ޤިޔާމަތް ދުވަހު ނަރަކައަށް ނުވައްދަވާނެ 3 ބައަކު ވެއެވެ. އެތަނުން އެއްބައަކީ ﷲ ތަޢާލާއަށް ބިރުވެތިވެ އެމީހުންގެ އެމީހުންގެ ބެލުންތައް ތިރިކުރި މީހުންނެވެ. ސިއްރާއި ފައުޅުގައި އަދި ފޯނުފަަދަ ވަސީލަތަކުންވިޔަސް ﷲ ތަޢާލާ ބެލުންތައް ޙަރާމް ކުރައްވަވާފައިވާ ކަންކަން ނުބަލާ މީހުންނެވެ.
އެންމެންނަށްވެސް އެނގޭނެއެވެ. މިއަދު ގިނައީ މިބައިގައި ނުހިމެނޭނެ މީހުންނެވެ. ގިނަ މީހުންނަކީ ކިރިޔާ ފުރުޞަތެއް ލިބުނަސް ބަރަހަނާ ބަލައިއުޅޭ މީހުންނެވެ. ވީމާ އަހުރެން އެދެނީ ކޮންމެ މީހަކުވެސް އަހުރެންގެ މިބަސްކޮޅު އެމީހެއްގެ ގާތް އެކުވެރިންނަށާއި އެންމެންނަށްވެސް ފަތުރައިދީ އެމީހުންނަކީ ނަރަކައަށް ނުވައްދަވާނެ ކަމުގައި ހެދޭތޯ މަސައްކަތްކޮށްދިނުމެވެ.
ނަރަކައަށް ނުވައްދަވާނެ އަނެއް ދެބައި މީހުންނަކީ އުންމަތުގެ ޙައްޤުގައި ރޭގަނޑު ނުނިދައިފާރައަށް ތިބޭ މީހުންނާއި ﷲ ތަޢަލާއަށް ބިރުވެތިވެ ލޮލުން ކަރުނަތިއްކެއް އޮހޮރައިލި މީހުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން