ޔާ ﷲ! ހިތްދަތިކަން ބޮޑުވީވަރުން އިނބަ ﷲ އަށް ދުޢާކުރަން ނުކުޅެދިފައި ތިބި އެތައް ބައަކު އެބަތިއްބެއެވެ. އެއިގެ ތެރޭގައި މިއަޅާގެ ޢާއިލާގެ މީހުންނާއި ގާތް އެކުވެރިންވެސް ހިމެނެއެވެ. އަދި ކުރެވިފައިވާ ފާފަތަކުގެ ސަބަބުން ދުޢާކުރަން ލަދުންވެސް އެތައް ބައަކު އެބަ ތިއްބެވެ! އެ އެންމެންވެސް ތިބީ ހަމަ ދުޢާކުރަން ބޭނުންވެގެންނެވެ!
ޔާ ﷲ! އަޅަމެން އެންގެ ފާފަތައް ފުއްސަވައިދެއްވަވާނދޭވެ! ކެތްތެރިކަމާއި ޘާބިތުކަން ދެއްވަވާނދޭވެ! އިނބަ ﷲ ގެ މަތިވެރިވަންތަ ޙަޟްރަތަށް ދުޢާކުރުމުގެ ހިތްވަރު ދެއްވަވާނދޭވެ!
ޔާ ﷲ! އިނބަ ﷲ އީ މީސްތަކުންނަށް ރަޙްމަކުރައްވަވާ ރަސްކަލާނގެއެވެ. އަޅަމެން އެންމެންނަށް ރަޙުމްކުރައްވަވާނދޭވެ! އަޅަމެންނަށް ކުރިމަތިވެފައިވާ ހިތްދަތިކަން ފިލުއްވަވައި ދެއްވަވާނދޭވެ! އަޅަމެންގެ ހިތްތަކަށް އުފާވެރިކަން ދެއްވަވާނދޭވެ! އަޅަމެން އެންމެން ކުރާ ދުޢާ ޢިޖާބަކުރައްވަވާނދޭވެ! އާމީން
- އިސްލާމީ ތިލަފަތުގެ ދަރުސަކުން