ވަރަށް ގިނަ ބައެއްގެ ކިބައިން ފެންނާނެއެވެ. އެމީހުންގެ ބުލުގެ އިސްތަށިތައް ފައިބައި ހުސްވިޔަސް ތުނބުޅީގައި އިސްތަށީ ހުންނަތަނެވެ. އެއީ ކީއްވެގެންކަމާއިމެދު ވިސްނައިލަމާ ހިނގާށެވެ!
ބޮލުގައި އިސްތަށިހުރުމާއި ނެތުމަކީ ޘަވާބު ދެއްވަވާ ކަމެއް ނޫނެވެ. ނަމަވެސް ތުބުޅި ދިގުކުރުމުގެ ސުންނަތަށް ޢަމަލުކުރުމަކީ ޘަވާބު ދެއްވަވާ ކަމެކެވެ. ވީމާ އެދެއްވަވަނީ ތުނބުޅި ދިގުކޮށް ޘަވާބު ހޯދުމުގެ ފުރުޞަތެވެ.
ބޮލަށް އިސްތަށި ދެއްވަވަނީވެސް އަދި ނުދެއްވަވަނީވެސް ﷲ ތަޢާލާއެވެ. ބައެއް މީހުންގެ ބޮލުން އިސތްށި ފައިބަނީ ކޮންމެވެސް ބައްޔެއްގެ ސަބަބުންނެވެ. (ބައްޔަށް ހޯދާ ފަރުވާއަކުންވެސް ފައިބައިފާނެއެވެ.) ކޮންމެ ފަދަ ސަބަބެއް މެދުވެރިވެގެން އިސްތަށިތައް ފޭބިނަމަވެސް އެކަންވެސް މިންވަރުކުރައްވަވަނީ ﷲ ތަޢާލާއެވެ. ވީމާ އެއީ އަހުރެމެން ކަންބޮޑުވާންޖެހެންވީ ސަބަބެއް ނޫނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން