މިއަށްވުރެ ބޮޑަށް ސަމާލުކަންދޭންވީ ކަމަކީ ކޮބާ؟: ތިބާއަށް އަޑުއިވުނަސް ނުއިވުނަސް ދުނިޔެއިން މީސްތަކުން ތިބާގެ މައްޗަށް އިއްވާނެ އެންމެ ފަހުއަޑަކީ 4 ފަހަރުކިޔާ ﷲއަކްބަރު ގެ އަޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
މިއަށްވުރެ ބޮޑަށް ސަމާލުކަންދޭންވީ ކަމަކީ ކޮބާ؟: ތިބާއަށް އަޑުއިވުނަސް ނުއިވުނަސް ދުނިޔެއިން މީސްތަކުން ތިބާގެ މައްޗަށް އިއްވާނެ އެންމެ ފަހުއަޑަކީ 4 ފަހަރުކިޔާ ﷲއަކްބަރު ގެ އަޑު!

އެކަމުގެ ޙުކުމް ކޮންމެ ގޮތަކަށް އޮތްނަމަވެސް މުސްލިމުންގެ ގިނބައަކު އެމީހުންނަށް ދަރިއަކު ލިބުމުން ކަންފަތްދޮށުގައި "ﷲއަކްބަރު" 4 ފަހަރުކިޔައި ބަންގިދެއެވެ. އެއަޑު ކުއްޖާގެ ކަންފަތަށް އިއްވައެވެ. އެކަން ކުއްޖާއަށް އެނގޭނެ މިންވަރާއިމެދު އެއްޗެއް ބުނާކަށް ނުއެނގެއެވެ. އެނގޭ ކަމަކީ ކުއްޖާ އުފަންވުމުން ބަންގިގޮވައިފިނަމަ އެއަޑު ވެގެންދާނީ ކުއްޖާގެ ކަންފަތަށް ފުރަތަމަ އިއްވޭ އަޑު ކަމަށެވެ.

(ކުރީގެ ޒަމާނުގައި ރާއްޖޭގައި އަންހެނަކު ވިއްސަން ފޫޅުމައިމިހާ ވަނީމާ ފާރައަށް މީހަކު ހުންނާނެއެވެ. އެއީ ކުއްޖާ އުފަންވެ ރޮއިލާ އަޑުއިވޭއިރަށް ބަންގިގޮވުމަށވެ. ކަމެއް ދިމާވާ ގޮތުން އެވަޤުތު ރޮްިނުލައިފިނަމަ ބަންގިގޮވަން ފޫޅުމައިމިހާ ބުނާނެއެވެ.) 

އެހިސާބުން ކުއްޖާ އުފަންވީއެވެ. އުޅެ ބޮޑުވެ މުސްކުޅިވީއެވެ. ނުވަތަ ކޮންމެ ޢުމުރެއްގައި ނަމަވެސް މަރުވުމުން ދެންވާނީ ކިހިނަކުން ހެއްޔެވެ؟ ހިނަވައި ކަށުނަމާދުކުރާނެއެވެ. ކަށުނަމާދުގައިވަނީ 4 ތަކްބީރެވެ. އަނެއްކާވެސް 4 ފަހަރު ﷲއަކްބަރު ގޮވައިލެވޭ އަޑެވެ. 

މިފަހަރު ގޮވައިލެވޭ 4 ތަކްބީރުގެ އަޑުވެސް އޭނާއަށް (މައްޔިތާއަށް) އިވޭނެކަމަށް ބުނާކަށް ނެތީމެވެ. އެކަން ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. މަރުވުމަށްފަހު އެމީހަކަށް އިވޭނީ ﷲ ތަޢާލާ އިއްވެވި އަޑެކެވެ. 

ކޮންމެއަކަސް އެނގިގެންމިދަނީ ދުނިޔޭގެ ޙަޔާތަށް ފެށުމާއި ނިމިދިއުމުގައި ތިމާގެ އެއްވެސް ބާރެއް ނެތި ﷲއަކްބަރު އާއި ހުރި ގުޅުމެވެ. އެހެންކަމަށްވާއިރު ދުނިޔޭގައި އުޅެންލިބޭ މަދުދުވަސްކޮޅު، ތިމާގެ ބާރާއި އިޚްތިޔާރުގައި ކޮންމެ ދުވަހަކުވެސް އަޑުއަހަންޖެހޭ، ކޮންމެ ދުވަހަކު 5 ފަހަރު ގޮވައިލެވޭ ﷲއަކްބަރުގެ އަޑު ނުއެހީމާ ވާނެ ގޮތާއިމެދުވެސް ވިސްނައިލާށެވެ! 

އަހުރެމެން ދުނިޔެއަށް ފޮނުއްވެވުނީ "ﷲއަކްބަރު" އެންމެހައިމަތިވެރިކަމެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށްކަން ބަޔާންކޮށް ﷲއަކްބަރު" މަތިވެރިކުރުމަށެވެ. ފަރުޟް ނަމާދުތަކަށް ރައްކައުތެރިނުވެވޭ މީހަކީ ﷲ ތަޢާލާ މަތިވެރިކުރި މީހަކަށް ނުވާނެއެވެ. ޢަމަލުކުރުން އޮތީ އެމީހެއްގެ އިޚްތިޔާރުގައެވެ.

 

- މަޢުލޫމާތު: ޢުމަރުސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން