ވަރަށް ގިނަ ފިރިހެނުން ބުނާ ވާހަކައެކެވެ. އަހުރެންގެ އެކުވެރިންގެ ގޮތުގައި ވަރަށް ގިނަ އަންހެނުން ތިބެއެވެ. އެއިގެ ތެރޭގައި އެކަނި ތިބޭ އަންހެނުންވެސް ބައިވަރެވެ. އެކަމަކު އެކަކުވެސް އަހުރެންނާއި ކައިވެނިކުރަން ޝައުޤުވެރިއެއް ނުވެއެވެ.
މިޙާލަތުގައި ފުރަތަމަކަމަކީ އޭނާގެ އެކުވެރިންނަކީ ހޭލުންތެރި ބައަކު ކަމެވެ. ހޭލުންތެރި އަންހެނަކު ކޮންމެ މީހަކާއިވެސް އެކުވެރިކަން ބާއްވައިގެން އުޅެފާނެއެވެ. ނަމަވެސް ކައިވެނިކުރަން ބޭނުންވާނީ ދެމީހުންގެ މެދުގައި ޖެހޭ މައްސަލަތައް ޞުލްޙަވެރިކަމާއިއެކު ޙައްލުކުރަން އެނގޭ މީހަކާއިއެވެ. އެމީހެއްހެ މިޒާޖުގައި އެގޮތް ހުންނަ މީހަކާއިއެވެ. އެއީ އެކަން ނެތް މީހަކާ ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް ނުލިބޭނެކަން އެނގޭތީއެވެ.
ކައިވެންޏަކީ ކުރަން ފަސޭހަ ކަމެކެވެ. އުނދަގޫކަމަކަށްވަނީ ޖެހޭ މައްސަލަތައް ޙައްލުކުރުމެވެ. ވީމާ އެންމެ މުހިންމު ކަމަކީ މައްސަލައެއް ޖެހޭއިރަށް ވަރިފަށަށް ނާރައި މައްސަލަ ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުމެވެ.
ކިތަންމެ ލޯބިން ކައިވެނިކުރިޔަސް މައްސަލަތައް ޖެހޭނެއެވެ. އަދި ކިތަންމެ ރަނގަޅު ދެމަފިރިއެއްގެ ދެމެދުގައިވެސް މައްސަލަތައް ނުޖެހިއެއް ނުދާނެއެވެ. މައްސަލަތައް ޖެހުމަކީ ފިޠުރީ ކަމަކަށްވާތީއެވެ. އެއީ ކޮންމެހެން ވަކި މީހަކު މާގޯސް މީހަކަށްވެގެން މެދުވެރިވާ ކަމެއް ނޫނެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން