ﷲ ތަޢާލާ ކުރިމަތިކުރައްވަވާ އެއްވެސް ޙާލަތަކީ (އިމްތިޙާނަކީ) މައްސަލައެއް ނޫނެވެ. ކޮންމެ ކަމަކާއި ނުވަތަ ކޮންމެ ޙާލަތަކާއި ގުޅިގެންވެސް އޮތީ ދެގޮތެކެވެ.
އެއްގޮތަކީ އެކަމެއްގެ ސަބަބުން ތިބާއަށް ދުނިޔެއިން "ހުރިހާކަމެއް" ގެއްލިގެންދިއުމެވެ. މުބިނިފަދަ ބޮޑު ގެއްލުމެއް ލިބުނަސް ތިބާއަށް ﷲ ތަޢާލާގެ ޙަޟްރަތަށް އިތުރަށް ކުއްތަންވެވުނުނަމަ އެއޮތީ ،ީހަކަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީ ލިބިފައެވެ. ގެއްލިގެންދިއަ އެއްވެސް ކަމަކާއިމެދު ވިސްނުމުގެ ބޭނުމެއްވެސް ނެތެވެ.
ދެން އޮތީ ދެވަނަ ގޮތެވެ. އެއީ ގެއްލުނު ނިޢުމަތްތައް އަނބުރައި ލިބުނުއިރު ތިބާއަށް ﷲ ތަޢާލާގެ ޙަޟްރަތަށް އިތުރަށް ކުއްތަން ނުވެވުނު ނަމަ އެއޮތީ އެމީހަކު އެންމެ ބޮޑުތަނުން ފޭލްވެފައެވެ. ޙާޞިލްވި ކަންކަމުން ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތެވެ.
ފަހަރެއްގައި ތަނަވަސްކަންވެސް ގެއްލިދާނެއެވެ. ޒަވާޖީޙަޔާތްވެސް ރޫޅިދާނެއެވެ. އަދި ކޮންމެ ކަމެއްވެސް ކުރިމަތިވެދާނެއެވެ. ކުރިމަތިކުރައްވަވާ ކޮންމެ ކަމަކީވެސް އިމްތިޙާނެކެވެ. އެއިމްތިޙާނާއިމެދު އޮތީ މިދެގޮތެވެ. އިމްތިޙާނުން މިބުނިމަގުން ފާސްވެވިއްޖެނަމަ އެއޮތީ ހުރިހާ ކަމެއް ކާމިޔާބުކުރެވިފައެވެ. އެމީހަކަށް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އޮތީ އުފާވެރިކަމެވެ. އިން ޝާ ﷲ
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން