ސުންނަތް ރޯދަތައް ނުހިފުމަކީ ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ މީހަކަށް ވާންޖެހިދާނެކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 8ސ
ސުންނަތް ރޯދަތައް ނުހިފުމަކީ ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ މީހަކަށް ވާންޖެހިދާނެކަމެއް!

ސުވަރުގޭގައި 8 ދޮރުކޮޅުވެއެވެ. އެދޮރުކޮޅުތަކުން ވައްދަވާނީ އެދޮރުކޮޅަށް ޚާއްޞަވެގެންވާ އަޅުކަން ދުނިޔޭގައި ކުރި މީހުންނެވެ. އެއަޅުކަންކުރަން ލޯބިކުރި މީހުންނެވެ. އެހެންވެ ކިޔައިދޭން މިއުޅެނީ ރޯދަވެރިންނަށް ޚާއްޞަކުރައްވަވާފައިވާ ދޮރުކޮޅުގެ ވާހަކައެވެ.  

ރޯދަވެރިންނަށް ޚާއްޞަވެގެންވާ ދޮރުކޮޅެއް ސުވަރުގޭގައިވާކަން އަހަރެމެންނަށް އެބައެނގެއެވެ. އެދޮރުކޮޅަށް ދެއްވަވާފައިވާ ނަމަކީ "އައްރައްޔާން" އެވެ. މި ނަންފުޅު އައިސްފައި މިވަނީ "އައްރައި" އިންނެވެ. އެއީ ފެންބޮވައިގެންފައިވާ މީހާ އެކަން ފިލަންދެން ފެން ބުއިމެވެ.. "އައްރައްޔާން"ގެ މާނައަކީ ފެންބުއިން ފިލަންދެން ފެން ބުއިމެވެ.  

އެދޮރުކޮޅަށް އެނަން ދެއްވިގެންވާ ސަބަބަކީ ރޯދަވެރިންނަކީ ވަރަށް ބޮޑަށް ފެންބޮވައިގެންފައިވާ ޙާލުގައި ގިނަ ވަގުތުތައް ހޭދަކުރާ ބައަކު ކަމުގައިވުން ކަމަށް ޤަބޫލުކުރަމެވެ. 

Sahl ibn Sa’d reported: The Prophet, peace and blessings be upon him, said, 

“Verily, there is a gate in Paradise called al-Rayyan, through which only those who fasted will enter on the Day of Resurrection. No one else will enter it along with them. It will be said: Where are those who fasted that they may enter? When the last of them enter, it will be closed and no one else will go through it.”

Source: Ṣaḥīḥ al-Bukhārī 1797, Ṣaḥīḥ Muslim 1152

Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim

عَنْ سَهْلٍ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ يُقَالُ أَيْنَ الصَّائِمُونَ فَيَقُومُونَ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ فَإِذَا دَخَلُوا أُغْلِقَ فَلَمْ يَدْخُلْ مِنْهُ أَحَدٌ

1797 صحيح البخاري كتاب الصوم باب الريان للصائمين

1152 صحيح مسلم كتاب الصيام باب فضل الصيام 

މީސްތަކުންގެ ތެރެއިން ގިނަބައަކު އެންމެ ހިތާމަކުރާނެ އެއްވަގުތަކީ ރޯދަވެރިންނަށް، އެމީހުންނަށް ޚާއްޞަ ދޮރުކޮޅުން ސުވަރުގެ ވަނުމަށް ގޮވައިލެވޭނެ ވަގުތެވެ. ރޯދަވެރިއަކަށް ނުވެވުނީތީއެވެ. އެ ދޮރުކޮޅުން ނުވަދެވުނީތީއެވެ. 

މީސްތަކުންނޭވެ "އައްރައްޔާން" ދޮރުކޮޅުން ވަނުމަށް އެދޭ މީހާ ސުންނަތް ރޯދަ ހިފުންވެސް ގިނަކުރާށެވެ. އަދި ޤަވާއިދުކޮށް ސުންނަތް ރޯދަ ހިފާށެވެ! ރޯދަ ހިފުމަށް ލޯބިކުރުމަކީ އެއީއެވެ. ހޯމަ، ބުރާސްފަތި އަދި 13،14،15 ދުވަހު ރޯދަހިފަން ޢާދަކުރާށެވެ!

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން