ދުނިޔެ ނިމެނީ! ފަހުޒަމާނުގެ ޢަލާމާތްތަކުން މިހާރު ފެނިޔަޤީންކުރެވޭ ޢަލާމާތްތަކަށް ބިރުވެތިވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 42ސ
ދުނިޔެ ނިމެނީ! ފަހުޒަމާނުގެ ޢަލާމާތްތަކުން މިހާރު ފެނިޔަޤީންކުރެވޭ ޢަލާމާތްތަކަށް ބިރުވެތިވޭ!

މިއަދު ގިނަ ބައަކު ކަޅިއަޅަމުން ގެންދަނީ ފަހުޒަމާނުގެ ޢަލާމާތްތަކުން ނުފެނިހުރި ޢަލާމާތްތަކަށެވެ. ދެރަކަމަކީ ފެނި ފައުޅުވެ ފެތުރެމުންދާ ޢަލާމާތްތަކަށް ވިސްނައި ބިރުވެތި ނުވެވޭކަމެވެ. އެންމެ ކުޑަމިނުން ފަރުޟް ނަމާދުތަކަށް ރައްކައުތެރިނުވެވޭ ކަމެވެ. އަޅުކަންކުރަން ފރުވާކުޑަކުރެވޭ ކަމެވެ. 

ހަމައެކަނި މިލިޔުމަށް ބަލައި ވިސްނައިލިނަމަވެސް މީސްތަކުންގެ މިއަދުގެ ޙާލަތު ވިސްނޭނެއެވެ. ފެނިފައޫލުވެފައިވާ ޢަލާމާތްތައް އެނގިގެންދާނެއެވެ. އިން ޝާ ﷲ 

ފަހުޒަމާން އައިސް ބައްދަލުކޮށްފިކަން އެންމެންނަށްވެސް ވިސްނެއެވެ. ނުވިސްނެނީ އެންމެ ކަމެކެވެ. އަހަރެމެން އަބަދުވެސް މިތިބެނީ ފަހު ޒަމާނުގައިކަމެވެ. ކޮންމެ ވަޤުތަކުވެސް މަރުވެދާނެ ކަމާއި މަރުވުމުން އެމީހަކަށް ދުނިޔޭގެ ހުރިހާ ޒަމާންތަކެއް ނިމިގެންދާނެ ކަމެވެ. 

މިބަޔާންކުރާ ކަންކަން ހިނގުމަކީ ފަހު ޒަމާނުގެ ޢަލާމާތްތަކެވެ. ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވަނީ މިއިން އެއްވެސް ޢަލާމާތެއް ފެނިޖެ ނަމަ (މިއިން ކަމެއް ކުރާ މީހަކު ފެނިއްޖެނަމަ ނުވަތަ ކުރާތަން ފެނިއްޖެ ނަމަ) އެކަމަކާއި ދުރުހެލިވުމަށެވެ. 

"މީސްތަކުންނޭވެ! ޒަމާނެއް އަންނާނެއެވެ. އެ ޒަމާނުގައި މީސްތަކުން ނަމާދަށް ފަރުވާ ކުޑަކުރާނެއެވެ. އަޅުކަން ކުރަން ފަރުވާ ކުޑަކުރާނެއެވެ. ފަރުވާތެރިއެއް ނުވާނެއެވެ. 

ބިންތައް އުސް އިމާރާތްތަކުން ފުރިގެންދާނެއެވެ. 

ވައުދު ނުފުއްދި ނަމަވެސް ﷲ ތަޢާޅާ ގަންދީ ގިނަގިނައިން ހުވާ ކުރާނެއެވެ. 

އެކަކަކު އަނެކަކަށް ވަރަށް ގިނައިން ހުތުރު އެއްޗެތިކިޔައި އުޅޭނެތެވެ. 

ރިޝްވަތު ދިނުމާއި ފާހިޝް އަމަލުތައް ހިންގުން ޢާންމުވާނެއެވެ. އެޒަމާނުގައި މީސްތަކުން އެމީހުންގެ ޢާޚީރަތް ވިއްކާފައި ދުނިޔޭގެ ވަގުތީ އުފާތައް ގަންނާނެއެވެ."  

މިއަދު މިހުރިހާ ކަންކަން މިވަނީ ޢާންމުވެ ނިމިފައެވެ. މިކަންކަން ފުޅައުދާއިރާއެއްގައި ހިނގަމުން ނުދާ ޤައުމެއް، މުޖުތަމައުއެއް ނެތްކަމަށް ބުނެވިދާނެއެވެ. އެހައި ބޮޑަށް މިކަންކަން މިވަނީ ޢާންމުވެފައެވެ. އެހެންކަމުން މިކަންކަމުން ސަލާމަތްވެ ހުރުމަކީ އެހައި ފަސޭހައިން ކުރެވެން އޮތް ކަމެއް ނޫނެވެ. އެހެންކަމުން މިކަންކަމުން ސަލާމަތްވެ ހުރެވޭނެ ގޮތަކާއިމެދު ޞަޙާބީއަކު ސުވާލު ދެންނެވުމުން ރަސޫލް (ޞޢވ) ދެއްވެވީ ވަރަށް ކުރު ޖަވާބެވެ.  އިތުރު އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވީ، "ތިބާ މަރުވެއްޖައުމަށް ދާންދެން ކަންފަތުން އަޑު ނުއެހުމަށާއި ދެ ލޮލުން ނުބެލުމަށާއި ދޫ ރައްކައުތެރިކުރުމަށާއި ދެއަތް ރައްކައުތެރިކުރުމަށެވެ." 

މީސްތަކުންނޭވެ! ނިކަން ބުނެބަލާށެވެ! ތިބާ ދިރިއުޅޭ މުޖުތަމައުގައި މީގެ ތެރެއިން ނުހިނގަނީ ކޮންކަމެއް ހެއްޔެވެ؟ އަދިވެސް ބުނަން ހެއްޔެވެ؟ އަނިޔާވެރިވުމާއި ފާފަތައްކުރުން ފަދަ ކަންކަން އެމީހަކު ދިރިއުޅޭ މުޖުތަމައުގައި ޢާންމުވުމުން އެހެން ކޮންމެ ވެސް ތަނަކަށް ހިޖުރަ ކުރަން ބައެއް މީހުން ވިސްނާނެއެވެ. ނަމަވެސް ހިޖުރަ ކުރާނެ ވަކި ރަނގަޅުތަނެއް ނުފެންނާނެއެވެ. އަމިއްލަ ގެއަށް ވަދެ ދޮރުތައް ތަޅުލި ނަމަވެސް ސަލާމަތްކަމެއް ނުލިބޭނެއެވެ. ގޭތެރެއިން ބައްދަލުވާނީ ޝައިޠާނާގެ އެޖެންޓުންތަކާއިއެވެ. 

އެއް ބައަކު މިބުނަނީ އިސްލާމް ދީނުގައި ކޮންމެ ކަމެއްވެސް ޙަރާމްވަނީ ކަމަށެވެ. ނޫނެކެވެ. އެކަން ވެގެން އުޅެނީ އެހެންނަކުން ނޫނެވެ. މީގެ 1450 އަހަރުކުރިން އިސްލާމް ދީނުގައި ހަރާމް ކުރައްވަވާފައިވާ ކަންކަން ކުރަމުން ކުރަމުން އައިސް ޙަރާމް ކަންތައްތައް ކުރުމުން ދުނިޔެ ފުރުނީއެވެ. އެއީ އެއްވެސް ޙާލެއްގައި މީސްތަކުން މިހާރު މިކުރާ ހުރިހާ ކަންކަން އިސްލާމް ދީނުގައި ޙަރާމްވުމެއް ނޫނެވެ.

 

- ބިލާލް އއައްސަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން