ޢާއިޝަތު ރަފާޙް ޢަލީ
ދުޢާކުރުމުގެ ވާހަކަ ދައްކާއިރަށް ގިނަބައެއްގެ ހިތަށް ވަންނާނީ ކޮންމެވެސް ބޭނުމެއް ޖެހިގެން ކުރާދުއާގެ މަތިންނެވެ. އެކަމުގައިވެސް މައްސަލައެއް ނެތެވެ. ކޮންމެ ދުޢާއެއްވެސް ކުރަނީ ބޭނުމެއް ޙާޞިލުކުރަން ކަމަށްވާތީއެވެ. މިލިޔުމުގައި ފާހަގަކޮށްމިލަނީ ގިނަ ބައަކު އިހްމާލުވަމުންދާ ބައެއް ދުޢާތަކެވެ.
· ވުޟޫކޮށް ނިމިގެން ކުރާ ދުޢާ:
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
من توضأ فأحسن الوضوءَ ثم قال : أشهد أن لا إله َ الا اللهُ وحده لا شريك له، وأشهد أنَّ محمدًا عبدُه ورسولُه . اللهم اجعلني من التوابين، واجعلني من المتطهِّرين، فُتحت له ثمانيةُ أبوابِ الجنةِ، يدخل من أيّها شاءَ
މާނައީ: “ތިޔަބައިމީހުންކުރެ މީހަކު ވުޟޫކުރާހިނދު، އެކަންކުރަންވީ އެންމެ ފުރިހަމަ ގޮތުގައި ވުޟޫކުރުމަށްފަހު، ދެން މިފަދައިން ކިޔައިފިމީހާ ދަންނައެވެ.
أَشْهَدُ أَنْ لَا إِلٰهَ إِلَّا اللهُ وَأَنَّ مُحَمَّدًا عَبْدُ اللهِ وَرَسُولُهُ. اللهم اجعلني من التوابين، واجعلني من المتطهِّرين.
މާނައީ: "ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެން އިލާހަކުނުވާކަމަށް އަޅުހެކިވަމެވެ. އަދި މުޙައްމަދުގެފާނީ ﷲ ގެ އަޅާކަމަށާއި، އެއިލާހުގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ.”) އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! ތައުބާވާ މީސްތަކުންނާއި ތާޙިރުވާ މީސްތަކުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ."
ފަހެ، އޭނާއަށްޓަކައި ސުވަރުގޭގެ އަށް ދޮރުކޮޅު ހުޅުވޭ ހުށްޓެވެ. އޭގެ ތެރެއިން އޭނާ ބޭނުން ދޮރުކޮޅަކުން ސުވަރުގެއަށް ވަންނަ ހުށްޓެވެ.”
الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)
· ހެދުން ލާހިނދު ކުރާ ދުޢާ:
الْحَمْدُ لِلَّهِ الَّذِي كَسَانِي هَذَا الثَّوْبَ وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلَا قُوَّةٍ
މާނައީ: "އެންމެހާ ޙަމްދު ތަޢުރީފެއް ޙައްގުވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ މިހެދުން މިއަޅާއަށް ލެއްވެވި ރަސްކަލާނގެއެވެ. އަދި މިއަޅާ ގެ އެއްވެސް ބާރަކާއިނުލާ މިހެދުން މިއަޅާއަށް ދެއްވެވި ރަސްކަލާނގެއެވެ."
الذكر المشروع عند لبس الثوب الجديد أو القديم - الإسلام سؤال وجواب (islamqa.info)
· ފާހަނައަށް ވަންނައިރު ކުރާ ދުޢާ:
كانَ النبيُّ صَلَّى اللهُ عليه وسلَّمَ إذَا دَخَلَ الخَلَاءَ قالَ: اللَّهُمَّ إنِّي أعُوذُ بكَ مِنَ الخُبُثِ والخَبَائِثِ.
މާނައީ: ނަބިއްޔާ صلى الله عليه وسلم ފާޚާނާއަށް ވަދެވަޑައިގަންނަވާހިނދު މިފަދައިން ޙަދީޘްކުރައްވައެވެ.
اللهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ
މާނައީ: “އޭ ﷲ! ނުބައިވެގެންވާ ފިރިހެން ޝައިތާނުންނާއި ނުބައިވެގެންވާ އަންހެން ޝައިތާނުންގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އެދި މިއަޅާ އިބަ ﷲ ޙަޟްރަތަށް ދަންނަވަމެވެ.”
الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)