މުސްލިމުންނަށް ކުދިން ގަނެވިއްކުން ހުއްދައެއް ނޫން! ދަރަންޏަކާ އަޅުވައި ދަރިން ކައިވެނިކުރުވުމަކީ ޙަރާމްކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
މުސްލިމުންނަށް ކުދިން ގަނެވިއްކުން ހުއްދައެއް ނޫން! ދަރަންޏަކާ އަޅުވައި ދަރިން ކައިވެނިކުރުވުމަކީ ޙަރާމްކަމެއް!: މުފްތީ މެންކް

މިދައްކަނީ މީޙުން ބުނާ ވާހަކައެއް ނޫނެވެ. އަހުރެންނާއިވެސް އެކިފަހަރުމަތިން ކުރިމަތިވެފައިވާ ކަމެކެވ. ބައެއް މުޖުތަމަޢުތަކުގައި ދަރަނިން ސަލާމަތްވާންވެގެން އެމީހުންގެ އަންހެންދަރިންނާއި ކައިވެނިކުރުވައެވެ/  

ބައެއް މީހުން މީހަކަށް ދަރަނިވެރިވެފަ، އެދަރަނި އަދާނުކުރެވިގެން، ނުވަތަ އަދާކުރަން ބުރައަކަށްވުމުން އެމީހުންގެ ދަރިން އެމީހަކާއި އެބަ ކައިވެނިކުރުވިނަމަވެސް އެކުރެވެނީ ޙަރާމް ކަމެކެވެ. "ވަﷲ! އެކަން ޙަރާމެވެ!" (ﷲ ތަޢާލާ ގަންދީ ބުނަމެވެ. އެއީ ޙަރާމް ކަމެކެވެ.) 

އެކަން ހިމެނޭނީ ކުދިން ގަނެވިއްކުމުގެ ވިޔަފާރިއަކަށެވެ. އެއީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ. ޙަރާމް ކަމެކެވެ.  

އަންހެންދަރިން ކައިވެނިކުރުވަން އޮތީ ތިމާގެ ދަރަނި އަދާކުރާކަށް ނޫނެވެ. ކައިވެނިކުރުވަން އޮތީ ހެޔޮލަފާ ތަޤްވާވެރިއަކާއިއެވެ. (ތަޤްވާވެރިއަކު ދަރަނީގެ ބަދަލުގައި އަނެކާގެ ދަރިފުޅާއި ކައިވެނިކުރަން ބޭނުމެއް ނުވާނެއެވެ.)  

ޙަދީޘްފުޅުތަކުގައި ޢަދަދު ތަފާތުކޮށް އައިސްފައި އެބައޮތެވެ. އެންމެ މަޝްހޫރު ޢަދަދަކީ 3 އެވެ. ޔަޤީންކުރެވެން އޮތް ކަމަކީ އަންހެން ދަރިން ރަނގަޅު ގޮތުގައި ބަލައި ބޮޑުކޮށް ޢިއްފަތްތެރިކަމާއިއެކު ކައިވެނިކުރެވުމުން އެމީހަކު ސުވަރުގެ ވައްދަވާނެ ކަމެވެ. އެއީ މައިންބަފައިން ސުވަރުގެ ވައްދަވާނެ ސަބަބެއް ކަމެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ ތަޢާލާ އެންގެވި ގޮތުގައި ބަލައި ބޮޑުކޮށް ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކައިވެނިކޮށްދިނީތީއެވެ. ކުޑައިރުންސުރެ އެހެން މީހަކަށްޓަކައި ދަރިފުޅު ބަލައި ބޮޑުކޮށްދިނީތީއެވެ.

- މުފްތީ މެންކުގެ ދަރުސަކުން  

މިކަމަކީ ކޮންމެވެސް މިންވަރަކަށް އަޅުގަނޑުމެންގެ ތެރޭގައިވެސް ހިނގަމުން އަންނަ ކަމެކެވެ. ދަރައި އޮތަސް އަދި ނެތަސް ތަނަވަސް މީހާގެ ތަނަވަސްކަމަށް ދަހިވެތިވެގެން ދަރިންނާއި ކައިވެނިކުރުވާ މީހުން މުފްތީ މެންކުގެ މިބަސްފުޅަށް ވިސްނައިލުން ބުއްދިވެރިއެވެ. ތަނަވަސްކަމުގެ ބޭނުން ނަހަމަ ގޮތުގައި ކޮށްގެން ކައިވެނިކުރާ މީހުންވެސް ވިސްނައިލުން މުހިންމެވެ.

މިއަދު އޮންލައިން