ގޮތްބަލައިލަން ނަމަވެސް މި 3 ކަންތަކަށް ސަމާލުކަންދީފިނަމަ އެމީހަކަށްވުރެ ބޮޑަށް އަނބިމީހާގެ ކިބައިން އުފާލިބޭ ފިރިއަކު ހަމަ ވަރަށް މަދުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ގޮތްބަލައިލަން ނަމަވެސް މި 3 ކަންތަކަށް ސަމާލުކަންދީފިނަމަ އެމީހަކަށްވުރެ ބޮޑަށް އަނބިމީހާގެ ކިބައިން އުފާލިބޭ ފިރިއަކު ހަމަ ވަރަށް މަދުވާނެ!

ކައިވެންޏަށްފަހު ދެމަފިރިންގެވެސް އުފާވެރިކަން ގުޅިފައިވަނީ ބައިވެރިޔާއާއިއެވެ. މާނައަކީ ފިރިމިހާގެ އުފާވެރިކަން ގުޅިފައިވަނީ އަނބިމީހާ އާއިއެވެ. އަނބިމީހާގެ އުފާވެރިކަން ގުޅިފައިވަނީ ފިރިމިހާ އާއިއެވެ. އުފާވެރިކަން ލިބޭނީ ދެމަފިރިންވެސް މި ހަޤީޤަތް ޤަބޫލުކުރުމުންނެވެ. 

މިރޭ މިބަލައިލަނީ ބޭނުންވާ ހުރިހާ އުފާތަކެއް ޙާޞިލްކުރެވިގެން ހުންނަން ބޭނުންނަމަ ފިރިންނަށް ކުރަންޖެހޭ 3 ކަމެއްގެ ވާހަކައެވެ.   

ފުރަތަމަކަމަކީ ދީނުގައިވާ މަގުން އަނބިން ޙިމާޔަތްކޮށް ރައްކައުތެރިކުރުމެވެ. ރައްކައުތެރިކަން ފޯރުކޮށްދިނުމެވެ. އެއިގެ ތެރޭގައި އަނބިމީހާއަށް އޭނާ ބޭނުންވެގެން ނޫނީ އެކުވެރިންނާއިއެކު ބާޒާރަށްދާން ނުޖެއްސުންވެސް ހިމެނެއެވެ. ބާޒާރުތައް ފުރިފައިވަނީ ހަމައެކަނި މުދަލަކުން ނޫނެވެ. ނުބައި މީހުންނާއި ނުބައި ޢަމަލުތައް މުދަލަށްވުރެ މާގިނައެވެ. ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ތަނަކީ ބާޒާރުތައް ކަމަށްވެގެންދަނީ އެސަބަބަށްޓަކައެވެ. 

ދެވަނަ ކަމަކީ އެކަނބަލުންނަށްވެސް ޤަދަރުކޮށް ކެރިފޯރުންތެރިކަން ހުރިވަރަކުން އެކަނބަލުންގެ ބޭނުންތަކަށް ސަލާން ޖަހަން ނުޖައްސައި ބޭނުންތައް ފުއްދައި ދިނުމެވެ. އަންތބަކު ކަމަކު އެދިއްޖެނަމަ އެކަމެއް ލަހުން ނަމަވެސް ކޮށްދޭން އެބަޖެހެއެވެ. އެހެންކަމަށްވާއިރު ކެރިފޯރުންތެރިކަން ހުރިނަމަ ލަސްކޮށް އަނބިމީހާ ދެރަކުރުވަންވީ ކީއްކުރަން ހެއްޔެވެ؟  

ތިންވަނަ ކަމަކީ ޒިންމާދާރުކަމާއިއެކު އަނބިމީހާ ގޮވައިގެން ކުރިއަށް ދަތުރުކުރަން މަސައްކަތްކުރުމެވެ. ޒިންމާދާރުވުމަކީ ހަމައެކަނި ޚަރަދުކުރުމެއްވެސް ނޫނެވެ. އަނބިމީހާ ގޮވައިގެން ރޭއަޅުކަންކުރުންވެސް ކުރުންވެސް ހިމެނެއެވެ. 

ރަނގަޅު، ހެޔޮލަފާ އަންހެނުންނަކީ މި ބުނި 3 ކަންތަކަށް ފިރިމީހާ ސަމާލުކަންދޭނަމަ ފިރިމީހާޢަށްޓަކައި ކޮންމެފަދަ ޤުރްބާނީއެއްވުމަށްވެސް ތައްޔާރަށް ތިބޭނެ ބައެއްކަން އެއީ ޝައްކުކުރަންޖެހޭނެ ކަމެއް ނޫނެވެ. 

ދުނިޔަވީ ނަޒަރަކުން މިވާހަކަތައް ދެއްކި ނަމަވެސް މި 3 ކަންތަކަކީވެސް އިސްލާމް ދީނުގައި ފިރިންގެ މައްޗަށް ލާޒިމްކުރާ 3 ކަންތަކެވެ. މީގެ ތެރެއިން އެންމެ ފަހުން މިބުނި އަނބިން ގޮވައިގެން ކުރިއަށް ދާން މަސައްކަތްކުރުމުގެ މައްޗަށް އިތުރަށް ބަލައިލަމާ ހިނގާށެވެ. 

އެއިގެ މާނައިގައި ދިރިއުޅުން ކުރިއަށް ގެންދަން ކުރަންވީ ކަންކަން ކަނޑައެޅުމުގެ ބާރު ފިރިމީހާއަށް އޮތްނަމަވެސް ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ގޮތް ނިންމާއިރު އއަނބިންނާއިވެސް މަޝްވަރާކުރުމާއި އަނބިންބާކީކޮށް ނުލުންވެސް ހިމެނެއެވެ. 

އަދި އެއީ އަނބިންގެ ފުރިހަމަ ލޯބި ފިރިންނަށް ލިބުން އިތުރުވާ ސަބަބެއްވެސްމެއެވެ. އަނބިންނާއި މަޝްވަރާކުރިވަރަކަށް އަނބިންގެ ހިތުގައި ފިރިންނަށް އިތުބާރުވެސް ބޮޑުވާނެއެވެ. އެކަމުގެ ސަބަބުން އަނބިމީހާ ވެގެންދާނީ މާތް ﷲ ގެ ވާގިފުޅާއިއެކު ދިރިއުޅުން ކޮއްޕައި ކުރިއަރުވަން މަސައްކަތްކުރާ އެންމެ ވަރުގަދަ ބާރަށެވެ.   

ގޮތްބަލައިލަންވެސް މިކަންކަމަށް ނިކަން ސަމާލުކަންދީބަލާށެވެ! އެމީހަކަށްވުރެ އަނބިމީހާގެ ކިބައިން އުފާލިބޭ ފިރިއަކު ހަމަ ވަރަށް މަދުވާނެއެވެ. މިއީ ދިރާސާތަކުން އެނގެން ހުރި ކަންކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން