3 ވަނަ ސަފަށްވުރެ 2 ވަނަ ސަފުގެ މާތްކަން ބޮޑުއިރު 2 ވަނަ ސަފުގަ ޖާގަ އޮއްވައި 3 ވަނަ ސަފު ތިއަހަދަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
3 ވަނަ ސަފަށްވުރެ 2 ވަނަ ސަފުގެ މާތްކަން ބޮޑުއިރު 2 ވަނަ ސަފުގަ ޖާގަ އޮއްވައި 3 ވަނަ ސަފު ތިއަހަދަނީ ކީއްވެ؟

މިސްކިތުގެ ޖަމާއަތަށްދާ މީހުން 2 ވަނަ ސަފުގައި ޖާގައޮއްވައި 3 ވަނަ ސަފު އެބަހަދައެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އެންމެ އިތުރުކަންބޮޑީ ފުރަތަމަ ސަފެވެ. ދެން ދެވަނަ ސަފެވެ. ދެން 3 ވަނަ ސަފެވެ. ދެން 4 ވަނަ ސަފެވެ. ދެން ފަހަތަށްދާވަރަކަށް އިތުރުކަން ކުޑަވެގެންދެއެވެ.  

ހަމަ އެއާއިއެކު އިތުރު ސަފުތައް ހަދަންވާނީ ތަރުތީބުން ސަފުތައް ފުރަމުންނެވެ. ކުރީ ސަފުގައި ޖާގަ އޮއްވައި އެއިގެ ފަހަތުގައި ސަފުހެދުމެއް ނެތެވެ. ސަފު ފުރިހަމަކުރެވުނު ކަމަށްވާނީ ސަފުތައް ފުރަމުން ފަހަތަށް ސަފުހެދީމައެވެ.  

މިކަންކަމަށް ސަމާލުކަން ދިނުމަށް އިމާމުން ގޮވާލުމުންވެސް ޢިޖާބަދޭން ފަސްޖެހި ގުޑައިނުލަން ބައަކު ތިބޭކަން އެއީ ހިތާމަހުރި ކަމެކެވެ. ބޭނުންވެގެން މިއުޅެނީ ވިހާ ގިނަ ޘަވާބެވެ. ވީމާ މިހުރީ ވިސްނައިލުން މުހިންމު ކަންކަމެވެ.  

ހަމައެއާއިއެކު އަދިވެސް ގައިދުރުކޮށް ސަފުގައި ތިބެން ބޭނުންވާ ބައަކު އެބައުޅެއެވެ. މިއީވެސް އިޞްލާޙްކުރަންޖެހިފައިވާ ކަމެކެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!   

ކޮވިޑަށްފަހު އަދިވެސް ގިނަ ބައަކު ސުންނަތާ އެއްގޮތަށް މިސްކިތުގެ ސަފުގައި ހުންނަން ބިރުން އުޅޭކަން ފާހަގަކުރެވެއެވެ. އިމާމް ގާތްގާތުގައި ތިބެން ގޮވާލުމުން ކައިރިވެލައިގެން ތިބެފައި ދެން ފެންނަނީ ދުރަށް ޖެހި ސަފު މެދުކަނޑާތަނެވެ.  

އަޅުގަނޑުގެ ސުވާލަކީ ހިތުގައި އޮންނަ ބިރުވެރިކަމެއްގެ ސަބަބުން ގައިދުރުކޮށް ނަމާދުގައި ތިބުން ހުއްދަވާނެތޯއެވެ؟  

ގައިދުރުކޮށް ސަފުހަދަން ފަށައިފިނަމަ ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވާ މައްސަލަތައް ތިއަގޮތަށް ކުރިމަތިވާނެކަން ޢިލްމުވެރިން އެއިރުވެސް ފާހަގަކުރެއްވިއެވެ. މިއަދު މިފެންނަނީ އެބަސްފުޅުގެ ތެދުކަމެވެ.

ޑރ. އިޔާޟްގެ ބަސްފުޅު: 

މަގުފުރެދުމަކަށް ގޮވާލައިފި މީހަކު އެކަމުގެ ފާފަ އާއި އޭނާ އަށް ތަބަޢަވީ އެންމެންގެ ފާފަ އިން އެއްވެސް މިންވަރެއް އުނިނުވެ ފާފަ އުފުއްލަން ޖެހޭނެ!: ޙަދީޘް 

ޞަޙާބީންގެ ޒަމާނުގައިވެސް ގައިން ގައަށް އަރާ ބަލިތައް ފެތުރިގެން ދިއައެވެ. ނަމަވެސް ނަމާދުގައި ޞަފުތައް ދުރުދުރުގައި ހައްދަވާފައެއް ނުވެއެވެ. ދީނުގެ ތެރެއަށް އަލަށް އީޖާދު ކުރާ ކަންތައް ވެއްދުން އެއީ ވަރަށް ބޮޑު ނުބައެކެވެ.  

ނަމާދުގެ ޞަފުތައް ހަދާއިރު ބައިބައިވެ ނުގަންނާށޭ (ދުރަށް ނުދާށޭ)، އެގޮތަށް ކަންތައް ކޮށްފިނަމަ ތިއަބައިމީހުންގެ ހިތްތައް ބައިބައިވެގެން ހިނގައިދާނެއެވެ. ޙަދީޘް ކުރައްވާ ކައިރި ކައިރީ ޞަފުތައް އަތުރާލުމަށް ވަނީ އިރްޝާދު ދެއްވަވައިފައެވެ. މިއަށް ވުރެ މޮޅު ގޮތެއް ހަދާނީ ކިހިނަކުންތޯ؟! 

ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ މަގުފުރެދުމަކަށް ގޮވާލައިފި މީހަކު އެކަމުގެ ފާފަ އާއި އޭނާ އަށް ތަބަޢަވީ އެންމެންގެ ފާފަ އިން އެއްވެސް މިންވަރެއް އުނިނުވެ ފާފަ އުފުއްލަން ޖެހޭނެ ކަމަށެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން