އިޚްލާޞްތެރިކަމާއެކު ކުރާ އެއްވެސް ދުޢާއެއް ﷲ ތަޢާލާ ޢިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެ ސަބަބު-: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 42ސ
އިޚްލާޞްތެރިކަމާއެކު ކުރާ އެއްވެސް ދުޢާއެއް ﷲ ތަޢާލާ ޢިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެ ސަބަބު-: ޢުމަރު ސުލައިމާން

ތަނަވަސްކަން ހުރެވެސް މީހުން އެދޭ ކަންކަން ކޮށްނުދެނީ އިންށާނުންގެ ކިބައިގައި ހުންނަ އުނިސިފައަކުންނެވެ. އެއީ މުދަލަށް ދަހިވެތިވުމެވެ. ކިތަންމެ ގިނައިން ލިބުމުންވެސް ހިތް ނުފުރި އިތުރަށް ބޭނުންވުމެވެ.  

ދެން ބަލައިލަންވީ "ސުބްޙާނަﷲ" މިޛިކުރަށެވެ. މިޛިކުރުގެ މާނައަށް ބަލައިފިނަމަ އެނގެންދާނީ ﷲ ތަޢާލާއީ އެންމެހައި އުނިސިފަތަކުން ހުސްޠޯހިރުވަންތަ ރަސްކަލާނގެކަމެވެ. ކިތަންމެ ކުޑަނަމަވެސް އަދި ކިތަންމެ ކުޑަމިންވަރަކަށް ނަމަވެސް އެއްވެސް އުނިސިފައެއް ﷲ ތަޢާލާއަށް ނުވާކަމެވެ.  

"ސުބްހާނަﷲ" މިޛިކުރުކުރާއިރު މިކަންކަން ހިތްމައްޗަށް ގެންނަންވާނެއެވެ. އަދި އެކަމަށް ޔަޤީންކަންވެސް އޮންނަންވާނެއެވެ. ފައިދާކުރާނީ އެއިރުންނެވެ. 

ތިމާ ކުރާ ދުޢާ ޢިޖާބަކުރައްވަވާނެ ކަމުގެ ޔަޤީންކަން ހިތުގައި ބާއްވަންޖެހޭ އެއް ސަބަބަކީވެސް ހަމަ މިޛިކުރެވެ. ތަނަވަސްކަން ލިބިހުރެ މީހުންގެ ބޭނުންތައް ފުއްދައި ނުދެނީ ކުރިން ބުނި ފަދައިން އެމީހުންގެ ކިބައިގައި ހުންނަ އުނިސިފައަކުން ކަމަށްވެފައި އެފަދަ އުނިސިފައެއް ﷲ ތަޢާލާގެ ޙަޟްރަތަށް ނުވާތީއެވެ.  

"ސުންޙާނަﷲ" މިޛިކުރުކުރަންވީ ﷲ ތަޢާލާފގެ މަތިވެރިވަންތަކަން ބަޔާންކުރުމަށެވެ. ކޮންމެ ނަމާދަކަށްފަހުގައި އަހުރެމެން މިޛިކުރު 33 ފަހަރު ކިޔަމުއެވެ. ނިދުމުގެ ކުރިން 33 ފަހަރު ކިޔަންވެސް ސުންނަތުގައި އެބައޮތެވެ. މިޛިކުރުކިޔައި އަހުރެމެން މިބަޔާންކުރަނީ ﷲ ތަޢާލާގެ ހުސްޠޯހިރުވަންތަކަމެވެ. އަދިވެސް ކީއްހެއްޔެވެ؟ ﷲ ތަޢާލާއީ ހުސްޠޯހިރުވަންތަ ރަސްކަލާނގެކަން ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވާފައިވެސް އެބައޮތެވެ.  

﴿1﴾ سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ 

"އެކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އެކަލާނގެއީ، އަލްމަސްޖިދުލް ޙަރާމުން، އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތް ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލްއިސްރާ: 1)

 

- މަޢުލޫމާތު: ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން