މީގެ އަހަރުތަކެއް ކުރިން އަޅުގަނޑު ހިތްދަތިކަމުގައި އުޅުނުއިރު މިއަދުނޫހުން ފެނުނު ލިޔުމެއްގައި އޮތް ކަސްރަތުކުރީމެވެ. އެކަމުން ޝިފާވެސް ލިބުނެވެ. އަނެއްކާވެސް މިއޮޓި އެކަސްރަތު ކުރަންޖެހިފައެވެ. އެލިޔުން އަޅުގަނޑަށް ސޭވްކުރެވިފަ ނެތީމަ މިއެދެނީ އެލިޔުމަށް! ފޮނުވާލަ ދެއްވިއްޔާ ވަރަށް ރަނގަޅު!
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަ ބާވަތުގެ ވަރަށް ގިނަ ކަންކަން އެކި ދުވަސްވަރު މިއަދުނޫހުގައި ޝާއިޢުކުރެވިފައިވާނެއެވެ. މިއީވެސް އެފަދަ ލިޔުމެކެވެ. އެކަސްރަތަށް ނުވިނަމަވެސް ނިކަން މިކަސްރަތުވެސް ތަޖުރިބާކޮށްލައްވަބައްލަވާށެވެ!
އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކަށް ދިރިއުޅެންޖެހިފައިވަނީ ހިތާމަ އާއި ހިތްދަތި ކަމުގެ ތެރޭގައެވެ. އެކަމުން ސަލާމަތްވާން ގިނަ ކަންތައްތަކެއް ކުރަމުއެވެ. ބައެއް މީހުން ބޭސްފަރުވާކުރަން ބޮޑެތި ޚަރަދުތައްވެސް ކުރެއެވެ.
މިބުނެދެނީ އެ ކަސްރަތެއް ކުރުމުން ހިތާމަ އާއި ހިތްދަތިކަން ފިލުވައިލަން އެހީތެރިވެދޭކަން ސައިންޓިފިކް ތަޙްލީލްތަކުން ސާބިތުވެފައިވާ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ކޮށްލެވިދާނެ ކަސްރަތެކެވެ.
1 -ކޮޅަށް ހުރެ އެއް އަތް މޭމަތީގައި އަޅާށެވެ. އަނެއް އަތް ބަނޑުގައި އަޅާށެވެ.
2 -5 ސިކުންތު ވަންދެން ނޭވާ އެތެރެއަށް ދަމާށެވެ.
3 -5 ސިކުންތުވަންދެން ނޭވާ ހިފަހައްޓާށެވެ.
4 -5 ސިކުންތު ވަންދެން މަޑުމަޑުން (ލަސްލަހުން) ނޭވާ ބޭރުކުރާށެވެ!
5 -ދުވާލަކު މަދުވެގެން 5 ފަހަރު މިކަސްރަތުކުރާށެވެ!
މިއީ އެއްވެސް ޚަރަދެއް ކުރުމަކާއި ނުލައި ވަރަށް ފަސޭހައިން ކުރެވޭ ކަސްރަތަކަށްވުމުން ޤަބޫލުކުރަން އުނދަގޫވެދާނެއެވެ. ނަމަވެސް މި ކަސްރަތު ކުރި ގިނަ ބައަކު ވަނީ މިކަމުން ފައިދާކުރިކަމަށް ބުނެފައެވެ.
ކުރިން ބުނި ފަދައިން މި ކަސްރަތުކުރަން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހެއެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮށްލެވެއެވެ. ނިކަން ތަޖުރިބާކޮށްލަބަލާށެވެ.
--ޑރ. ފަރުޒާނާ ޢަލީ ނަޖީބް