ނިދުމުގެ ކުރިން މިޛިކުރުތައްވެސް ކިޔާލަންވާނެ!

ކިޔުމަށް ހޭދަވާނީ 3މ 58ސ
ނިދުމުގެ ކުރިން މިޛިކުރުތައްވެސް ކިޔާލަންވާނެ!

ޢާއިޝަތު ރަފާޙް ޢަލީ

 

· اللّهُـمَّ إِنَّـكَ خَلَـقْتَ نَفْسـي وَأَنْـتَ تَوَفّـاهـا لَكَ ممَـاتـها وَمَحْـياها ، إِنْ أَحْيَيْـتَها فاحْفَظْـها ، وَإِنْ أَمَتَّـها فَاغْفِـرْ لَـها . اللّهُـمَّ إِنَّـي أَسْـأَلُـكَ العـافِـيَة.

މާނައީ: "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! ހަމަކަށަވަރުން މިއަޅާގެ ނަފްސު ހެއްދެވީ އިބަ ﷲ އެވެ. އަދި އެނަފްސު މަރުގަންނަވާހުށީ ވެސް ހަމަ އިބަ ﷲ އެވެ. އެ ނަފްސުގެ މަރުވުމާއި ދިރުން މިލްކުވެގެންވަނީ އިބަ ﷲ އަށެވެ. އިބަ ﷲ އެނަފްސަށް އަލުން ދިރުން ދެއްވާފިނަމަ ފަހެ އެނަފްސު ރައްކާތެރިކޮށްދެއްވާދޭވެ. އަދި އެނަފްސު މަރުގަންނަވާފިނަމަ ފަހެ އެނަފްސަށް ފާފަ ފުއްސަވަނދޭވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! ހަމަކަށަވަރުން މިއަޅާ އިބަ ﷲ ގެ ޙަޟްރަތުން ފުރިހަމަ ޞިއްޙަތެއް ދެއްވުން އެދި ދަންނަވަމެވެ." 

· اللّهُـمَّ قِنـي عَذابَـكَ يَـوْمَ تَبْـعَثُ عِبـادَك.

މާނައީ: އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! އިބަ ﷲ ގެ އަޅުތަކުން ދިރުއްވާ ކައްވަޅުތަކުން ނެރުއްވާ ދުވަހު އިބަ ﷲ ގެ ޢަޛާބުން މިއަޅާ ދިންނަވާންދޭވެ."

ރަސޫލާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމް އަވަހާރަފުޅު ލައްޕަވަން އެދިވަޑައިގަންނަވާހިނދު މި ދުޢާ ކިޔުއްވާ ކަމަށް އައިސްފައިވެއެވެ.

· بِاسْـمِكَ اللّهُـمَّ أَمـوتُ وَأَحْـيا.

މާނައީ: އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! މިއަޅަ މަރުވަނީ އަދި ދިރެނީ ހަމައެކަނި އިބަ ﷲ ގެ އިސްމުފުޅުގެ ބަރަކާތުންނެވެ." 

· الـحَمْدُ للهِ الَّذي أَطْـعَمَنا وَسَقـانا، وَكَفـانا، وَآوانا، فَكَـمْ مِمَّـنْ لا كـافِيَ لَـهُ وَلا مُـؤْوي.

މާނައީ: "އެންމެހާ ޙަމްދެއް ލިބިވޮޑިގެން ވަނީ ﷲ އަށެވެ. އެކަލާނގެއީ އަޅަމެންނަށް ކާންދެއްވާ އަދި ބޯންދެއްވާ އަދި އަޅަމެންނަށް ފުދުންތެރިކަން ދެއްވާ އަދި އަޅަމެންނަސް ހިޔާވަހިކަން ދެއްވި ރަސްކަލާނގެއެވެ. ފަހެ ފުދުންތެރިކަންދޭނެ އަދި ހިޔާވަހިކަންދޭނެ ފަރާތެއް ނުވާ ކިހާ ބަޔަކު ވޭހެއްޔެވެ." 

· سُبْحَانَ اللَّهِ. (33 ފަހަރު)  الْحَمْدُ لِلَّهِ. (33 ފަހަރު)  اللَّهُ أَكْبَرُ. (34 ފަހަރު)

މާނައީ: " ﷲ ގެ ހުސްތާހިރުވަންތައެވެ. އެންމެހާ ޙަމްދެއްވަނީ ﷲ އަށެވެ. އެންމެ ބޮޑީ ﷲ އެވެ."

 

މިއަދު އޮންލައިން