ޢާއިޝަތު ރަފާޙް ޢަލީ
ޒަލްޒަލާ ސުރަތަކީ މައްކީ ސޫރަތެކެވެ. މި ސޫރަތުގައި 8 އާޔަތްވެއެވެ. މުޞްހަފުގެ ތަރުތީބަށް ބަލާއިރު މި ސޫރަތަކީ 99 ވަނަ ސޫރަތެވެ. އެގޮތުން އަޅުގަނޑު މިލިޔުމުގައި މިބަލާލަނީ ޒަލްޒަލާ ސޫރަތުން ލިބޭ ފައިދާތަކަށެވެ.
· މި ސޫރަތް ފައްޓަވާފައިވަނީ ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ބަޔާން ކުރައްވަމުން:
ﷲ ތަޢާލާ މި ސޫރަތުގެ 1 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا ﴿١﴾
މާނައީ: "ބިންގަނޑު އޭގެ (އެންމެފަހުގެ) ހެލިގަތުމުން ހެލިގެންފިހިނދެވެ. (1)"
މީގެ އިތުރުން މި އާޔަތުގައި މި އަންނަ زِلْزَالَهَا މިކަލިމައިގެ ސަބަބުން އެއީ ދުނިޔޭގައި އަންނަ ފަދަ ޒަލްޒަލާއެއް ނޫންކަން އެނގެއެވެ. އެއީ އެއަށްވުރެ ބޮޑު ޒަލްޒަލާއެކެވެ.
ﷲ ތަޢާލާ ޒަލްޒަލާ ސޫރަތުގެ 4 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
يَوْمَئِذٍ تُحَدِّثُ أَخْبَارَهَا ﴿٤﴾
މާނައީ: "އެދުވަހުން އެ ބިންގަނޑު، އޭގެ خبر ތަކުގެ ވާހަކަ ދައްކާނެތެވެ. (4)"
· މުސްލިމުން ކޮންމެ ތަނެއްގައިވެސްއަދި ކިތަންމެ ކުޑަނަމަވެސް ހެޔޮ ޢަމަލު ކުރުމަށް ބާރުއަޅާކަން:
ﷲ ތަޢާލާ ޒަލްޒަލާ ސޫރަތުގެ 7 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ ﴿٧﴾
މާނައީ: "ފަހެ، ذرّ އެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. (7)"
މީގެ އިތުރުން މިއާޔަތުން އަޅުގަނޑުމެންނަށް ﷲ ތަޢާލާގެ ރަޙްމަތުގެ ބޮޑުކަމާއި ގިނަގިނައިން ތައުބާވާ އަޅުން ދެކެ އެކަލާނގެ ލޯބިވޮޑިގަންނަވާކަންވެސް އެނގިގެންދެއެވެ.
· ކިތަންމެ ކުޑަނަމަވެސް ނުބައި ޢަމަލުތަކުން ދުރުވުމުގެ މުހިއްމުކަން:
ﷲ ތަޢާލާ ޒަލްޒަލާ ސޫރަތުގެ 8 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ ﴿٨﴾
މާނައީ: "އަދި ذرّ އެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. (8)"
· މީސްތަކުން ކިތަންމެ ކުޑަ ޢަމަލެއް ކޮށްފައި އޮތް ނަމަވެސް އެދުވަހުން އެކަން ފާޅުވާނެކަން: