ރަޙިމުގެ ގުޅުން ދަމަހައްތަން ލޯބިކުރުމަށްވުރެ ފައިދާހުރި ކަމެއް ނެތްކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ރަޙިމުގެ ގުޅުން ދަމަހައްތަން ލޯބިކުރުމަށްވުރެ ފައިދާހުރި ކަމެއް ނެތްކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

ޒަމާނާއިއެކު މީސްތަކުންގެ ދިރިއުޅުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ތެރެއިންވެސް އެންމެ ނުބައިކަން ބޮޑު އެއް ބަދަލަކީ ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް ލޯބިނުކުރެވޭކަމެވެ. އެހެންވެ ޢިބްރަތަކަށްވާނެ ޙާދިސާއެއް ވަރަށް ކުރުކުރުކޮށް ކިޔައިލަދޭނަމެވެ.

ޢާއިލާގައި ތިބީ އެންމެ 2 ބެއިންނެވެ. ނަމަވެސް ދޮށީ ބޭބެއަށް ކައިވެނިކުރެވުނު އަނބިމީހާގެ ނުފޫޒުގަދަކަމުން ދެބެއިންގެ ގުޅުން ކެނޑެމުން ގޮސް ދެބެއިން ބައްދަލުވެސް ނުވާތާ 7 އަހަރުވަރުވެދާނެއެވެ. ބޭބެއަކީ އަތްމަތި ތަނަވަސް މީހެކެވެ. ކޮއްކޮއަކީ ފަޤީރެކެވެ.

ފަޤީރު މީހާ އޭނާގެ އަނބިމީހާ އާއިއެކު އެއްދުވަހަކު ޕާކަކަށް ގޮސް މެންދުރު ކާންވެގެން ޕާނެއް ގަނެގެން ސޭންޑްވިޗް ހެދިތަނާ ފަޤީރަކު އައިސް ކާނެ އެއްޗަކަށް އެދުމުން ފުރަތަމަ އޭނާއަށް ކާނެ ވަރަކަށް ކާންދިނެވެ. ދެމަފިރިން ނުކައި ތިބެއެވެ.

އެއީ މުސްކުޅިއެކެވެ. ކައި ނިމިގެން މުސްކުޅިޔާ ބުންޏެވެ. "ތިއަ ދެކުދިން ނުކައިތިބެވެސް އަހަރެންނަށް ކާންދީފީމުއެވެ. އަހަރެން ގިނައިން ކެއީ އެކަމަށް ދެކުދިން ހިތް ނުރުހޭތޯ ބަލަންވެގެންނެވެ. ތިއަތިބީ ދީލަތިކަމާއިއެކު ދީގެންނެވެ. އެހެންވެ ބޭބެގެ ފަރާތުން ދެކުދިންނަށް ކޮށްދޭނެ ދުޢާއެއް، (ދުޢާކޮށްދޭންވީ ކަމެއް) ބުނެބަލާށެވެ."

ވަރަށް ވިސްނަން ޖެހުނެވެ. ގެވެސް ހުރީ ބޮލަށް ވެއްޓެންވެފައެވެ. ނަމަވެސް ބޭބެ އާއި ބައްދަލުނުވާތާ 7 އަހަރުވީއެވެ. އުޅޭތަނެއްވެސް ނޭނގެއެވެ. އަތްމަތި ފަޤީރެވެ. މިފަދަ އެތައް ޚިޔާލުތަކެއް ކުރުމަށްފަހު އެދުނީ ބޭބެ އާއި ބައްދަލުވޭތޯ ދުޢާކޮށްދިނުމަށެވެ.

ދުޢާކުރުމަށްފަހު އެމީހާ ބުންޏެވެ. "އިރާދަކުރެއްވިއްޔާ ލަހެއް ނުވެ ބޭބެއާ ބައްދަލުވާނެއެވެ. އަތްމަތިވެސް ތަނަވަސްވާނެއެވެ. ފަޤީރު ޙާލުގައިވެސް ތަނަވަސްކަމަށްވުރެ ބޮޑަށް ރަޙިމުގެ ގުޅުން ދަމަހައްޓަން ބޭނުންވުމަކީ ތަނަވަސްކަން އިތުރުކުރައްވާ ކަމެކެވެ. އިން ޝާ ﷲ އެކަމަކު ބޭބެއާއި ބައްދަލުކުރަން ތިބާވެސް މަސައްކަތްކުރަންވާނެއެވެ."

އެހެން ބުނެފައި އެމީހާ ދިއައީއެވެ.

އެމީހާ ބުނި ގޮތަށް ކަންތައް ދިމާވިއެވެ. ޖެހިގެން އައި ހަފްތާގައި ބޭބެ އާއި ބައްދަލުވިއެވެ. ވީއުފަލުން ބޭބެ ފައިސާވެސް ދިނެވެ. އެފައިސާ ބޭނުންކޮށްގެން ކުޑަ ވިޔަފާރިއެއް ފެށުމުން ތަނަވަސްކަންވެސް ލިބުނެވެ. އިން ޝާ ﷲ

މީސްތަކުންނޭވެ! ރަހިމުގެ ގުޅުން ކަނޑައިނުލާށެވެ. ދަމަހައްޓާށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ހީވެސް ނުކުރެވޭހައި ގޮތްގޮތުން ދިރިއުޅުމަށް ކުރިއެރުން ލިބޭނެއެވެ. އިން ޝާ ﷲ


--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން