އަހުރެން ބުނީތީވެސް ތަހައްޖުދު ނަމާދު މިގޮތަށް ކުރަންފަށައިބަލަ! ތަފާތެއް ނުފެނިއްޖިއްޔާ އަންގާލާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
އަހުރެން ބުނީތީވެސް ތަހައްޖުދު ނަމާދު މިގޮތަށް ކުރަންފަށައިބަލަ! ތަފާތެއް ނުފެނިއްޖިއްޔާ އަންގާލާތި!

ވަކި ޢަދަދަކަށް ރަކްޢަތް ކުރާކަށް ނުބުނާނަމެވެ. ވަކިސޫރަތްތަކެއް ކިޔަވާކަށްވެސް ނުބުނާނަމެވެ! ކިތަންމެ ކުރުކޮށްވިޔަސް 2 ރަކްޢަތްކޮށްލާށެވެ! ނަމާދަކަށްވާނީ އެއިރުންނެވެ.  

ކޮށްލަން މިބުނަނީ އެންމެ ކަމެކެވެ. ނަމާދުގެ 4 ސަޖިދައިގަވިޔަސް، ބައެއް ސަޖިދަ ދިގުކުރަމުން ނަމަވެސް 4 ސަޖިދައިގަ މަދުވެގެން 10 ވަރަކަށް މިނިޓްއިރުގެ ވަޤުތުކޮޅެއް ނިކަން ހޭދަކޮށްލައިބަލާށެވެ!  

މިހެން ބުނީމާ އެހާގިނައިރު ކިޔާނީ ކޮންއެއްޗެއްތޯ ސުވާލުކުރާތީ ބުނަމެވެ. ބޭނުންކަމަކަށް އެދި ދަންނަވާށެވެ! ކިޔާނެ އެއްޗެއް ނުވިސްނޭނަމަ ސަޖިދައިގައި އޮވެ ކިޔާ ތަސްބީޙްކިޔަސް އެންމެ ރަނގަޅެވެ.  

ބޫނުމަކަށް ހަދަންވީ ތިމާގެ ހުރި ނިކަމެތިކަން ބަޔާންކުރުމާއި ﷲ ތަޢާލާގެ ޙަޟްރަތަށް ކުއްތަންވުމަށް ލޯބިކުރާވަރު ބަޔާންކުރުމެވެ.  

ކުރަންވީ ކިހައި ދުވަހެއް ވަންދެންތޯ؟ ކުރާ ސުވާލުގެ ޖަވާބުގައި ބުނަން އޮތީ ވީހައި ގިނަ ރޭތަކުގައި ކުރާށެވެ! ކުރުމުއްދަތެއްގެ ތެރޭގައި ނަތީޖާ ފެންނާނެއެވެ. ދިރިއުޅުމަށާއި ތަްްވާވެރިކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަަފތުގެ ދަރުސަކުން

މިއަދު އޮންލައިން