ކޮފީގަ ތިބެ އަނބިމީހާއާމެދު ދައްކާ ވާހަކަ ވަޤުތުން އަނބިމީހާއަށް އަޑުއިއްވާ "އެކުވެރިން"ގެ މައްސަލަތަކަށް ސަމާލުވާން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ކޮފީގަ ތިބެ އަނބިމީހާއާމެދު ދައްކާ ވާހަކަ ވަޤުތުން އަނބިމީހާއަށް އަޑުއިއްވާ "އެކުވެރިން"ގެ މައްސަލަތަކަށް ސަމާލުވާން އެބަޖެހޭ!

ކޮފީ މޭޒުތަކުގައި އެކުވެރިންނާއިއެކު ވަޤުތު ހޭދަކުރުން ގިނަވުމުން ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ ދައްކަން ނުޖެހޭ ވާހަކަތައް ދެއްކޭ ކަމެވެ. ދައިކައިގެން ނުވާނެ ވާހަކަތައް ދެއްކޭކަމެވެ. އެގޮތުން ދެކެވޭ އެންމެ ނުރައްކައުތެރި އެއްވާހަކައަކީ ބައިވެރިޔާގެ ވާހަކަތަކެވެ. އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކެވެ.  

ދާދިފަހުން ދެމަފިރިއެއްގެ މެދުގައި މައްސަލަޖެހިގެން މަޝްވަރާކުރަން އައި ދެމަފިރިއެއްގެ މެދުގައި މައްސަލަ ޖެހެން މެދުވެރިވި ސަބަބު އޮޅުންފިލިއިރު ސަބަބަކަށްވީ ފިރިމީހާ ކޮފީމޭޒެއްގައި އިނދެގެން އަނބިމިހާއާއިމެދު ދެއްކި ވާހަކަތަކެއް، އެތަނުގައި އިން އެކުވެރިއަކު ވަޤުތުން އަނބިމީހާއަށް ގުޅައި އަޑުއިއްވުމެވެ.  

އޭނާއެކަންކުރިއިރު އެދުވަހުގެ ކޮފީއަށް އަގުއަދާކުރީވެސް ފިރިމީހާއެވެ. ވީމާ އެފިތުނަ އެއުފެއްދީ އެކުވެރިޔާ ލައްވައި އޭނާއަށް ޚަރަދުވެސް ކުރުވަމުންނެވެ. އެކުވެރިންކަމަށް ހެދިގެން އުޅޭ ގިނަ ބައެއްގެ ޙާލު މިއަދު މިފެންނަނީ މިފަދަ ގޮތަކަށެވެ.  

މިހެން ބުނީމާ ކުރާނެ ސުވާލަކީ އެކުވެރިންވެސް ނުގެންގުޅެންވީ ހެއްޔެވެ؟ އެކުވެރިއަކާ ވާހަކަވެސް ނުދައްކަންވީ ހެއްޔެވެ؟ އަހުރެންގެ ޖަވާބަކީ އެކުވެރިންވެސް ގެންގުޅޭށެވެ! ހަމައެޢާއިއެކު އެކުވެރިންނަށްވެސް ސަމާލުވާށެވެ! ބައިވެރިޔާއާއި އަމިއްލަ ދިއުޅުމާއި ބެހޭގޮތުން ކޮންމެހެން ދައްކަން ނުޖެހޭ ވާހަކަތައް ނުދައްކާށެވެ! ހަމަ އެއާއިއެކު ކޮފީފުލޫގައި ޖެހި ވަޤުތުތައް ބޭކާރުނުކުރާށެވެ!  

މިހާރު އެންމެ ބޮޑު އެއް ކަމަކަށްވެފައި މިއޮންނަނީ ކޮންމެވެސް ފްލޫއަކުން ސަލާމަތް ނުވެވިގެން އުޅެންޖެހުމެވެ. އެހުރިހާ ފްލޫއެއްގެ ތެރެއިންވެސް އަހުރެން ބުނާނީ އެންމެ ނުރައްކައުތެރިތެރި ފްލޫއަކީ ވަޤުތުތައް ބޭކާރުކުރާ ކޮފީ ފުލޫތައް ކަމަށެވެ. އެފްލޫގެ ސަބަބުން ދިރިއުޅުމަށް ބޮޑެތި ގެއްލުންތައް ލިބެމުންދާތީއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

 

މިއަދު އޮންލައިން