މީސްތަކުންގެ ޢަމަލުތައް ހުންނަ ގޮތުން ޙަސަދަވެރިން ވަކިކުރާކަށް މިއަދަކު ނުއެނގެއެވެ. ވީމާ ޢަދާވާތްތެރިންނާއި ޙަސަދަވެރިންގެ ކިބައިން ރައްކައުތެރިކަމަށް އެދި ކޮންމެ ދުވަހަކުވެސް މިފަދަ ދުޢާއެއް ކުރަން އެބަޖެހެއެވެ.
ޔާ ﷲ! އެއްވެސް ސަބަބެއް ނެތި ޢަދާވާތްތެރިވާ މީހުން ގިނަވެއްޖެއެވެ! މިއަޅާގެ ކުރިމަތީގައި ިނިތުންވެގެންހުރެފައި ފުރަގަސްދިނުމާއިއެކު ނުރައްކާކުރާ މީހުން ގިނަވެއްޖެއެވެ. ކުރިމަތީގައި މިއަޅާއަށް ކާމިޔާބީއަށް އެދިފައި ފުރަގަސްދިނުމާއިއެކު މިއަޅާއަށް ނިކަމެތިކަން ލިބުމަށް އެދޭމީހުންވެސް ގިނަވެއްޖެއެވެ. ކައިވެނި ރޫޅި ދިރިއުޅެންކުރާ މަސައްކަތް ބަނގުރޫޓުވުމަށް އަދި ވަޒީފާ ގެއްލުމަށްއެދޭ މީހުންވެސް ގިނަވެއްޖެއެވެ.
ޔާ ﷲ! ޙަސަދަވެރިން ހަދާ ސިހާއި އެމީހުންގެ އެސްފީނާއިން މިއަޅާއަށް ރައްކައުތެރިކަން ދެއްވަވާނދޭވެ! އިންބަ ﷲ މިއަޅާއަށް ލައްވަވާ ރަޙްމަތަށް ޙަސަދަވެރިވާ މީހުންގެ ނުބައިކަމުން މިއަޅާ ސަލާމަތްކުރައްވަވާނދޭވެ!
ޔާ ﷲ! ޝައިޠޯނާގެ ވަސްވާސްތަކުންނާއި ޙަސަދަވެރިންގެ ނުބައިކަމުން މިއަޅާއަށް ރައްކައުތެރިކަން ދެއްވަވާނދޭވެ! މިއަޅާގެ ވަށައިގެން ތިއްބަވާ ރަހްމަތުގެ މަލާއިކަތުން ސަލާމަތްކަން ދެއްވަވާ އަޅަކު ކަމުގައި މިއަޅާ ލައްވަވާނދޭވެ!
ޔާ ﷲ! މިއަޅާއަށް ޙަސަދަވެރިވެ ގެއްލުންދޭން މަސައްކަތްކުރާ އެންމެންގެ ނުބައިކަމުން މިއަޅާއަށް ޙިމާޔަތާއި ރައްކައުތެރިކަން ދެއްވަވާނދޭވެ! އާމީން
- މުފްތީ މެންކުގެ ދަރުސަކުން