ބައިވެރިޔާ ދައްކަނީ ތިމާ ސަމާލުކަންދޭން ބޭނުންނުވާ ވާހަކައެއްނަމަވެސް ސަމާލުކަންދީގެން އަޑުނުއެހުމަކީ ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ބައިވެރިޔާ ދައްކަނީ ތިމާ ސަމާލުކަންދޭން ބޭނުންނުވާ ވާހަކައެއްނަމަވެސް ސަމާލުކަންދީގެން އަޑުނުއެހުމަކީ ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެއް!

ކޮންމެ ފަހަރަކު ބައިވެރިޔާ ދައްކާނީ ތިމާ އަޑުއަހަން ޝައުޤުވެރިވާ ވާހަކަތަކަކަށްނުވެދާނެއެވެ. އެހެންނަމަވެސް ސަމާލުކަންދީގެން އަޑުއަހާށެވެ! އެކަމުން ކުރާނެ ފައިދާ ވަރަށް ބޮޑުވެފައި ގިނަވާނެއެވެ.   

ދެމަފިރިންގެ މެދުގައި މުޢާމަލާތުތައްކުރާއިރު ހަމައެކަނި އަޑުއެހުމުގެ ބަދަލުގައި އަނެކާގެ މޫނަށާއި ހަށިގަނޑަށް ރަނގަޅަށް ބަލަންވާނެއެވެ. ސަބަބަކީ ވާހަކަ ދައްކާއިރު މޫނާއި ހަށިގަނޑަށް ބަދަލުތަކެއް އަންނާނެއެވެ.  

ހާސްވެ ކަންބޮޑުވެފައި ހުރިނަމަވެސް، އަދި ދޮގުވާހަކަތަކެއް ދައްކާނަމަވެސް މޫނުންނާއި ހަށިގަނޑުން އެކަން އަންގައިދޭނެއެވެ. އެކަން ދަސްކުރެވޭނީ ސަމާލުކަންދީގެން ބަލާނަމައެވެ. މިދަލުތައް އަންނާނީ ވަކިމީހަކަށް ނޫނެވެ. ކޮންމެ މީހަކަށްވެސް މިބަދަލުތައް އަންނާނެއެވެ. ދެމަފިރިންގެ ވާހަކަ ފާހަގަމިކުރީ ކޮންމެ ދެމަފިރިއަކީވެސް މިކަމަށް ވަރަށް ބޮޑަށް ބޭނުންވާނެ ބައަކަށްވާތީއެވެ.   

ފެންވަރު ރަނގަޅު ނަފްސާނީ ޢިލްމުވެރިން މިކަމަށް ވަރަށް ހުޝިޔާރުވާނެއެވެ. މީހުން ހިނގާ ގޮތުންވެސް އޭނާގެ ޙާލަތު ދެނެގަނެވޭ ޢިލްމުވެރިން ތިބޭކަން ވަނީ ފާހަގަކުރެވިފައެވެ.  

މީގެ އިތުރުން ވާހަކަ ދައްކާ މީހާއަށް ބެލުން އެއީ ވަރަށް މުހިންމު ކަމަކަށްވާ ދެވަނަ ސަބަބަކީ ދުރު ނުވަތަ އެހެންތަނެއް ބަލާނަމަ އަޑުއަހާ މީހާ، ތިމާ ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދޭކަމަށް ފާހަގަކުރެވޭނެއެވެ. އެކަމަށްޓަކައިވެސް ދެމަފިރިން ވާހަކަދައްކާއިރު އަނެކާއަށް ބެލުމުގެ މުހިންމުކަން ބޮޑުވެގެންދެއެވެ.  

މިހާރަކަށް އައިސް މިކަމަށް ސަމާލުކަން ދިނުން އަންނަނީ ކުޑަވަމުންނެވެ. ބައިވެރިޔާ އެތައް ވާވަހަކަތަކެއް ދައްކާއިއރުވެސް ސަމާލުކަން ނުދީ އަތުގައި އޮންނަ ފޯނަށް ސަމާލުކަން ދިނުން ފަދަ ކަންކަން ކުރުން ދަނީ ގިނަވަމުންނެވެ. މިބާވަތުގެ ކަންކަމަކީ އަދަބު އަޚުލާޤުންވެސް ބޭރު ކަންކަމެވެ.  

ބައިވެރިޔާ ދައްކަނީ ތިމާ ސަމާލުކަންދޭން ބޭނުންނުވާ ވާހަކައެއްނަމަވެސް ސަމާލުކަންދީގެން އަޑުނުއެހުމަކީ ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެއްކަމަސް މިބުނި އެންމެ ބޮޑު ސަބަބަކީ ސަމާލުކަން ނުދޭކަން ބައިވެރިތާއަށް އިޙްޞާންކުރެވިއްޖެނަމަ: 

1 ދިމާވާ ކަންކމުގެ ވާހަކަ ކިޔައިދިނުން ހުއްޓައިލާނެ!

2 ސަމާލުކަންދޭނެ މީހަކަށް އެވާހަކަ ކިޔައިދޭން ބޭނުންވާނެ!

3 އެމީހަކީ އަޑުއަހާފަ އެކަމުގެ ނާޖާއިޒު ފައިދާ ނަމާނެ މީހަކަށްވެދާނެ!

4 ސަމާލުކަން ނުދޭ ބައިވެރިއަކާއެކު އުޅެން ބޭނުންނުވުން!  

ފަދަ މައްސަލަތައް ކުރިމަތިވާތީއެވެ.

 

- އަލަފް / މިއަދުނޫހަށް

 

 

 

މިއަދު އޮންލައިން