ރޭކޮށްނުދީ އަނބިމީހާ ރޮއްވަމުން ދިއަ ފިރިއަކަށް ޢުމުރަށް ކުރަންޖެހުނު ހިތި ތަޖުރިބާގެ ވާހަކަ- މިފަދަ ޙާލެއް ނުޖެހޭނެކަން ޔަޤީންވަނީ ކާކަށްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 53ސ
ރޭކޮށްނުދީ އަނބިމީހާ ރޮއްވަމުން ދިއަ ފިރިއަކަށް ޢުމުރަށް ކުރަންޖެހުނު ހިތި ތަޖުރިބާގެ ވާހަކަ- މިފަދަ ޙާލެއް ނުޖެހޭނެކަން ޔަޤީންވަނީ ކާކަށްތަ؟

ލަދުން މިވާހަކަ ނުދައްކައި ތިބެގެން ދިރިއުޅުން ސަލާމަތްކުރެވޭކަށް ނެތެވެ. ދަރިންތައް ނިކަމެތިވެ ޙާލުގައި ޖެހުމުންވެސް ސަލާމަތްކުރެވޭކަށް ނެތެވެ. އެންމެ ބޮޑަށް ހިތާމަކުރަންޖެހޭ ކަމަކީ ގިނަބައެއްގެ ކައިވެނި ރޫޅިގެންދާ ސަބަބަކަށްވެފައި އޮންނަނީ ދެމަފިރިންގެ މެދުގައި ޖެހިގެންނުވާނެ މައްސަލަ ޖެހުން ބޮޑުވުން ކަމަށްވާތީއެވެ. ހަމައެއާއިއެކު އެންމެ ފަސޭހައިން ޙައްލުކުރެވެން އޮތް މައްސަލަ ޙައްލުނުކުރުމުން ކަމަށްވާތީއެވެ. 

މިދައްކަނީ ދެމަފިރިން އެއްދާންކުރުމުގެ ވާހަކައެވެ. ޞިއްޙަތު ސަލާމަތުން ތިބިނަމަ އެކަން ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ އަދި އެކަން ﷲ ތަޢާލާ ލައްވަވާފައިވަނީ ޘަވާބުދެއްވަވާ އަޅުކަމެއްގެ ގޮތުގައެވެ. އެހެންކަމަށްވާއިރު ޘަވާބު ގިނަކުރަންވެސް އެކަން ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ 

ދާދިފަހުން އަހުރެންނަށް އެނގުނު ކަމެއްގެ ވާހަކަވެސް ބުނެލާނަމެވެ. ފިރިމީހާ ބޭވަފާތެރިވާންފެށީއެވެ. އަނބިމީހާ ރޮއިއާދޭސްކުރާއިރުވެސް ބަހަނާތައް ދައްކައި އެއްދާން ނުކުރަނީއެވެ. އެގޮތަށް އުޅެމުންގޮސް ދެވަނަ ކައިވެނި ކުރިއެވެ. ކައިވެންޏަށް ހަފްތާއެއްވެސް ނުވަނީސް ދެމަފިރިން އެކްސިޑެންޓެއްވެ ފިރިމީހާގެ ތިރީކޮޅުން ވާގިދިއައީއެވެ. ޢުމުރަށް އެއްދާންކުރުމުން މަޙްރޫމްވާންޖެހުނީއެވެ. ހޮސްޕިޓަލުން ދޫކޮށްނުލަނީސް ދެވަނަ އަނބިމީހާ ފިލައިފިއެވެ. ވަކިވީއެވެ. ގެއަށް ގެންދެވުމުން ދޮށީ އަނބިމީހާގެ ޖަވާބު އެނގޭ ހެއްޔެވެ؟ "އަހުރެންނަކީވެސް ޒުވާން އަންހެނަކުކަން ދަނެގެން ގެންގުޅުނުނަމަ ޢުމުރަށްވެސް އަންތބެއްގެ ގޮތުގައި ކެތްތެރިވީމުހެވެ. އަހުރެންނާއިމެދު ކަންތައް ކުރި ގޮތާ ދިން އަނިޔާގެ ސަބަބުން އެގޮތަށް އެކަން ކުރެވޭކަށް ނެތެވެ. ދަރިފުޅުގެ ބައްޕަވީމާ ހެޔޮކޮށް ހިތައި ބަލައިދީފާނަމެވެ. ނަމަވެސް އަންތބެއްގެ ގޮތުގައެއް ނޫނެވެ." 

ފިރިމީހާއަށް މަޖުބޫރުވީ އަނބިމީހާ އެނދުނު ގޮތަށް ކަންތައް ކޮށްދޭށެވެ. ބަލައިދޭނެ އިތުރު މީހަކު ނެތުމުން އަނބިމިހާއާއި އަނބިމީހާގެ ފިރިމީހާވެސް ގޭގައި ގެންގުޅޭށެވެ. ދެން ނިކަން ބުނެބަލާށެވެ! ބައިވެރިޔާއާއިމެދު މިގޮތަށް ކަންތައް ތިއަކުރަނީ މިފަދަ ޙާލެއް ނުޖެހޭނެކަން ޔަޤީންވާތީ ހެއްޔެވެ؟ 

މިކިޔައިދިނީ ފިރިއަކަށް ކަންތައް ދިމާވިގޮތުގެ ވާހަކައެވެ. އެފިރިމީހާ ފަދައިން ޢަމަލުކުރާ އަނބިންނާއިވެސް ކޮށްލަން އޮތީ ހަމަ އެސުވާލެވެ. ބައިވެރިޔާއާއިމެދު މިގޮތަށް ކަންތައް ތިއަކުރަނީ މިފަދަ ޙާލެއް ނުޖެހޭނެކަން ޔަޤީންވާތީ ހެއްޔެވެ؟ 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލެއްވުން ވަރަށް މުހިންމެވެ. 

"އަހުރެން އަބަދުވެސް އެންމެ ލޯބިވާ އަނބިމީހާއަށް! 

ފާއިތުއިތުވި އަހަރަށް ބަލައިފިނަމަ އަހަރުގެ ކޮންމެ ދުވަހަކަށް އެއް ފަހަރު (365 ފަހަރު) ތިބާއާއިއެކު އެއްދާންކުރަން މަސައްކަތްކުރީމެވެ. އަހުރެންނަށް އެކަން ކާމިޔާބުކުރެވުނީ 36 ފަހަރުއެވެ. އެއިގެ މާނައަކީ ކާމިޔާބުކުރެވުނީ ކޮންމެ 10 ފަހަރަކުން އެއްފަހަރުކަމެވެ. 

މިބަޔާންކުރަނީ ތިބާ ދެއްކި ސަބަބުތަކެވެ. ވަރަށް ހޫނު ގަދަ، މާފިނި، މިއުޅެނީ ނިދަން، މޫޑެއް ނެތް، ހަމައެކަނި އެއީތަ ކަލޭ ބޭނުންވާ ކަމަކީ، މާބޮޑަށް ވަރުބަލިވެފަ، މާލަސްވެއްޖެ، މާއަވަސް،"  އަދި މިނޫންވެސް ކޫސަނި ސަބަބުތަކެވެ.   

މިއީ ފިރިހެނަކު ދައްކާފައިވާ ވާހަކައެކެވެ. ދެން ބަލައިލަންވީ ފިރިމީހާގެ ކިބައިން މިފަދަ މައްސަލަތައް ކުރިމަތިވެފައި ތިބޭނެ އަނބިންގެ ޢަދަދަށެވެ. ހަމަޤައިމުވެސް މަދެއް ނުވާނެއެވެ. ދެން ނިކަން ބުނެބަލާށެވެ! ޙައްލަކީ ކޮބައިހެއްޔެވެ؟ 

ދެމަފިރިންގެ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތް އެންމެ ރަނގަޅަށް އެނގޭނީ އެދެމަފިރިއަކަށެވެ. މައްސަލަ ނުޖެހި ދެމީހުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދެވޭނެ ގޮތްވެސް އެނގޭނީ އެދެމަފިރިއަކަށެވެ. ވީމާ ދެމަފިރިން އެކުގައި މަޝްވަރާކުރާށެވެ! މިފަދަ މައްސަލަތައް ކުރިމަތިނުވާނެ ގޮތަށް ކަންކަން ރާވައިގެން ކުރިއަށްގެންދާށެވެ.   

އަހުރެންވެސް އެއްބަހެވެ. ޒަވާޖީ ޙަޔާތުގެ އެންމެ ބޮޑު ބޭނުމަކީ އެއްދާން ކުރުން ނޫންކަމަށް އެއްބަސްވަމެވެ. ހަމައެފަދައިން ޤަބޫލުކުރަންޖެހޭނެ ކަމަކީ ޞިއްޙަތު ސަލާމަތުން ހުރިނަމަ އެއްދާންކުރުމާއި ނުލައި ޒަވާޖީ ހަޔާތް ކުރިއަށް ނުގެންދެވޭނެކަމެވެ. 

އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ. ދެމީހުން ރާވައިގެން އެއްބަސްވާ ތާވަލެއްގެދަށުން ނަމަވެސް ދެމަފިރިން އެއްދާންކުރުމުގެ ކަންކަން ކުރިއަށްގެންދާނަމަ ޒަވާޖީ ޙަޔާތް ދުޅަހެޔޮކަންމަތީގައި ދެމިއޮންނާނެއެވެ. އެއީ އެކަމަށް އޮންނަ ވަރަށް ބޮޑުބާރެކެވެ. 

މިއީ ދީނީ ވާހަކަތަކެއް ނޫންކަމަކަށް ނުވާނެއެވެ. ސަބަބަކީ ކައިވެނި އުފަލުގައި ދެމެހެއްޓުމަކީ އަޅުކަންކުރަން ހިތްވަރުލިބޭ ކަމެކެވެ. އެއީ ވިސްނަންޖެހޭ ކަންކަން މަދުވުމުންނެވެ. ﷲ ތަޢާލާ އާއިމެދު ވިސްނަން ލިބޭ ވަޤުތު ގިނަވާނެ ކަމެކެވެ. ޢާއިލީ ހަމަޖެހުމަކީ ދީންވެރިކަމާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެއްވެސްމެއެވެ. 

އަހުރެން އެދެނީ މައްސަލަ ނުޖެހި ލޯބިން އެކުގައި ދިރިއުޅެމުން އައުދެވޭކަމަށްވީނަމަވެސް، ވަކިން ޚާއްޞަކޮށް ދިރިއުޅުމުގައި މިފަދަ މައްސަލަތައް ހުރިހަމަވެސް ކޮންމެ ދެމަފިރިއަކުވެސް އެކަކު އަނެކަކަށް އަހުރެންގެ މި ނަޞޭޙަތް ޙިއްޞާކޮށްލައި ހޭލުންތެރިވާން މަސައްކަތްކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

 

މިއަދު އޮންލައިން