ﷲ ތަޢާލާ ތިބާގެ އަތަށް ދެއްވަވާ ފައިސާ ޙަރާމް ކަމެއް ކުރަން ބޭނުންކުރުމަކީ ﷲ ތަޢާލާ އާއި އޮތް ގުޅުން ކަނޑާލުން ފަދަ ބޮޑުފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ﷲ ތަޢާލާ ތިބާގެ އަތަށް ދެއްވަވާ ފައިސާ ޙަރާމް ކަމެއް ކުރަން ބޭނުންކުރުމަކީ ﷲ ތަޢާލާ އާއި އޮތް ގުޅުން ކަނޑާލުން ފަދަ ބޮޑުފާފައެއް!

އަހުރެން މިދައްކަނީ ހަމައެކަނި ތަނަވަސް މީހުންގެ ވާހަކައެއް ނޫނެވެ. ވާހަކަ މިދައްކަނީ ތަނަވަސް މީހުންގެ ތެރޭގައި ނުހިމެނޭ މީހުންވެސް ހިމަނައިގެންނެވެ. ﷲ ތަޢާލާ ތިމާގެ އަތަށް ދެއްވެވި ފައިސާއިން އެއްވެސް މިންވަރެއް ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަމެއް ކުރަން ބޭނުން ނުކުރާށެވެ! އެއިރުން އެކުރެވެނީ ތިމާއާއި ﷲ ތަޢާލާ އާއި އޮތް ގުޅުން ކަނޑާލުން ފަދަ ބޮޑުފާފައެކެވެ!   

އަގުދީގެން ފާޙިޝް ޢަމަލުތައްކުރާ މީހުންނާއި ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އަދި އެނޫންވެސް ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަން ކުރާ މީހުން މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ.  

ހަމައެއާއިއެކު ބުނެލާނަމެވެ! ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަމެއް ކުރަންޖެހޭނަމަ އެވަޒިފާއަކުން އަވަހަށް ވަކިވާށެވެ! މާރަނގަޅު ވަޒީފާއެއް ދެއްވަވާނެތެވެ! ބައިވެރިޔާގެ ކިބައިން މިފަދަ މައްސަލަތައް ކުރިމަތިވާނަމަ އަވަހަށް އެމީހަކާއި ވަކިވާށެވެ! މާރަނގަޅު ބައިވެރިއަކު ދެއްވަވާނެތެވެ! އިން ޝާ ﷲ  

އަދިވެސް ބުނެލާނަމެވެ. ޙަރާމް ގޮތުގައި ލިބޭ ގިނަ ފައިސާތަކުން ކުރާނެ ފައިދާއަށްވުރެ ހަލާލު ގޮތުގައި ލިބޭ މަދުއެތިކޮޅުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ. އެއީ އެމަދުއެތޮޅުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތީއެވެ. އެކަމަށް ތިބާ ރުހުނީތީ ﷲ ތަޢާލާ ތިބާއަށް ރުހިވޮޑިގަންނަވާނެތީއެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން