އިސްލާމްދީނާ ދުރުހެލިވެގެން ތިބި މީހުންނަށާ އިސްލާމް ނުވެތިބި މީހުންނަށްވެސް މިކަންކަން އަންގައިދެވިއްޖެނަމަ ފައިދާކުރާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
އިސްލާމްދީނާ ދުރުހެލިވެގެން ތިބި މީހުންނަށާ އިސްލާމް ނުވެތިބި މީހުންނަށްވެސް މިކަންކަން އަންގައިދެވިއްޖެނަމަ ފައިދާކުރާނެ! އިން ޝާ ﷲ

ދީނަށް ޢަމަލުކުރިޔަސް އަދި ދީން ކުރިއަރުވަން ބޭނުންވިޔަސް ކޮންމެ މީހަކީ ދީން ކުރިއަރުވައި ނަބްރުދިނުމުގެ ކުޅަދާނަކަން ފުރިހަމައަށް ލިބިގެންވާ މީހެއް ނޫނެވެ. އެއީ ކަންކަން ދިރާސާ ނުކުރެވޭތީއެވެ. ލިބިފައިވާ ޢިލްމުގެ މަދުކަމެވެ.  

އެއީ މައްސަލައަކަށް ނުހަދައި ކުރިއަށްދާން މަސައްކަތްކުރާށެވެ. ޤާބިލު މީހުން ކުރާ ދިރާސާތަކާއި ބުނެފައި ހުންނަ ޙައްޤުބަސްތައް ފަތުރާށެވެ. އެއިރުން ތިބާގެ ސަބަބުން ބައަކަށް ފައިދާ ކުރާނެއެވެ. އެކަމަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ. އިން ޝާ ﷲ. ތިރީގައިވާ ލިޔުމަކީ އެފަދަ ލިޔުމެކެވެ.  

އަހުރެންނަކީ ކްރިސްޓިއަން އަންހެނަކީމެވެ. އިވެމުން އައި ތަފާތު އަޑުތަކާއި ގުޅިގެން އަހުރެން އައީ އިސްލާމްދީން ރިސާޗްކުރަމުންނެވެ. އުނގެނެމުންނެވެ. ފުރަތަމަ ކިޔައި އުޅުނީ ކުދިކުދި ފޮތްތަކެވެ. ފަހުން ޝައުޤުވެރިވީލެއް ބޮޑުކަމުން ފަހުން ބޮޑެތިފޮތްތައްވެސް ކިޔަންފެށީމެވެ.  

އެދުވަސްވަރު އެކުވެރި މުސްލިމް ދެމަފިރިއަކު ޤުރްއާނުގެ އިނގިރޭސި ތަރުޖަމާއެއް ދިނެވެ. ދެން އެފޮތް ކިޔަންފެށިތަނާ އަހުރެން ސިއްސުވައިލީ އަހުރެންގެ ސިކުނޑިއެވެ. ސިކުނޑި ބުނާފަދައެވެ.  

"އޭ އަންހެނާއެވެ! ކިތަންމެ ވަރަކަށް ދިރާސާކުރިއަސް ނަތީޖާ ފެންނާނީ ޙަޤީޤަތަ ޤަބޫލުކޮށްގެން ވިސްނީމައެވެ. ކަލޭމެންގެ ފާދިރީންވެސް ބުނާނެއެވެ. ބައިބަލް ވަނީ ކަލާނގެ ރައްކައުތެރިކުރައްވަވައިފައެވެ. އެއީ ތެދުބަހެއްނަމަ ޢަދަދު ނުއެނގޭހައި ގިނަ ތަފާތު އިންޖީލުތައް އެގެންގުޅެނީ ކީއްވެގެންހެއްޔެވެ؟ އެއީ ކަލާނގެ ވަޢުދުފުޅެއް ނަމަ އުވައިލައްވަވާނެކަމަށް ހީކުރުންވެސް ވާނީ އެންމެ ބޮޑު ފާފައަކަށް ނޫންހެއްޔެވެ؟ 

މިބުނާ ބަހަކީ ޙައްޤު ތެދުކަން ޘާބިތުވެސްކޮށްދީފާނަމެވެ. މިހާރު އަތުގައި ތިއައޮތް ޤުރްއާން ނިކަން ބަލައިލަބަލާށެވެ! ޤިޔާމަތާއި ހަމައަށް ދަންދެން ރައްކައުތެރިކުރައްވަވައި ޙިމާޔަތްކުރައްވަވާނެ ކަމަށް އޮންނާނެއެވެ.  

ދެން ބަލައިލަންވީ އެބަސްފުޅުގެ ދޮގު ތެދުކަމަށެވެ. ޤުރްއާން ބަދަލުކުރަން ކެނޑިނޭޅި އެގެންދަނީ މސައްކަތްކުރަމުންނެވެ. އެތަކަމަށް ކިހައި ބައަކު މަސައްކަތްކޮށްފިހެއްޔެވެ؟ ބޮޑެތި ކިތައް ޖަމާޢަތުންނާއި ޤައުމުތަކުން މަސައްކަތްކޮށްފިހެއްޔެވެ؟ އެމަސައްކަތް ކުރާތާ 1400 އަހަރަށްވުރެ ގިނަވިއިރުވެސް އެންމެ އަކުރެއްވެސް ބަދަލު ނުކުރެވުނު ނޫންހެއްޔެވެ؟ ވިސްނައި ފިކުރުކުރާ މީހަކަށް މިވަރުން ނުފުދޭހެއްޔެވެ؟"  

މިބުނިފަދައިން ވިސްނުން އައުމުން ހީވީ ގައިން ހީބިހިނަގައިގެން ދިއަހެންނެވެ. ސަބަބަކީ އެބުނަނީ އެންމެ ބޮޑުތެދުކަމުގައި ވަޤުތުން ޔަޤީންކުރެވުނެވެ. އެވަޤުތުން ފެށިގެން މަސައްކަތްކުރީ އިސްލާމްދީނަށް ވަނުމަށެވެ.  

ގެއާއި އެންމެ ކައިރީގައި ހުންނަ މިސްކިތުގައި މެންދުރު ނަމާދުކޮށްނިމިގެން މީހުން ފައިބަން ފެށުމުން އިމާމް ހޯދައި އިމާމް އަތްމައްޗަށް އިސްލާމްވީމެވެ. އަހުރެންނަށް އެހައި ފަސޭހައިން އިސްލާމް ދީން ޤަބޫލުކުރެވުނު ސަބަބު މިކިޔައިދިނީއެވެ.  

މިވާހަކަ ހަމަމިގޮތަށް ކިޔައިދިނުމުން މިހާރުވެސް އެތައް ބައަކު އިސްލާމްވެއްޖެއެވެ. ކޮންމެހެން އަހުރެންގެ ނަން ކިޔާނެ ކަމެއް ނެތެވެ. ތިއައެކުވެރިންވެސް އެކުވެރިންގެ އެކުވެރިންނަށާއި ގާތްމީހުންނަށް މިވާހަކަ ކިޔައދޭށެވެ. ނަތީޖާފެނި ތިބާމެންނަށްވެސް ފައިދާކުރާނެއެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން