ފުރަތަމަ ކަމަކީ ކޮންމެ މީހަކަށްވެސް ޙާޞިލުކުރަން ބޭނުންވިޔަސް ކާމިޔާބު ނުކުރެވޭ ކަންތައްތަކެއް ހުންނާނެއެވެ. ބުއްދިވެރިން އެކަންކަމުގެ ވާހައެއް ނުދައްކާނެއެވެ. ސިއްރުކުރާނެއެވެ. އެކަމަކު ގިނަބައަކު އެހެން މީހުންނަށް ކާމިޔާބުނުކުރެވި ހުންނަ ކަންކަމުގެ ވާހަކަ ދައްކާނެއެވެ.
ކުރިން މިބުނިފަދައިން އެއްވެސް މީހަކަށް އެމީހަކު ޙާޞިލުކުރަން ބޭނުންވެގެން މަސައްކަތްކުރާ ހުރިހާ ކަންކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ. ކިތަންމެ ވަރަކަށް ބޭނުންވިޔަސް، ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް ކާމިޔާބު ނުކުރެވޭ ކަންތައްތަކެއް ހުންނާނެއެވެ. އެދޭ ހުރިހާ ކަމެއް ޙާޞިލުވާންއޮތީ ހަމައެކަނި ސުވަރުގޭގައެވެ. ސުވަރުގެ ވަދެވިއްޖެނަމައެވެ.
ވީމާ ތިމާއަށް ޙާޞިލުނުކުރެވުނު ކަންކަމުގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުބުނާށެވެ. އެފަދަ ވާހަކަތައް ބުނުމުން ލިބޭނެ އެއް ގެއްލުމަކީ ތިބާއަކީ ތިބާއަކީ ޙާޞިލުކުރަން މަސައްކަތްކުރާ ކަންކަން ކާމިޔާބު ނުކުރެވޭ މީހެއް ކަމަށް ބަލައި ތިބާއަށް ފުރުޞަތު ދޭން މީހުން ފަސްޖެހުމެވެ. މިއީ ވަޒީފާތަކަށް ކުރިމަތިލުމުން ވަރަށް ބޮޑު ދެރައެއް ލިބިދާނެ ކަމެކެވެ.
އެއިގެ އިތުރުން ލޯބީގެ ގޮތުން ގުޅެން މަސައްކަތްކުރުމުން ކާމިޔާބު ނުކުރެވުނު މީހުންގެ ވާހަކަވެސް ނުދައްކާށެވެ. އެފަދަ ވާހަކަތައް ދައްކާނަމަ ފަޟީޙަތްވުން އޮންނާނީ ދާދި ގާތުގައެވެ.
އެފަދަ ކަންކަމުގެ ވާހަކަ ނުދައްކަންވީ އެންމެ ބޮޑު އެއް ސަބަބަކީ ލޯބިވެރިއަކަށް ހަދަން ވިސްނި މީހާ އާއި ނުގުޅެވި އެދިއައީ ތިބާއަށް ލެއްވެވި ރަޙްމަތަކަށް ނޫނީ ނުވާނެތީއެވެ. އިން ޝާ ﷲ. ބައިވެރިއަކަށް ހަދަން މަސައްކަތްކުރާ މީހުންނާއި ނުގުޅެވެނީ އެކަމުން ތިމާއަށް ކުރާނެ ފައިދާއަކަށްވުރެ ލިބިދާނެ ގެއްލުން ބޮޑުވީމައިކަން ޤަބޫލުކުރާށެވެ. އަދި އެފަދަ ވާހަކަތަކަކީ ހަމަ އެއްވެސް މީހަކާއި ޙިއްޞާ ނުކުރާނެ ވާހަކަތަކަށް ހަދައި ސިއްރުކުރާށެވެ!