ތަޤްވާވެރި އަންތބަކު ހޯދާފަ ތިމާ ފަތިސްނަމާދަށް ނުހޭލައި ދީނާ ދުރުހެލިވީމާ ގާތީ ތިމާގެ ތަޤްވާވެރިކަން ދައްކަން އުޅުމުގެ ބޮޑުފާފަ ބޮލުގަ އަޅަންޖެހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ތަޤްވާވެރި އަންތބަކު ހޯދާފަ ތިމާ ފަތިސްނަމާދަށް ނުހޭލައި ދީނާ ދުރުހެލިވީމާ ގާތީ ތިމާގެ ތަޤްވާވެރިކަން ދައްކަން އުޅުމުގެ ބޮޑުފާފަ ބޮލުގަ އަޅަންޖެހުން!

ބައެއް ފިރިހެނުން ތަޤްވާވެރި އަންހެނުން ހޯދައިގެން ކައިވެނިކުރުމަށްފަހު ތަޤްވާވެރިކަމުގެ ވާހަކަ ނުވެސް ދައްކައެވެ. އެހިސާބުން އެބާބު ނިންމައިލައެވެ. ފަތިސްނަމާދުކުރަންވެސް ވާޖިވަނީ ހަމައެކަނި އަނބިމިހާއަށް ކަމަށް ހަދައިލައެވެ. އެއިގެ އިތުރުން ދީނުގެ އެހެން ކަމަކާއިވެސް ކައިރިވެސް ނުވަ ބަލަނީ ދުރަށް ދެވޭތޯއެވެ.  

މިފަދަ މީހުންނަށް ބުނެލަން އޮތީ ތިއަހެދެނީ ވަރަށް ބޮޑު ގޯހެކެވެ. ތިއަވެވެނީ ދެއްކުންތެރިއަކަށެވެ. އެއީ މުނާފިޤުިންގެ ސިފައެކެވެ. މުނާފިޤުން ތިބޭނީ ނަރަކައިގެ އެންމެ އަޑީ ވަތްގަނޑުތަކުގައެވެ. އެންމެ ގަދަފަދަ ޢަޛާބުގައެވެ.  

ކައިވެނިކުރަންއުޅޭއިރު އަންހެން މީހާއަކީ ދީނަށް ލޯބިކުރާ ތަޤްވާވެރިއެއްކަން ގިނަ ފިރިހެނުން ބަލާނެއެވެ. އެއީއަކީ މައްސަލައެއްވެސް ނޫނެވެ. ކުރަންވެސް ޖެހޭނެ ކަމެކެވެ. ސުވާލަކީ ކައިވެނީގެ ކުރިން އެކަން ބަލައިލުމުން އެއީ މައްސަލަ ޙައްލުވުން ހެއްޔެވެ؟  

މިޘާލަކަށް ކައިވެނިކޮށް އެކުގައި އެކުގައި ދިރިއުޅެން ފެށުމަށްފަހު އަނބިމިހާއަށް މިފެންނަނީ ފިރިމީހާ ދީނުގެ ކަންކަމަށް ސަމާލުކަން ނުދޭތަން ކަމުގައިވެއްޖެނަމަ ދެންވާނީ ކިހިނަކުން ހެއްޔެވެ؟ ފަތިސްވުމުން ނަމާދުކުރަން ހޭލައްވަން އުޅުމުން ނުހޭލައި ނިދާނަމަ ނުވަތަ އަމިއްލައަށްވެސް ހޭލަން މަސައްކަތް ނުކުރާނަމަ ދެންވާނީ ކިހިނަކުން ހެއްޔެވެ؟   

ހަމައެއާއިއެކު ދުވަސް ފެށި ނިމިގެންގޮސް ނިދާވަޤުތު ޖެހޭއިރު އެދުވަހު އަނބިމީހާ ކިތައް ނަމާދުކުރިކަން ބަލައިނުލެވޭނަމަ ދެންވާނީ ކިހިނަކުންހެއްޔެވެ؟ ދަރިން ލިބި ދަރިން ބަލަން ފެށުމުން ނަމާދުކުރާނެ ވަޤުތު އަނބިންނަށް ހޯދައި ނުދެވޭނަމަ ދެންވާނީ ކިހިނަކުންހެއްޔެވެ؟  

މިފަދަ ވާހަކަތައް ފިރިންނާއި އަޅުވައިގެން ދައްކަންޖެހެނީ އަނބިންލައްވައި ނަމާދުކުރުވުމާއި އެހެންވެސް އަޅުކަން ކުރުވުމަކީ ފިރިމީހާގެ ޒިންމާއަކަށްވާތީއެވެ. 

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ."

(އައްތަހްރީމް: 6)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން