނބިން ބޭނުންވާ "މަގޭ ވަޤުތުކޮޅު" އެމީހުންނަށް ހުސްކޮށްދެވޭނަމަ ފިރިމީހާއަށް ކުރާ ފައިދާ ބޮޑުވާނެ!

ދެމަފިރިންނާއި ގުޅުންހުންނަ ދެމަފިރިންނަށްވެސް ފައިދާކުރާނެ ކަންކަމުގެ ވާހަކަ ލިޔަންޖެހެނީ  އެވާހަކަތަކުން ދެމަފިރިންނަށްވެސް ފައިދާކުރާނެތީއެވެ. ދެމަފިރިންނަށް ފައިދާކުރުމުން ދެމަފިރިންގެ ގުޅުން ބަދަހިވެ އެކަމުގެ ފައިދާ ދެމަފިރިންނަށާއި ދަރިންނަށްވެސް ކުރާނެތީއެވެ. 

ތިރީގައިވާ ލިޔުމަކީވެސް ގިނަ ބައަކަށް ސަމާލުކަން ނުދެވޭ އެކަމަކު ވަރަށް މުހިންމު ކަމެއް ފާހަގަކޮސްފައިވާ ލިޔުމެކެވެ. ވިދާޅުވެލައްވާށެވެ. 

މިވާހަކަ ދެއްކީމާ ގިނަ ބައަކު ޙައިރާންވެސް ވެދާނެއެވެ. މިކަމަކީ ހުރިހާ އަނބިން ޑިމާންޑްނުކުރިނަމަވެސް ވަރަށް ގިނަ އަނބިން މިހާރު ޑިމާންޑްކުރާ ކަމެކެވެ. އެކަމަކު އެކަން ގިނަ ފިރިންނަށާއި ގިނަ މައިދައިތައިންނަށް އުޅެނީ ޤަބޫލުވެސް ނުކުރެވިގެންނެވެ، 

ރަނގަޅު އަނބިންނަކީ ފަތިސްނަމާދުން ފަށާގޮތަށް ރޭގަނޑު 9 ޖަހަންދެން އެއްވެސް އަރާމެއް ނެތި ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެކެވެ. އެހިސާބުން ދަރިން ނިންދަވައި ނިމުމުން މިހާރުގެ ގިނަ އަނބިން ހުސްވަޤުތުކޮޅެއް ބޭނުންވެއެވެ. އެވަޤުކޮޅަށް އެމީހުން ކިޔަނީ "މަގޭ ވަޤުތު" ކަމަށެވެ. އެވަޤުތުކޮޅު ފިރިމީހާވެސް މައިދައިތަވެސް އަދި އެހެން މީހަކުވެސް އެމީހުންނަށް އެއްވެސް އުނދަގުލެއް ކުރާކަށް އެ އަނބިން ބޭނުމެއް ނުވެއެވެ. 

އަނބިން އެވަޤުތުކޮޅު ބޭނުންކުރަނީ ދުވަހުގެ ބުރަމަސައްކަތުން ހަށިގަނޑަށާއި ސިކުނޑިއަށް ލިބުނު ބުރަކަން ނެތިކޮށްލުމަށެވެ. އެކަން އެގޮތަށް ކުރުމުން ނިދާ ވަޤުތުގައި ފިރިމީހާއަށް ދޭންޖެހޭ ސަމާލުކަން އިތުރުކުރެވިގެންދާކަމަށް އެވަޤުތުކޮޅުގެ ބޭނުންހިފާ އަނބިން ބުނެއެވެ.  

އަހުރެންގެ ވިސްނުމުގައި މިއީ ވަރަށް ރަނގަޅު ކަމެކެވެ. އަނބިންނަށް އެވަޤުތުކޮޅު ހުސްކޮށްލައި ދިނުމުން އެކަމުގެ ފައިދާ ބޮޑަށް ކުރާނީވެސް ފިރިންނަށެވެ. ކަންކަން ކުރިއަރައި އަންހެނުންވެސް ތަޢުލީމީ ގޮތުން ކުރިއަރައި ހޭލުންތެރިކަން އިތުރުވާވަރަކަށް މިބާވަތުގެ ކަންކަން ދާނީ އިތުރުވަމުންނެވެ.  

ތަންކޮޅެއް ކުރިއަށް ބެލިނަމަވެސް ދަރިން ނިންދަވަން އަރާފައި ދަރިންނާއިއެކު އަނބިން އިރުކޮޅަކަށް ނިދައިލައެވެ. އެކުރެވެނީ ހަމައެއް ކަމެކެވެ. ކުރަންވީ ކަމަކީ އެވަޤުތުކޮޅު އަނބިންނަށް ހުސްކޮށްލައި ދިނުމެވެ. އެމީހުންގެ ޙާލަތަށް އިޙްތިރާމްކުރުމެވެ. ދިރިއުޅުން އުފާވެރިކުރެވޭނީ ދެފަރާތުންވެސް އިޙްތިރާމްކުރުން އިތުރުކުރުމުންނެވެ. އެކަމަށް ޢާއިލާއިންވެސް އެއްބާރުލުން ދިނުމުންނެވެ.

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން