ޢާއިޝަތު ރަފާޙް ޢަލީ
ކީރިތި ޤުރްއާނަކީ ޝިފާއެކެވެ. އަދި ފަރުވާއެކެވެ. ހަމައެކަނި ބަލިތަކަކަށް ނޫނެވެ. ޢިލްމު އުނގެނެން އުނދަގޫވާ މީހުްނަނށްވެސްމެއެވެ. ކީރިތި ޤުރްއާން ކިޔަވާ މީހެއްގެ ޙަޔާތް ބާއްޖަވެރިވެގެންދެއެވެ.
އެގޮތުން މިލިޔުމުގައި މިބަޔާން ކޮށްލަނީ ކީރިތި ޤުރްއާނާއި ސުންނަތުން، ކިޔަވާ ކުދީންނަށް ކުރެވިދާނެ ބައެއް ދުޢާއެވެ.
ޡާހާ ސޫރަތުގެ 25 އިން ފެށިގެން 28 ވަނަ އާޔަތައް:
· قَالَ رَبِّ اشْرَحْ لِي صَدْرِي ﴿٢٥﴾ وَيَسِّرْ لِي أَمْرِي ﴿٢٦﴾ وَاحْلُلْ عُقْدَةً مِّن لِّسَانِي ﴿٢٧﴾ يَفْقَهُوا قَوْلِي ﴿٢٨﴾
މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާނދޭވެ! (25) އަދި މިއަޅާގެ ކަންތައް މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ! (26) އަދި މިއަޅާގެ ދުލުގެ ގޮށް މޮއްސަވައިލައްވާނދޭވެ! (އެބަހީ: ދުލުގައިހުރި ދަތިގޮތް ފިލުއްވައިދެއްވައި، ދޫފަސޭހަކޮށްދެއްވާނދޭވެ!) (27) އެއީ ތިމަންކަލޭގެފާނުގެ ބަސް އެއުރެންނަށް ވިސްނި، އެނގުމަށްޓަކައެވެ. (28)"
· "اللهم لا سهل إلا ما جعلته سهلاً، وأنت تجعل الحزن إذا شئت سهلاً".
މާނައީ: "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަ ރަސްކަލާނގެ ފަސޭހަ ކޮށްދެއްވި ކަމެއް މެނުވީ ފަސޭހަވެގެން ނުވެއެވެ. އަދި އިބަ ރަސްކަލާނގެ އެދިވޮޑިގެންފިނަމަ އުނދަގޫ ކަންތައްތައް ފަސޭހަ ކަންކަން ކަމުގައި ލައްވައެވެ."
ޠާހާ ސޫރަތުގެ 114 ވަނަ އާޔަތް:
· رَّبِّ زِدْنِي عِلْمًا ﴿١١٤﴾
މާނައީ: "އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް علم އިތުރުކޮށްދެއްވާނދޭވެ!"
· اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا، وَرِزْقًا طَيِّبًا، وَعَمَلًا مُتَقَبَّلًا
މާނައީ: ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! ހަމަކަށަވަރުން މިއަޅާއަށް ފައިދާކުރަނިވި ޢިލްމަކާއި، ރަނގަޅުވެގެންވާ ރިޒްޤަކާއި ޤަބޫލުވެވިގެންވާ ޢަމަލު ކުރުމުގެ ތައުފީޤު ދެއްވާފާނދޭވެ.
https://kalemtayeb.com/safahat/item/3155
· (اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا، وَأَعُوذُ بِكَ مِنْ عِلْمٍ لاَ يَنْفَعُ
މާނައީ: "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! ހަމަކަށަވަރުން މިއަޅާއަށް ފައިދާކުރަނިވި ޢިލްމެއް ދެއްވާފާންދޭވެ. އަދި ފައިދާނުކުރަނިވި ޢިލްމަކުން މިއަޅާ ރައްކާތެރި ކޮށްދެއްވާފާނދޭވެ."
https://kalemtayeb.com/safahat/item/3166