ވިސްނައިލަބަލަ! ދިރިއުޅެވޭނެ ފަސޭހަ ގޮތްތަކާ އަރާމުގަ ނިދައިލެވޭނެ ގޮތް މިންވަރު ކުރެއްވެވީމާ ހޭލައި ރޭއަޅުކަންނުކުރާ، ފަތިސްނަމާދުނުކުރާ މީހުން އެދުވަހު ދަންނަވާނީ ކީކޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ވިސްނައިލަބަލަ! ދިރިއުޅެވޭނެ ފަސޭހަ ގޮތްތަކާ އަރާމުގަ ނިދައިލެވޭނެ ގޮތް މިންވަރު ކުރެއްވެވީމާ ހޭލައި ރޭއަޅުކަންނުކުރާ، ފަތިސްނަމާދުނުކުރާ މީހުން އެދުވަހު ދަންނަވާނީ ކީކޭތަ؟

އަހުރެމެންނަށް ކުރެވޭ އެންމެ ބޮޑު ކުށަކީ ކޮބައިކަމާއިމެދު ސުވާލުކުރެވިއްޖެނަމަ ލިބޭނީ ތަފާތު ޖަވާބުތަކެވެ. އަހުރެންގެ ޖަވާބުވެސް ވަރަށް ތަފާތެވެ. އަހުރެންގެ ޖަވާބަކީ ﷲ ތަޢާލާ ނިޢުމަތްތައް ދެއްވަވާ ވަރަކަށް އަހުރެމެންގެ ނުކިޔަމަންތެރިކަން އިތުރުވުމެވެ.  

އެއިގެ ތެރެއިންވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. މިޘާލަކަށް ކުރީގެ ޒަމާންތަކުގައި މީސްތަކުން ނިދައި އުޅުނީ ކަރަންޓް ނެތިއެވެ. ހޫނާއި ފިނީގައެވެ. ފަންކާއެއް އެއާކޮންޑިޝަނެއް ނެތިއެވެ. އެންމެ ކުޑަމިނުން އެނދުގައި އަޅައިލާނެ ގޮދަޑިއެއްވެސް ނެތިއެވެ.  

މިއަދު ދިރިއުޅޭ ގެތަކުގެ ފެންވަރު މަތިކުރެވިއްޖެއެވެ. ނިދާނެ އަރާމު ތަންމަތި ލިބިއްޖެއެވެ. ނިދާތަނާއި ފާޚާނާގެ ފެން ފިނިކޮށް ނުވަތަ ހޫނުކޮށް ބޭނުންކުރެވޭނެ ގޮތް މިވަނީވެފައެވެ.  

ދެން މިވަނީ ކިހިނަކުން ހެއްޔެވެ؟ ކުރީ ޒަމާނުގެ މީހުން ނިދީން ހޭލައި ރޭއަޅުކަމާއި ފަތިސްނަމާދު ކުރިއެވެ. މިއަދު އަހުރެމެންނަކަށް ނުކުރެވެއެވެ. ނުހޭލެވެނީއެވެ. ﷲ ތަޢާލާ ދެއްވެވި ނިޢުމަތްތަކުގެ ބޭނުންކޮށްގެން ﷲ ތަޢާލާގެ އަމުރުފުޅަށް ނުކިޔަމަންތެރިވަނީއެވެ. ނުހޭލައި ނިދަން އޮންނަނީއެވެ. 

ރޭއަޅުކަން ނުކުރެވޭތަނުގައި ފަތިސްނަމާދަށް ނުހޭލެވޭ މީހުން ނިކަން ބުނެބަލާށެވެ! ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓެންޖެހޭ ވަޤުތު ދަންނަވާނީ ކޮން ޢުޛުރެއްގެ ވާހަކަހެއްޔެވެ؟ ތިމާގެ ކިބައިގައި ހުރި ނުކިޔަމަންތެރިކަމަށް އިޢްތިރާފް ނުވެ ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟  

ވީމާ އަހުރެން ޢާދޭސްކޮށްފައި ބުނަމެވެ. ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ނަމަވެސް ކަންނެތްވެ ނިދަން ނުތިބެ ނިދީން ހޭލައި ރޭއަޅުކަމާއި ފަތިސްނަމާދުކުރަންފަށާށެވެ. ނޫންނަމަ އެމީހާގެ އެދުވަހާއި ގުޅޭ ފުރތަމަ ސުވާލުންވެސް އެވަނީ ފޭލްވެފައެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ޖެހޭނީ ހަމަ އިސްދަށަށް ޖަހައިލާށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން