އަހުރެމެންނަކީ މުސްލިމުންކަމަށްވީހިނދު އެއްވެސް މީހަކަށް އުނދަގޫވާނެ ކަމެއް ކުރުން ހުއްދައެއް ނޫނެވެ. އެހެންކަމާއިއެކުވެސް ރޭއަޅުކަންކުރަން ބައިވެރިޔާ ގަދަކަމުންނަމަވެސް ހޭލައްވަން ވަނީ ހުއްދަކުރައްވައި "މޫނަށް ފެންބުރުއްސައިގެންވިޔަސް" ހޭލައްވަން ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ.
ކޮންމެ މީހަކަށް އެންމެ ބޮޑަ ބޭނުންވާނެ އެއް ކަމަކީ އަރާމު ނިންޖެވެ. އަރާމުގައި ނިދަން އޮއްވައި އުދާކުރަން އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. އުނދަގޫކޮށްފިނަމަ ރުޅި އައުދެވޭ މީހުންވެސް ތިބޭނެއެވެ.
އެހެންކަމާއިއެކުގައިވެސް ރޭގަނޑު ހާލައި ރޭއަޅުކަންކުރުމަށާއި ރޭއަޅުކަންކުރަން ބައިވެރިޔާ ހޭލެއްވުމަށާއި އަދި ނިދިގަދަވުމުން، ނުވަތަ ކަންނެތްވެގެން ނުހޭލެވޭނަމަ މޫނަށް ފެންފޮދެއް ޖަހައިގެން ނަމަވެސް ހޭލައްވަން ޙަދީޘްފުޅުގައި އޮތުމުގެ އިތުރުން އެގޮތަށް ކަންކަން ކުރާ މީހާއަށް ރަހްމަތް ލެއްވެވުން އެދިވަޑައިގެން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދުޢާ ކުރައްވަވައިފައއިކަން މިއޮތީ އެނގޭށެވެ.
Abu Hurayrah (may Allah be pleased with him) reported that the Messenger of Allah (may Allah's peace and blessings be upon him) said:
''May Allah have mercy upon a man who wakes up at night and prays, and awakens his wife. If she refuses, he sprinkles water on her face. May Allah have mercy upon a woman who wakes up at night and prays, and awakens her husband. If he refuses, she sprinkles water on his face.''
حسن] - [رواه أبو داود وابن ماجه والنسائي وأحمد]
މިޙަދީޘްފުޅުން އެނގިގެންދަނީ ރޭއަޅުކަންކުރުމުގެ މުހިންމުކަމެވެ. އަދި އެކަމުގައި އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުންދީ އެހީތެރިވާން ޖެހޭނެ މިންވަރެވެ. މޫނަށް ފެންޖަހައިގެން ނަމަވެސް ހޭލައްވަން އެއޮތީ ރޭއަޅުކަންކުރުމުގެ މުހިންމުކަން ކިހައި ބޮޑުވީމައިކަމާއިމެދު ވިސްނައިލާށެވެ!
މީސްތަކުންނޭވެ! މިފަދަ އެތައް ޙަދީޘްފުޅުތަކެއް ފެންނަން ހުރިއިރުވެސް އަހުރެމެންނަށް މިއުޅެވެނީ ދެމަފިރިންކުރެ އެކަކަށްވެސް ރޭއަޅުކަން ކުރަން ނުހޭލެވިގެންނެވެ. އެކަން ނުކުރެވިގެންނެވެ. އިޞްލާޙްކޮށްލަން މަސައްކަތްކުރަމާ ހިނގާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން