ވަރިކުރުމާ ވަރިވާންޖެހުމަކީ މައްސަލައެއް ނޫން! މައްސަލައަކަށްވަނީ ވަރިކުރަމުން ނުވަތަ ވަރިވަމުން ހިނގާ މީހަކަށްވުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ވަރިކުރުމާ ވަރިވާންޖެހުމަކީ މައްސަލައެއް ނޫން! މައްސަލައަކަށްވަނީ ވަރިކުރަމުން ނުވަތަ ވަރިވަމުން ހިނގާ މީހަކަށްވުން!: މުފްތީ މެންކް

ޚުދު އަހުރެނަކީވެސް ޒުވާން ޢުމުރުގައި ވަރިކުރި މީހަކީމެވެ. މިބުނީ އަހުރެން އަހުރެންގެ އަނބިމީހާ ވަރިކުރި ވާހަކައެވެ. އެކަމަކު ބުނަންހެއްޔެވެ؟ ހަމަ އެއަނބިމީހާއާއިއެކު ކާމިޔާބު ޒަވާޖީ ޙަޔާތެއް ލިބިފައި މިވަނީ އެވަރީގެ ސަބަބުން ކަމަށްވުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ. 

އަހުރެން އަހުރެންގެ އަމިއްލަ ޙަޔާތުން މިޘާލު މިދެއްކީ ވަރިކުރެވުމަކީ ނުވަތަ ވަރިވުމަކީ ކުރެވޭ ކުށެއް ކަމަށް ދެކެގެން ގިނަ ބައަކު ދިރިއުޅުމާއިމެދު މާޔޫސްވާތީއެވެ. އެއީ އެއްގޮތަކަށްވެސް އެގޮތަށް އޮތް ކަމެއް ނޫނެވެ.  

މައްސަލައަކީ އެއްވެސް ޒިންމާދާރުކަމެއް ނެތި ވަރިކުރަމުން ނުވަތަ ވަރިވަމުން ހިނގުމެވެ. ވަރިވުމާއި ވަރިކުރުމަކީ ވަރަށް ޒިންމާދާރުކަމާއިއެކު ކުރަން އޮތް ކަމެކެވެ. އެކަމުގައި ހަރުދަނާވާން ޖެހޭނެއެވެ.

ޒުވާން ޢުމުރުގައި ވިސްނައި ނުލައި ކަމެއް ކުރެވިދާނެއެވެ. ނަމަވެސް އެއީ ކުރެވުނު ތަޖުރިބާއެއް ކަމަށް ބަލައި ޙަޔާތުގައި ކުރިއަށްދާންވާނީ ޒިންމާދާރު މީހެއްގެ ގޮތުގައެވެ. މުސްލިމުންނަކީ ކުރާ ކޮންމެ ކަމެއްގައިވެސް ޒިންމާދާރު ކަމާއިއެކު ޢަމަލުކުރަންޖެހޭ ބައެކެވެ. ތިމާކުރާ ކޮންމެ ޢަމަލަކަށްވެސް ޖަވާބުދާރީވާންޖެހޭނެ ދުވަހެއް އެބައޮތްކަން ދަނެގެން ކަންކަން ކުރަންޖެހޭ ބައެކެވެ. ވަރިކުރުމާއި ވަރިވުމަކީ މިގޮތުން އެންމެ ބޮޑަށް ވިސްނަން ޖެހޭނެ ކަންތަކެވެ. އެކަމުން އެހެން މީހެއްގެ ޙަޔާތަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެތީއެވެ.

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން