ހިތް ޠޯހިރު މީހަކަށްވެވޭނީ މިކަންކަން އެމީހެއްގެ ކިބައިގަ ހުރެގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
ހިތް ޠޯހިރު މީހަކަށްވެވޭނީ މިކަންކަން އެމީހެއްގެ ކިބައިގަ ހުރެގެން!

ހިތް ޠޯހިރުކުރުމުގެ ވާހަކަ ދައްކާއިރަށް ގިނަ ބައަކު ބުނާނީ ތިމާގެ ހިތް ޠޯހިރު ކަމަށެވެ. އެއްވެސް މީހެއްގެ މައްޗަށް ޙަސަދަވެރިކަމެއް ނެތް ކަމަށެވެ. ރަނގަޅެވެ. އެއީވެސް ހަމަ ހިތް ޠޯހިރުކަމެވެ. ނަމަވެސް އަދިވެސް އިތުރު ކަންކަން އެބަހުއްޓެވެ.

ﷲ ތަޢާލާއަށް ބިރުވެތިވާންޖެހެއެވެ. ބަސްބުނުމުގައި ތެދުވެރިވާންޖެހެއެވެ. ދުނިޔެއަށްވުރެ ބޮޑަށް އާޚިރަތް އެދެން ޖެހެއެވެ. ރިވެތި އަޚްލާޤްގެ މަތީގައި ދިރިއުޅެންޖެހެއެވެ.

މިކަންކަމަކީ ހިތް ޠޯހިރު މީހުންގެ ކިބައިން ފެންނަން ޖެހޭނެ ކަންކަން ކަމުގައި ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ހަމައެއާއިއެކު ދަހިވެތިވާންޖެހޭ ތަނަވަސްކަމަކީ ފައިސާގެ ތަނަވަސްކަން ނޫންކަމާއި ހިތުގެ ތަނަވަސްކަންކަމަށްވެސް ވާންޖެހެއެވެ. ހަމައެއާއިއެކު ތިމާއަށް ލިބެން އެދޭ ކޮންމެ ކަމެއް އަޚާއަށް ލިބެން އެދެންވެސް ޖެހެއެވެ.

ހަމަ އެއާއިއެކު ސުންނަތަށް ލޯބިކޮށް ޢަމަލުކުރާ މީހަކަސްވާންޖެހެއެވެ. އެއީ އެމީހަކު ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހުގައި ލައްވަވާނެ ސަބަބެކެވެ. (ޙަދީޘް) --އިސްލާމީ ތިލަފަތުގެ ދަރުސަކުން

ހިތާއިމެދު އެންގުން މުހިންމު ބައެއް ކަންކަން-

މިހައިތަނަށް އަހަރެމެންނަށް ލިބިގެން މިތިބަ މައުލޫމާތުތަކުން އެނގެނީ މުޅި އިންސާނާ ކޮންޓްރޯލްކުރަނީ ސިކުނޑިކަމެވެ. އިންސާނާ އަމަލުކުރަނީ ސިކުނޑި އަންގާ ގޮތަށެވެ. ނަމަވެސް މިއަދު އެނގިގެން މިދިއައީ އެއީ ރަނގަޅު ޤަބޫލުކުރުމެއް ނޫން ކަމެވެ.

އިންސާނާ ކޮންޓްރޯލްކުރަނީ ހިތް ކަމާއި ކުރަންވީ ކަންކަން ބަޔާންކޮށް ސިކުނޑިއަށް ސިގްނަލް ފޮނުވަނީ ދުވާލަކު އެއް ލައްކައަށްވުރެ ގިނަ ފަހަރު، އަހަރަކު 40 މިލިއަނަށްވުރެ ގިނަ ފަހަރު ޕަމްޕްކުރާ ހިތުގައި ހުންނަ 40000 ނަރވްސެލްތަކުން ކަމެވެ. އެހެންކަމުން ސައިންސްވެރިންވެސް މިއަދު އެކަން ޤަބޫލުކޮށް ސިކުނޑި ކޮންޓްރޯލްކުރަނީ ހިތުންކަމަށް ޤަބޫލުކޮށްފިއެވެ.

ހިތާއި ސިކުނޑީގެ ދައުރު ވަރަށް ތަފާތެވެ. ސިކުނޑިއަކީ އިންސާނާގެ ކޮމްޕިޔުޓަރެވެ. ހުރިހާ މައުލޫމާތެއް ސްޓޯރކޮށްފައި ހުންނަކީ ސިކުނޑީގައެވެ. ހިތުގެ ދައުރަކީ މަގުދައްކައިދިނުމެވެ. ވީމާ އަހަރެމެން ޞިރާޠު މަގު ހޯދަން މިކުރާ މަސައްކަތުގައި އެހީތެރިވެދެނީ ސިކުނޑިއެއް ނޫނެވެ. އެހީތެރިވެދެނީ ހިތެވެ. ﷲ ތަޢާލާ އާއި ތިބާގެ ހަށިގަނޑާއި ގުޅުވައިލަދެނީ ހިތެވެ. ކަންކަން ކުރަން އަދި ނުކުރަން ތިބާ ނިންމާ ނިންމުންތައް ނިންމަނީ ހިތެވެ. ހިތުންނެވެ.

މިޙަޤީޤަތް އެނގުމުން ސާބިތުވެގެން މިދިއައީ ރަސޫލް (ﷺ)ގެ ހަދީޘްފުޅުތަކުގެ ތެދުކަމެވެ. ހިތަކީ ކިތަންމެ ނާޒުކު އަދި ކިތަންމެ ކުޑަކުޑަ ގުނަވަނެއް ނަމަވެސް އިންސާނާގެ ހުރިހާ އަމަލުތަކެއް ގުޅިފައިވަނީ ހިތާއިކަން އެނގިގެން ދިއުމަކީ މުސްލިމުންނަށް ލިބުނު އިތުރު ސާބިތު ކަމެކެވެ. އަހަރެމެން ގަދަ އަޅައި މަސައްކަތްކުރަންވީ ހިތް ސާފުތާހިރު ކުރުމަށެވެ. ހިތް ޠާހިރުކުރުމަށެވެ. ރަސޫލް (ﷺ) ގެ ޙަދީޘްފުޅުތަކުގައިވާ ފަދައިންނެވެ.

އިންސާނާ ލައްވައި ކަންކަން ކުރުވަނީ އެމީހާގެ ސިކުނޑި ނޫން ކަމާއި އިންސާނާ ލައްވައި ކަންކަން ކުރުވަނީ އޭނާގެ ހިތްކަން ސާބިތުވުމުން ސައިންސްވެރިން މިއަދު އެކަން ޤަބޫލުކޮށްފިއެވެ. މިއީ އިސްލާމް ދީނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މިއީ ރަސޫލް (ﷺ) މީގެ 1450 ވަރަކަށް އަހަރުކުރިން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ބަޔާންކޮށްދެއްވަވާފައިވާ ޙަޤީޤަތަކަށްވާތީއެވެ.

ރަސޫލް (ﷺ) އެންމެ ގިނައިން ހަދީޘްފުޅު ކުރައްވަވާފައިވަނީ ހިތުގެ ވާހަކަ ކަމަށް ބުނެވިދާނެއެވެ. ކޮންމެ ކަމެއްގައިވެސް ބަޔާން ކުރެއްވެވީ ހިތުގެ ވާހަކައެވެ. ހިތް ޠާހިރު ކުރުމުގެ ވާހަކައެވެ. ހިތް ޠާހިރުވެއްޖެ ނަމަ އެމީހެއްގެ ހުރިހާ އަމަލުތައް ޠާހިރުވާނެ ވާހަކައެވެ. ހިތް ޠާހިރުވެއްޖެނަމަ އެމީހަކު ދީންވެރިވާނެ ވާހަކައެވެ. ތަޤްވާވެރިވާނެ ވާހަކައެވެ. ސިކުނޑީގެ ވާހަކައެއް ނޫނެވެ.

ރަސޫލް (ﷺ) "ނަމާދުގައި ކޮނޑާ ކޮނޑު ޖައްސައިގެން ތިބޭށެވެ. އެއިރުން ޝައިޠާނާއަށް ތިއަ ބައިމީހުންގެ ހިތުގެ ތެރެއަކަށް ނުވަދެވޭނެއެވެ." ހަދީޘްފުޅު ކުރެއްވެވިއެވެ. މިތަނުގައިވެސް މި ބަޔާން ކުރެއްވެވީ ހިތުގެ ވާހަކައެވެ. ސިކުނޑީގެ ވާހަކައެއް ނޫނެވެ.

--ޑރ. ޢަބްދުﷲ ޙާކިމް ކްއިކްގެ ދަރުސަކުން

މި ޙަޤީޤަތަކީ ދުނިޔޭގެ ގިނަ ބައަކު ސިއްސުވައިލި ކަމެވެ. ބޮޑެތި ސައިސިސްޓުންތަކަށް ދެކަކޫ މައްޗަށް ބޯތިރިކުރަން ޖެހުނު ސަބަބެކެވެ. ހަމައެއާއިއެކު ގިނަ ބައަކު އިސްލާމްވުމަށް ބާރު އެޅިގެންވެސް ދިއަ ކަމެކެވެ.

 

މިއަދު އޮންލައިން